Roadha Mihaaru
ފާރާއި ސީލިންގަށް މުނި ހޯމްކެއާ އިން ފަސޭހަ ހައްލެއް

ފާރާއި ސީލިންގު ނަލަކޮށްލަން މުނި ހޯމްކެއާ އިން ފަސޭހަ ހައްލެއް

24 ޖެނުއަރީ 2020

ސީލިންގާއި ފާރު ފަދަ ތަންތަން ޒީނަތްތެރިކުރަން ފަސޭހަ އަދި ޒަމާނީ ހައްލެއް މުނި ހޯމްކެއާ އިން ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސީލިންގާއި ފާރު ފަދަ ތަންތަން ޒީނަތްތެރިކުރަން ފަސޭހަ އަދި ޒަމާނީ ހައްލެއް މުނި ހޯމްކެއާ އިން ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ސީލިންގް ކުރުމާއި ފާރު ފަދަ ތަންތަން ޒީނަތްތެރިކުރަން ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި ބުރަ އަދި ކަވި މަސައްކަތަށް ހޯދައިދިން ހައްލަނީ ތުރުކީ ވިލާތުގެ "ކަލޯން" ބްރޭންޑްގެ ޑަބްލިއުޕީސީ އިީކޯ ޕެނަލް އެވެ.

މިއީ ތިމާވެއްޓަށް ރައްޓެހި ޕްރޮޑަކްޓެކެވެ. ދިގު މުއްދަތަކަށް ބޭނުން ކުރެވޭ މި ޕެނަލްތައް ތައްޔާރުކޮށްފައި ވަނީ ފެނުން ހަލާކު ނުވާ ގޮތަށް އަދި އަލިފާން ނުހިިފާނެ ހެން ކަމަށް މުނި ހޯމްކެއާ އިން ބުންޏެވެ.

ޑަބްލިއުޕީސީ އީކޯ ޕެނަލް ސިސްޓަމް ތައްޔާރުކޮށްފައި ވަނީ ލަކުޑި އާއި ޕްލާސްޓިކް އެއްކޮށްގެން ކަމަށް މުނި ހޯމްކެއާ އިން ބުނި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޑަބްލިއުޕީސީ އީކޯ ޕެނަލް ސިސްޓަމް ތައްޔާރުކޮށްފައި ވަނީ ލަކުޑި އާއި ޕްލާސްޓިކް އެއްކޮށްގެން ކަމަށް މުނި ހޯމްކެއާ އިން ބުނި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރިިއަރާފައިވާ އެތައް ގައުމެއްގައި ގެ، ހޮޓާ، ކެފޭ އަދި ޝޯރޫމާއި ރިސޯޓު ފަދަ ތަންތަން ޒީނަތްތެރިކުރަން ގިނަ ބަޔަކު މި މި ޕެނަލް ސިސްޓަމް ބޭނުންކުރެ އެވެ. މުނި ހޯމްކެއާ އިން ބުނީ ފަސޭހައިން ރާވާލެވޭ މި ސިސްޓަމަކީ ހަރަދު ކުޑަކޮށް އަވަހަށް އަދި ފަސޭހައިން މަސައްކަތް ނިންމާލެވޭނެ ސިސްޓަމެއް ކަމަށެވެ.

ލަކުޑި އާއި ތިމާވެެއްޓަށް ރައްޓެހި ޕްލާސްޓިކުގެ ބާވަތެއް އެއްކޮށްގެން އުފައްދާފައި ހުންނަ މި ޕެނަލްތަކުގެ އެކި ޑިޒައިންތައް މުނި ހޯމްކެއާ އިން ލިބޭނެ އެވެ. އެތަނުން ބުނީ، މި ޕެނަލްތަކުގައި ހުންނަ ރީތި ހިތްގައިމު ފިނިޝިންގްގެ ސަބަބުން ވަރުނީސްކޮށް، ދަވާދުލައި ރީތިކުރަން އިތުރު މަސައްކަތްތަކެއް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި މި ޕްރޮޑަކްޓަކީ ފަސޭހައިން ފީވެ، ހަލާކުވާ އެެއްޗަކަށް ނުވުމުމުން، ފާހަނަ ފަދަ ތަންތަނުގައި ވެސް މި ޕެނަލްތައް ބޭނުންކުރެވޭނެ ކަމަށް ބުންޏެވެ.

އަމީނީ މަގުގައި ހުންނަ މުނި ހޯމްކެއާގެ ލިވިން ސެންޓަރުން މި ޕްރޮޑަކްޓް ލިބޭނެ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަމީނީ މަގުގައި ހުންނަ މުނި ހޯމްކެއާގެ ލިވިން ސެންޓަރުން މި ޕްރޮޑަކްޓް ލިބޭނެ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިމާރާތުގެ އެތެރެ އާއި ބޭރުގައި ވެސް އިތުބާރާއެކު ބޭނުންކޮށްލެވޭނެ ކަލޯން ބްރޭންޑުގެ ޑަބްލިއުޕީސީ އީކޯ ޕެނަލް، އަބަދު ވެސް މި ފަދަ ޒަމާނީ، ފަސޭހަ އަދި ރީތި ގޮތްތައް ތައާރަފްކުރަމުން އަންނަ މުނި ހޯމް ކެއާގެ އަމީނީމަގު ފިހާރަ، މުނި ހޯމްކެއާގެ ލިވިން ސެންޓަރުން ލިބޭނެ އެވެ.