Roadha Mihaaru
މުނި ހޯމްކެއާ ރޯދަ ސޭލް ފަށައިފި

މުނި ހޯމްކެއާ ރޯދަ ސޭލް ފަށައިފި

21 މާޗް 2019

މުނި ހޯމްކެއާ އިން ބޮޑު ޑިސްކައުންޓްތަކާ އެކު އަގުހުރި އިނާމްތައް ލިބޭ ސުޕަ ފާސްޓް ރޯދަ ސޭލް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މުނި ހޯމްކެއާ އިން ބޮޑު ޑިސްކައުންޓްތަކާ އެކު އަގުހުރި އިނާމްތައް ލިބޭ ސުޕަ ފާސްޓް ރޯދަ ސޭލް ފަށައިފި އެވެ.

ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް މުނި ހޯމަކެއާގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށްގެންދާ މި ހާއްސަ ޕްރޮމޯޝަންގައި ކަސްޓަމަރުން ރޯދަ މަހަށް ބޭނުންވާ ހުރިހާ މުދަލަކުން ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.

ސުޕާ ފާސްޓް ރޯދަ ސޭލްގައި ކޮންމެ ހަފްތާއަކު ހިލޭ އަގުހުރި އިނާމްތަކެއް ލިބިގެންދާއިރު މި ޕްރޮމޯޝަނުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ބެޑްރޫމް ސެޓެއް ލިބޭނެ އެވެ. ދެ ވަނަ އަށް ހޮވޭ ފަރާތަކަށް ސޯފާ ސެޓެއް ލިބިގެންދާ އިރު ތިން ވަނައަށް ހޮވޭ ފަރާތަކަށް ޑައިނިން ސެޓެއް ލިބޭނެ އެވެ.

މުނި ހޯމްކެއާގެ ސުޕާ ފާސްޓް ސޭލު މެއި 16، 2019 އަށް ކުރިޔަށްދާނެ އެވެ. މި މުއްދަތުގައި މުނި ހޯމްކެއާގެ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ އެވެ.

މުނިހޯމްކެއާ ލިވިން ސެންޓަރު.މުނި ހޯމްކެއާގެ ހުރިހާ ފިހާރައަކުން ވެސް ހެޔޮ އަގެއްގައި ތަކެތި ލިބޭނެ--ފޮޓޯ:ހުސައިން ވަހީދު/މިހާރު

މުނިހޯމްކެއާ ލިވިން ސެންޓަރު.މުނި ހޯމްކެއާގެ ހުރިހާ ފިހާރައަކުން ވެސް ހެޔޮ އަގެއްގައި ތަކެތި ލިބޭނެ--ފޮޓޯ:ހުސައިން ވަހީދު/މިހާރު

އަމީނީ މަގު ހައުސިން މިނިސްޓްރީ ކުރިމަތީގައި ހުންނަ މުނި ހޯމްކެއާ ލިވިން ސެންޓަރުން ވިއްކާ ސެނިޓަރީ ވެއާގެ އައިޓަމްތަކުގެ ތެރެއިން ފާހާނާ ތައްޓާއި ފާހާނާ ދޮރާއި ލަކުޑި ދޮރާއި މުށި އަދި މުށި ޖަހާ ސިމެންތިން އަގުތައް ވަނީ ހެޔޮކޮށްފަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ވިއްކާ ހައި ކޮލިޓީ ފަރުނީޗަރުން ބޮޑު ޑިސްކައުންޓެއް ލިބިގެންދާ އިރު ހިލޭ އެތައް ހަދިޔާއެއް ލިބޭނެ އެވެ. ޔޫރަޕްގެ މޮޅު ބްރޭންޑްތައް ރާއްޖޭގައި ވިއްކަމުންގެންދާ އެންމެ އިތުބާރުހުރި ބަދިގެ ސެޓްތަކުން ވެސް ބޮޑު ޑިސްކައުންޓަކާ އެކު ބަދިގެއަށް ބޭނުންވާ އިތުރު އައިޓަމްތައް ހިލޭ ލިބޭނެ ކަމަށް މުނިހޯމްކެއާ އިން ބުނެފައިވެ އެވެ.

މުނި ހޯމްކެއާގެ ފަރުނީޗަރު ސެންޓާރުން ވިއްކާ ބެޑްރޫމް ސެޓާއި ސޯފާ ސެޓާއި ޑައިނިން ސެޓާއި ސިޓިން ރޫމާއި ކޮޓަރި އާއި އިންޑޯ އަދި އައުޓް ޑޯ ފަރުނީޗަރުން ވެސް ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ އެވެ. އަދި ނޯތު ހާބަރު ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ހުންނަ މުނި ޓްރޭޑާސް އާއި ހުޅުމާލޭ ސެންޓްރޯ މޯލްގެ 3 ވަނަ ފްލޯގައި ހުންނަ މުނިހޯމްކެއާ ސޭލްސް ސެންޓަރުން ވެސް ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.