Roadha Mihaaru
މުނި ހޯމްކެއާގެ "ސުޕަ ފާސްޓް" ސޭލް ފަށައިފި

މުނި ހޯމްކެއާގެ "ސުޕަ ފާސްޓް": ގިނަ ޕްރޮމޯޝަންތަކެއް، ގިނަ އިނާމުތަކެއް!

16 ފެބުރުއަރީ 2023

މުނިހޯމް ކެއާ އިން މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށް "ސުޕަ ފާސްޓް"ގެ ނަމުގައި ރޯދަ ސޭލެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މުނިހޯމް ކެއާ އިން މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށް "ސުޕަ ފާސްޓް"ގެ ނަމުގައި ރޯދަ ސޭލެއް ފަށައިފި އެވެ.

އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ ފިހާރައަކުން 70 ޕަސެންޓާ ހަމައަށް އެ ސޭލްގެ ދަށުން ޑިސްކައުންޓް ލިބޭނެ އެވެ.

ސޭލްގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގުމަށް މުނިހޯމްކެއާ އިން ވަނީ ރާވައިފަ އެވެ. ޑިސްކައުންޓު ލިބޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި ލިވިން ރޫމް އަދި ބެޑްރޫމް ސެޓާއި އޮފީސް އަދި އައުޓް ފަރުނޯޗަރާއި މޮޑިއުލާ ކިޗެން ކަބަޑާއި ފްލޯ އަދި ވޯލް ޓައިލްސް އާއި ކެމިކަލް ސިމެންތި އާއި އެ ޕެއިންޓު ހިމެނެ އެވެ.

ފަރުނީޗަރު ސެންޓަރުގެ އެތެރެ. މި ތަނުގަ ބެޑްރޫމް ސެޓު ހުރޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ފަރުނީޗަރު ސެންޓަރުގެ އެތެރެ. މި ތަނުގަ ބެޑްރޫމް ސެޓު ހުރޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ޕްރޮމޯޝަނަށް ބޮޑު ތިން އިނާމެއް ހުށަހަޅާފައިވާއިރު، އެ ކުންފުނީގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރިކުރާ ކަސްޓަމަރުންނަށް އެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. ޕްރޮމޯޝަންގެ "ގްރޭންޑް ޕްރައިޒް" ތަކުގެ ގޮތުގައި ހުށަހަޅާފައި ވަނީ އެއް ވަނަ ނަސީބުވެރިއަކަށް ހަ ފޫޓުގެ މޮޑިއުލާ ކިޗަންއަކާއި ދެ ވަނަ އަށް ޓީކް ސުވިންގެއް އަދި ތިން ވަނަ އަށް ތިން ސީޓުގެ ސޯފާ އެކެވެ.

"ސުޕް ފާސްޓް" ރޯދަ ސޭލްގެ ދަށުން މުނިހޯމްކެއާގެ އެކި ފިހާރަތަކުގަ ވަކިވަކި ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ. މުނިހޯމްކެއާ ފަރުނީޗަރު ސެންޓަރާއި މުނި ޓްރޭޑާސް އަދި މުނި ލިވިން ސެންޓަރުން ކުރާ ކޮންމެ 5،000ރ. އިން މަތީގެ ވިޔަފާރިއަކަށް އިނާމެއް ލިބޭނެ އެވެ.

ޕްރޮމޯޝަނުގެ ދަށުން ޕެއިންޓް ސެންޓަރުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ނަސީބުވެރި 1 ކަސްޓަމަރަކަށް ހައިސެންސް 55 އިންޗީގެ 4ކޭ ސްމާޓް ޓީވީއެއް ލިބޭނެ އެވެ.

އެ ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ބުރާސްފަތި ދުވަހަކު މާލެގެ ހާއްސަ ސަރަހައްދެއްގައި "ހިނދުކޮޅެއް"ގެ ނަމުގައި ހާއްސަ ހަރަކާތެއް އޮންނާނެ އެވެ. އެއީ މުނިހޯމްކެއާ އިން ވިއްކާ ޕްރޮޑަކްތައް ގަތުމަށް ލިބޭ ލިމިޓެޑް ޓައިމް އޮފާ އެކެވެ. އޭގައި ހާއްސަ އަގުތަކެއްގައި ކަނޑައަޅާފައިވާ ވަކި ޕްރޮޑަކްޓުތަކެއް ލިބޭނެ އެވެ. އަދި ކޮންމެ 15 މިނެޓަކުން ނަސީބުވެރިއެއް ހޮވާ، ހާއްސަ އިނާމުތަކެއް ދޭނެ އެވެ.

އެއީ މިއުޒިކާ އެކު ކުރިއަށް ގެންދާ ފޯރި ގަދަ ހަރަކާތެކެވެ. އެ ހަރަކާތް ބާއްވާނެ ތަނެއް މުނިހޯމްކެއާގެ ސޯޝަލް މީޑިއާގަ އިއުލާނު ކުރާނެ އެވެ.

އެ ޕްރޮމޯޝަން އޮންނާނީ އޭޕްރީލް 21 ގެ ނިޔަލަށެވެ. ޕްރޮމޯޝަނުގެ ގުރުއަތުތައް ނަގާނީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު އެވެ.