06 މާޗް 2022
ޔޫރަޕްގެ މަޝްހޫރު ކުލަތަކަށް ހާއްސަ ފިހާރައެއް މުނި ހޯމްކެއާ އިން މާލޭގައި ހުޅުވައިފި އެވެ.
ޔޫރަޕްގެ މަޝްހޫރު ކުލަތަކަށް ހާއްސަ ފިހާރައެއް މުނި ހޯމްކެއާ އިން މާލޭގައި ހުޅުވައިފި އެވެ.
"މުނި ހޯމްކެއާ ޕެއިންޓް ސެންޓަ"ގެ ނަމުގައި ހުޅުވި މި ފިހާރައިން ގިނަ ރޭންޖުތަކެއްގެ ކުލަ ލިބެން ހުންނާނެ އެވެ. އެއީ މުޅިން ވެސް ޔޫރަޕިއަން ޔޫނިއަނުން ސެޓިފައި ކޮށްފައިވާ ކުލަތަކެއް ކަމަށް ވާތީ ކޮލިޓީގެ ޔަގީންކަން އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މުނި ހޯމްކެއާ ޕެއިންޓް ސެންޓަރުގެ އެތެރެ-- ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ފިހާރަ އިން ލިބެން ހުންނަ ބްރޭންޑުތަކުގެ ތެރޭގައި އިޓަލީގެ ސެން މާކޯ އާއި ގްރީސްގެ ވިޓެކްސް ބްރޭންޑް ހިމެނެ އެވެ. ސެން މާކޯ އަކީ ގެ އާއި އޮފީސް ފަދަ ތަންތަން ޒީނަތްތެރި ކުރުމަށް ބޭނުން ކުރެވޭ ޑެކޮރެޓިވް ކުލައެކެވެ.
ވިޓެކްސްގެ އެކްރިލެން މެކްސް ކުލައަކީ ގިނަ ދުވަހަށް ހުންނަ ފަނޑު ނުވާނެ ކުލައެކެވެ. އެ ކުލަ ލާފައި ހުންނައިރު އެ ތަނަކަށް ސާފު އަދި ފްރެޝް އިހުސާސް ގެނުވައިދެ އެވެ.
މުނި ހޯމްކެއާ ޕެއިންޓް ސެންޓަރުގެ އެތެރެ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ވިޓެކްސް "ކިޗެން އެންޑް ބާތު" ކުލައަކީ ބަދިގެ އާއި ފާހާނަ އާއި ސީލިން އަދި ބޭސްމެންޓް ފަދަ ތަންތަނަށް އެންމެ އެކަށީގެނންވާ ކުލަ އެވެ. އެ ކުލަލުމުގެ ސަބަބުން ގޭގައި ފެހި ޖެހުމާއި ފަންގަސް ފަދަ ތަކެތި ޖެހުމުން ދުރުކޮށްދެ އެވެ.
މުނި ހޯމްކެއާ އިން ބުނީ އާ ރޭންޖުތަކެއްގެ ކުލަތައް ރާއްޖެ އަށް ތައާރަފުކުރީ ރާއްޖޭގެ ރިއަލްއެސްޓޭޓް އިންޑަސްޓްރީ ކުރިއަރަމުން ދާތީ އެވެ. އަދި އެ ފިހާރައާއެކު މުނި ހޯމްކެއާގެ ކަސްޓަމަރުންނަށް އެއް ފުރާޅެއްގެ ދަށުން ހެޔޮ އަގެއްގައި ގިނަ އަދަދެއްގެ ކުލަ ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މުނި ހޯމްކެއާ ޕެއިންޓް ސެންޓަރުން ލިބެން ހުންނަ ސެން މާކޯ ބްރޭންޑުގެ ކުލަ-- ފޮޓޯ: ނިޝާން އަލީ/މިހާރު
މުނި ހޯމްކެއާ ޕެއިންޓް ސެންޓަރުން ބުނީ، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އެމްއެފްއެލްސީގެ ކްރެޑިޓް ސްކީމްގެ ދަށުން ވެސް ކުލަ ގަނެވޭނެ އެވެ.
މުނި ހޯމްކެއާ ޕެއިންޓް ސެންޓަ ހުންނާނީ ނިކަގަސްމަގު، ލޭބާ ރިލޭޝަންސް އޮތޯރޮޓީ ކަައިރީގަ އެވެ.
ޕެއިންޓް ސެންޓަރުން ކުލަ ގަނެގެން ރިސޯޓު ދަތުރެއް
ދަމާސް ޕެއިންޓުގެ އާ ފިހާރައެއް ހުޅުވައިފި
މުނި ހޯމްކެއާއިން "ސެން މާކޯ" ރާއްޖެ އަށް
"ޕްލާސްޓިކާ ނުލާ" އިވެންޓް ހޯމަ ދުވަހު ބާއްވަނީ
މުނި ހޯމްއިން ހުޅުމާލެ 2ގައި އެޅި މިސްކިތް ހުޅުވައިފި
މުނި ހޯމްކެއާއިން ކޮންމެ ހަފްތާއަކަށް އިނާމެއް ދެނީ
ވިނަރެސް ފްލެޓަށް ގަންނަ ފަރުނީޗަރަށް ޑިސްކައުންޓު
މުނިހޯމްކެއާގެ ބޮޑު އީދު ޕްރޮމޯޝަން މާދަމާ ފަށަނީ
މުނި ހޯމްކެއާގެ "ސުޕަ ފާސްޓް" ސޭލް ފަށައިފި
ހަ އެއާޕޯޓެއް ހަދާނެ ފައިސާ ހޯދަން އިތުރު ބަޔަކަށް