23 ޑިސެމްބަރ 2019
ރާއްޖޭގައި ފަރުނީޗަރާއި ގޭތެރެ އަށް ބޭނުންވާ ގިނަ ސާމާނު ވިއްކާ މުޅި ހޯމްކެއާއިން "ޖަޒީރާ ރާއްޖެ" ނަމުގައި ދިވެހިވަންތަ ތަށިމުށިތަކެއް މާކެޓަށް ނެރެފި އެވެ.
ރާއްޖޭގައި ފަރުނީޗަރާއި ގޭތެރެ އަށް ބޭނުންވާ ގިނަ ސާމާނު ވިއްކާ މުޅި ހޯމްކެއާއިން "ޖަޒީރާ ރާއްޖެ" ނަމުގައި ދިވެހިވަންތަ ތަށިމުށިތަކެއް މާކެޓަށް ނެރެފި އެވެ.
މިއީ މިފަދަ ގޮތަކަށް ދިވެހި ޑިޒައިންތަކަކަށް ރާއްޖޭގައި ތައާރަފް ކުރި ފުރަތަމަ ތަށިމުއްޓެވެ. މި ތަށިމުށިތަކުގެ ޑިޒައިން ތައްޔާރުކޮށްފައިވާ، ރާއްޖޭގެ ދިވެހި ވަންތަކަން ދައްކުވައިދޭ ހިރިގަލާއި ތުނޑުކުނަލާއި ތެޅިގާ އަސްލަކަށް ބަލައިގެންނެވެ. މި ހިތްގައިމު ޑިޒައިންތަކުން ގޭގޭގެ ފާރުތަކަށް ދިވެހިވަންތަކަން ގެނެސްދޭނެ އެވެ.
ދިވެހިވަންތަ ޑިޒައިންތަކުގެ ތަށިމުށިތައް ކުރިއަށް އޮތްތަނުގައި ވެސް މާކެޓަށް ނެރޭނެ ކަމަށް މުނިހޯމް އެންޓަޕްރައިސަސް އިން ބުނެ އެވެ.
މުނިހޯމްކެއާ އިން ވިއްކާ ދިވެހި ޑިޒައިނުގެ ތަށިމުށި. ތުނޑުކުނަލާއި ހިރިގާގެ ޑިޒައިންގެ ތަށިމުށި ލިބޭނެ--ފޮޓޯ: މިހާރު
މުނި އެންޓަޕްރައިސަސް އިން ބުނީ މި ތަށިމުށިތައް ގެސްޓްހައުސްތަކާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ރިސޯޓުތަކުގެ ފާހާނާ އާއި ސިޓިން ރޫމުގައި ވެސް ޖެހޭނެ ކަމަށެވެ. ގޭތެރެ ރީތިކުރުމާއި އާސާރީ ގޮތްތަކެއް ގެންނަ ނަމަ ބުރަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އަދި ހިރިގަލުގެ ޑިޒައިންތައް ގެނައުމަށާއި ތުނޑުކުނާގެ ޑިޒައިންތައް ގެންނަން ބޭނުން ނަމަވެސް އެކަމުގެ ޓެކްނިކަލް މީހުން ބޭނުންވެ އެވެ.
މިފަދަ ބުރަ މަސައްކަތް ކުރުމުގައި ރާއްޖޭގެ ނާޒުކު ފަރުތަކާއި ތިމާވެއްޓަށް ވެސް ގެއްލުން ލިބޭ އިރު މުނިހޯމް އިން ރައްޔިތުންނަށް ފޯރުކޮށްދޭ މި ޓައިލްސްތަކަކީ މިކަންކަން ކަމަށް އޮތް ވަރަށް ބޮޑު ހައްލެއް ކަމަށް އެ ފިހާރައިން ބުނެ އެވެ.
މުނިހޯމްކެއާ އިން ވިއްކާ ދިވެހި ޑިޒައިނުގެ ތަށިމުށި. އެޅިގަލުގެ ޑިޒައިންގެ ތަށިމުށި ވެސް އެފިހާރައިން ލިބޭނެ--ފޮޓޯ: މިހާރު
އެ ފިހާރައިން ބުނީ ތަށިމުށިތަކާ އެކު މި ތަކެތި ޖެހުމަށް ހާއްސަ ސިމެންތިއެއް ވެސް ތަރާއަފްކޮށްފައިވާ ކަމަށެވެ.
އަމީނީ މަގު ހައުސިން މިނިސްޓްރީ ކުރިމަތީގައި ހުންނަ މުނި ހޯމްކެއާ ލިވިން ސެންޓަރުން ވިއްކާ މި ތަށިމުށިތައް، މިކަހަލަ ތަށިމުށި އާންމުކޮށް ވިއްކަން ހުންނަ އަގުގައި ލިބޭނެ އެވެ.
މުނި ހޯމްކެއާއިން ކޮންމެ ހަފްތާއަކަށް އިނާމެއް ދެނީ
ވިނަރެސް ފްލެޓަށް ގަންނަ ފަރުނީޗަރަށް ޑިސްކައުންޓު
މުނިހޯމްކެއާގެ ބޮޑު އީދު ޕްރޮމޯޝަން މާދަމާ ފަށަނީ
މުނި ހޯމްކެއާގެ "ސުޕަ ފާސްޓް" ސޭލް ފަށައިފި
ޕެއިންޓް ސެންޓަރުން ކުލަ ގަނެގެން ރިސޯޓު ދަތުރެއް
ފާރާއި ސީލިންގަށް މުނި ހޯމްކެއާ އިން ފަސޭހަ ހައްލެއް
މުނި ހޯމްކެއާ ރޯދަ ސޭލް ފަށައިފި
މުނި ހޯމްކެއާ އިން އަހަރު ނިންމާ ސޭލް ފަށައިފި!
މުނި ހޯމްކެއާ އިން ސޯފާ އަށް ބޮޑެތި ޑިސްކައުންޓުތަކެއް
ލަންކާގެ ޕްރިމިއަމް ރެވެލޯ ޗޮކްލެޓް ރާއްޖޭގެ މާކެޓަށް