05 އެޕްރީލް 2022
"މުނި ހޯމްކެއާ ޕެއިންޓް ސެންޓަ" އިން ކުލަ ގަނެގެން ފުށިފަރު ރިސޯޓުން ޗުއްޓީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"މުނި ހޯމްކެއާ ޕެއިންޓް ސެންޓަ" އިން ކުލަ ގަނެގެން ފުށިފަރު ރިސޯޓުން ޗުއްޓީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މުނި ހޯމްކެއާ ޕެއިންޓް ސެންޓަރުން ފެށި "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ވިއްކާ ހުރިހާ އުފެއްދުމަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ދެ މީހަކަށް ފުށިފަރު ރިސޯޓުގައި ކެއުމާއި ޓްރާންސްފާއާ އެކު ދެ ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޕްރޮމޯޝަން ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި މުއްދަތުގައި އެ ފިހާރައިން ވިޔަފާރިކުރާ އެންމެންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
އެ ފިހާރައިން ބުނީ ގްރީސްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ވިޓެކްސްގެ ގިނަ އުފެއްދުންތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ގޭތެރޭގެ ފާރުތަކުގައި ލުމަށް ހާއްސަ "ވިސްޓާ އެމަލްޝަން"، ގެއިން ބޭރުގެ ފާރުތަކުގައި ލުމަށް ހާއްސަ "ވިޓޯ އެކްރިލިކް" އާއި ބަދިގެ އާއި ފާހާނާގައި ލުމަށް ހާއްސަ "ވިޓެކްސް ކިޗަން އެންޑް ބާތު" ގެ އިތުރުން ލަކުޑީގައި ލުމަސް ބޭނުންކުރާ "ޑެކިން އޮއިލް" އާއި "ޓީކް އޮއިލް" އަދި "ވިސްޓޯ ރެޑީ ސްމޫތް" ވެސް ލިބެން ހުންނާނެ އެވެ.
މުނިހޯމްކެއާ ޕެއިންޓޫ ސެންޓަރުން ވިއްކާ ޓީކް އޮއިލް. މިއީ ލަގުޑީގައި ލުމަށް ބޭނުން ކުރާ ތެލެއް--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ވިޓެކްސްގެ އުފެއްދުންތަކަކީ ފަސޭހައިން ބޭނުންކޮށްލެވޭ، ރާއްޖޭގެ ފިނިހޫނު މިނާ ގުޅޭ ކޮލިޓީ ރަނގަޅު އުފެއްދުންތަކެއް ކަމަށް އެފިހާރައިން ބުނެފައިވެ އެވެ.
ވިޓެކްސްގެ އެކްރިލެން މެކްސް ކުލައަކީ ގިނަ ދުވަހަށް ހުންނަ ފަނޑު ނުވާނެ ކުލައެކެވެ. އެ ކުލަ ލާފައި ހުންނައިރު އެ ތަނަކަށް ސާފު އަދި ފްރެޝް އިހުސާސް ގެނުވައިދެ އެވެ. ވިޓެކްސް "ކިޗެން އެންޑް ބާތު" ކުލައަކީ ބަދިގެ އާއި ފާހާނަ އާއި ސީލިން އަދި ބޭސްމެންޓް ފަދަ ތަންތަނަށް އެންމެ އެކަށީގެނންވާ ކުލަ އެވެ. އެ ކުލަ ލުމުގެ ސަބަބުން ގޭގައި ފެހި ޖެހުމާއި ފަންގަސް ފަދަ ތަކެތި ޖެހުމުން ދުރުކޮށްދެ އެވެ.
މުނި ހޯމްކެއާ ޕެއިންޓް ސެންޓަރު ހުންނާނީ ނިކަގަސްމަގު، ލޭބާ ރިލޭޝަންސް އޮތޯރޮޓީ ކަައިރީގަ އެވެ.
މުނި ހޯމްކެއާއިން ކޮންމެ ހަފްތާއަކަށް އިނާމެއް ދެނީ
ވިނަރެސް ފްލެޓަށް ގަންނަ ފަރުނީޗަރަށް ޑިސްކައުންޓު
މުނިހޯމްކެއާގެ ބޮޑު އީދު ޕްރޮމޯޝަން މާދަމާ ފަށަނީ
މުނި ހޯމްކެއާގެ "ސުޕަ ފާސްޓް" ސޭލް ފަށައިފި
ކުލަތައް ވިއްކާ ފިހާރައެއް މުނިހޯމްކެއާ އިން ހުޅުވައިފި
ދަމާސް ޕެއިންޓުގެ އާ ފިހާރައެއް ހުޅުވައިފި
މުނި ހޯމްކެއާއިން "ސެން މާކޯ" ރާއްޖެ އަށް
ފާރާއި ސީލިންގަށް މުނި ހޯމްކެއާ އިން ފަސޭހަ ހައްލެއް
މުނި ހޯމް ކެއާއިން "ޖަޒީރާ ރާއްޖެ" ޓައިލްސް
މުނި ހޯމްކެއާ ރޯދަ ސޭލް ފަށައިފި