Roadha Mihaaru
މުނިހޯމްކެއާގެ ބޮޑު އީދު ޕްރޮމޯޝަން މާދަމާ ފަށަނީ

މުނިހޯމްކެއާގެ ބޮޑު އީދު ޕްރޮމޯޝަން މާދަމާ ފަށަނީ

31 މެއި 2023

މުނިހޯމްކެއާގެ ފަރުނީޗަރުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެއް މާދަމާ ފަށަން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މުނިހޯމްކެއާގެ ފަރުނީޗަރުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެއް މާދަމާ ފަށަން ނިންމައިފި އެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާނީ ޖުލައި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ.

މުނި ހޯމްކެއާގެ ޕްރޮމޯޝަން އިއުލާނުކުރުމަށް ފަހު ވަނީ މިދިޔަ ރޯދަ މަހު ކުރިއަށް ދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިންނާ އިނާމުތައް މިހާރު ހަވާލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

މުނި ޕެއިންޓް ސެންޓަރުން ދިން އިނާމު ކާމިޔާބު ކުރި ނަސީބުވެރިޔާ އަށް އިނާމު ދެނީ. -- ފޮޓޯ: މުނި ހޯމްކެއާ

މުނި ޕެއިންޓް ސެންޓަރުން ދިން އިނާމު ކާމިޔާބު ކުރި ނަސީބުވެރިޔާ އަށް އިނާމު ދެނީ. -- ފޮޓޯ: މުނި ހޯމްކެއާ

"ސުޕަ ފާސްޓް"ގެ ނަމުގައި މުނިހޯމްކެއާއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގައި އެ ކުންފުނީގެ ހުރިހާ ފިހާރައަކުން ވިޔަފާރި ކުރި ކަސްޓަމަރުންގެ މެދުގައި ވަނީ ގުރުއަތެއް ނަގައިފަ އެވެ. އެ ގުރުއަތުގެ އެއް ވަނަ އިނާމަކަށް ހުށަހެޅި ހަ ފޫޓުގެ މޮޑިއުލާ ކިޗަން ލިބުނީ އަހުމަދު އަސާސް އަށެވެ. ދެ ވަނަ އަށް ހުށަހެޅި ޓީކް ސުވިންގް ލިބުނީ ފާތިމަތު ޔުމްނާއަށެވެ. އަދި ތިން ވަނަ އަށް ހުށަހެޅި ތްރީ ސީޓާ ސޯފާ ލިބުނީ އަލީ އިބްރާހިމް އަށެވެ.

ޕްރޮމޯޝަނުގެ ބޮޑު އިނާމު ކާމިޔާބު ކުރި ނަސީބުވެރިޔާއަށް އިނާމު ހަވާލު ކުރަނީ. -- ފޮޓޯ: މުނި ހޯމްކެއާ

ޕްރޮމޯޝަނުގެ ބޮޑު އިނާމު ކާމިޔާބު ކުރި ނަސީބުވެރިޔާއަށް އިނާމު ހަވާލު ކުރަނީ. -- ފޮޓޯ: މުނި ހޯމްކެއާ

އެ ޕްރޮމޯޝަނުގައި މުނި ޕެއިންޓް ސެންޓަރުން ވިޔަފާރި ކުރި ކަސްޓަމަރުންގެ ލަކީޑްރޯ އަށް ހުށަހެޅި ހައިސެންސް 55 އިންޗީގެ ޔޫއެޗްޑީ ސްާޓް ޓީވީ ލިބުނީ މުހައްމަދު އިސްމާއިލް އަށެވެ.

ރޯދަ މަހު މުނިހޯމްކެއާގެ ފިހާރަތަކުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓާއި ހަދިޔާ ވެސް ވަނީ ދީފަ އެވެ.

އެ ޕްރޮމޯޝަނަކީ ކާމިޔާބު ޕްރޮމޯޝަނެއްގެ ގޮތުގައި މުނިހޯމްކެއާއިން ފާހަގަ ކުރެ އެވެ.