މާލެއިން ހުޅުމާލެއަށް ދަތުރުކުރި ޕިކަޕެއްގައި ބަރުކޮށްފައި ހުރި ކުލަ ފާޓާތަކެއް ހުޅުމާލޭގެ މަގެއް މައްޗަށް މިއަދު ވެއްޓިއްޖެ އެވެ.
11 ޖެނުއަރީ 2025
މާލެއިން ހުޅުމާލެއަށް ދަތުރުކުރި ޕިކަޕެއްގައި ބަރުކޮށްފައި ހުރި ކުލަ ފާޓާތަކެއް ހުޅުމާލޭގެ މަގެއް މައްޗަށް މިއަދު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
ކުލަ ފާޓާތަކެއް ބަރުކޮށްގެން ދިޔަ އެ ޕިކަޕުން ކުލަ ފާޓާތައް ވެއްޓުނީ މާލެއިން ހުޅުމާލެއަށް އަރާ މަގުގައި ހުންނަ ވިލާގެ ފެޓްރޯލް ޝެޑު ކައިރިން ލަނބާލާ މަގުގެ ކަންމަޗަށެވެ.
އެނގިފައިވާ ގޮތުގައި އެޗްޑީސީން މިހާރު ވަނީ އެތަނުން ކުލަ ކަހައި ސާފުކުރެވޭ ވަރަށް މަގު ސާފުކޮށްފަ އެވެ.
މިދިޔަ އަހަރު ފަހުކޮޅު ދެ ފަހަރެއްގެ މަތިން ހަމަ މި ކަހަލަ ހާދިސާތައް މާލޭގައި ހިނގާފައިވެ އެވެ. އެންމެ ފުރަތަމަ މި ކަހަލަ ކަމެއް ހިނގީ ސިނަމާލެ ބްރިޖުން މާލެއަށް ފޭބި ޕިކަޕެއް، ބްރިޖު ކައިރިއަށް ބޮޑުތަކުރުފާނު މަގުގެ އުތުރަށް އަޅަނިކޮށް އޭގައި ބަރުކޮށްފައި ހުރި ކުލަ ފާޓާތައް ވެއްޓިގެންނެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެފަހަރު ކުލަ ފާޓާތައް ފަޅައިގެން ގޮސް، އެ މަގުގެ ބޮޑު ބަޔަކަށް އޮތީ ކުލަތައް ފެތުރިފަ އެވެ.
އެތަން ސާފުކުރީ ސިފައިންގެ ފަޔަ އެންޑް ރެސްކިއު ޓީމާއި މާލޭ ސިޓީ ކައުންސިލް ގުޅިގެންނެވެ.
ދެވަނަ ފަހަރަށް މި ކަހަލަ ކަމެއް ހިނގީ މާވެޔޮމަގާއި ކޯރުކެނޑި މަގާ ގުޅޭ ކަންމަތީގައި މިދިޔަ ނޮވެމްބަރު މަހު އެވެ. އެފަހަރު ވެސް ކުލަ ފާޓާތަކެއް އަރުވައިގެން ދިޔަ ޕިކަޕަކުން ކުލަ ފާޓާތަކެއް މަގު މައްޗަށް ވެއްޓުނީ އެވެ.
މިގޮތަށް ކުލަ ހޭކިފައި ހުރި ތަންތަން ސާފުކުރިޔަސް، ކުލަތައް އެއްކޮށް ނުކެހި އެ މަގުތައް މިހާރު އޮންނަނީ ވަރަށް ބޮޑަށް ހަޑިވެފަ އެވެ. އަދި މިކަމުގެ ސަބަބުން އެ ތަންތަނުގައި ބިންމަތީގައި ކުރަހާފައި ހުންނަ މަގުމަތީގެ ނިޝާންތައް ވެސް ހުރީ ފޮރުވިފަ އެވެ.
މަރުވެފައި އޮތީ ނޭޕާލް މީހެއް، ތުހުމަތުކުރެވޭކަމެއް ނެތް
ބަނގުރާ ފުޅިތަކަކާ އެކު 57 އަހަރުގެ މީހަކު ހައްޔަރު
މަރުވެފައި އޮއްވައި ފެނުނީ ބިދޭސީއެއް ކަމަށް ބެލެވޭ
ވޯޓާ ތީމް ޕާކުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ފަހައި ދުއްވައިގެން އަތުލައިގަތް ޕިކަޕެއްގައި ބަނގުރާ
ހުއްޓުވި 1،000 މީހެއްގެ ކުށުގެ ރެކޯޑް އޮތް
ފުލުހުންގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި
އަމުރަށް ތަނާބުވެ،ސައިކަލްގައި ޖައްސައި ޒަހަމްކޮށްލައިފި
އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ހޯދަނީ
ހުޅުމާލެ ކެފޭއެއްގައި "ގޭސް އެކްސްޕްލޯޝަން" އެއް