Roadha Mihaaru
ވިނަރެސް ފްލެޓަށް ގަންނަ ފަރުނީޗަރަށް ޑިސްކައުންޓު

ވިނަރެސް ފްލެޓަށް ގަންނަ ފަރުނީޗަރަށް މުނި ހޯމްކެއާގެ ޑިސްކައުންޓު

10 އޮކްޓޯބަރ 2023

ވިނަރެސް ފްލެޓަށް ބަދަލުވާ މީހުންނަށް އަމާޒުކޮށް މުނި ހޯމްކެއާއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިނަރެސް ފްލެޓަށް ބަދަލުވާ މީހުންނަށް އަމާޒުކޮށް މުނި ހޯމްކެއާއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ބެޑްރޫމް ސެޓުތަކުންނާއި ބަދިގެ ފަރުނީޗަރުން 15 ޕަސެންޓުގެ ޑިސްކައުންޓު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މުނި ހޯމްކެއާއިން ބުނި ގޮތުގައި އެ ފިހާރައިން ސިންގަލް، ޑަބަލް، ކުއީން އަދި ކިންގް ސައިޒުގެ އެނދާއި އަލަމާރި، ޑްރެސިން ޓޭބަލާއި ބެޑް ސައިޑް ޓޭބަލް ހިމެނޭ އެކި ވައްތަރުގެ ބެޑްރޫމް ސެޓުތައް ލިބެން ހުންނާނެ ކަމަށެވެ.

މި ޕްރޮމޯޝަނުން ޑިސްކައުންޓު ދޭ ބަދިގޭގެ ފަރުނީޗަރުގެ ތެރޭގައި މާބްލް ޓޮޕް ހިމެނޭ ޑައިިނިން ޓޭބަލާއި ލެދާ ގޮނޑި ހިމެނޭ ޑައިނިން ސެޓާއި ބަދިގެ ކެބިނެޓާއި އެސެސަރީޒް ވެސް ހިމެނެ އެވެ.

މުނި ހޯމްކެއާއިން ބުނީ ވަކި ޑިޒައިނަކަށް ބަދިގެ ފަރުމާކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ހިދުމަތް ވެސް ދޭ ކަމަށާއި އެ ހިދުމަތަށް ވެސް މި ޕްރޮމޯޝަނުގައި ޑިސްކައުންޓު ދޭ ކަމަށެވެ. އަދި އެ ތަނުން ގަންނަ ފަރުނީޗަރުތަކަށް ހަ މަހުގެ ވޮރަންޓީ ލިބޭނެ ކަން ވެސް އެ ފިހާރައިން ފާހަގަކުރެ އެވެ.

މުނި ހޯމްކެއާއިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީ އާއި ފަރުނީޗަރު ރާވާ ދިނުމުގެ ހިދުމަތް ވެސް ދެ އެވެ.