17 މާޗް 2022
ލަންޑަން (މާޗް 17) - ޗެލްސީ ގަންނަން، ވާދަވެރި ލިވަޕޫލްގެ ކުރީގެ ޗެއާމަން މާޓިން ބްރައިޓަން މަސައްކަތް ފަށައިފި އެވެ.
ލަންޑަން (މާޗް 17) - ޗެލްސީ ގަންނަން، ވާދަވެރި ލިވަޕޫލްގެ ކުރީގެ ޗެއާމަން މާޓިން ބްރައިޓަން މަސައްކަތް ފަށައިފި އެވެ.
އިންޓަނޭޝަނަލް އެއާލައިންސް ގުރޫޕްގެ ޑެޕިއުޓީ ޗެއާމަންކަން ކުރަމުން ގެންދާ، ބްރައުޓަން، 74، ވަނީ 2010 ވަނަ އަހަރު ލިވަޕޫލްގެ ޗެއާމަންކަމާ ހަވާލުވެފަ އެވެ. އޭނާގެ ޗެއާމަން ކަމުގެ ދަށުން އެމެރިކާގެ ނިއު އިންގްލެންޑް ސްޕޯޓްސް ވެންޗާ އަށް ލިވަޕޫލް 300 މިލިއަން ޑޮލަރަށް ވަނީ ވިއްކައިލައިފަ އެވެ.
ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައާ ގުޅިގެން އިނގިރޭސި ސަރާކުރުން ވަނީ ޗެލްސީގެ މިހާރުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ފިއްތުންތައް ކުރިމަތިވިވުމުން، އަބްރޮމޮވިޗް ވަނީ 2003 ގައި އޭނާ ގަތް ކްލަބް ވިއްކާލަން އިއުލާންކޮށްފަ އެވެ.
ބްރިޓިޝް އެއާލައިންގެ ކުރީގެ ޗެއާމަން ބްރައިޓަން އަކީ ލިވަޕޫލްގެ ޗެއާމަންކަން ކުރި ނަމަވެސް ޗެލްސީގެ ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ވިޔަފާރިވެރިއެކެވެ. ވޯލްޑް އެތުލެޓިކްސްގެ ރައީސް އަދި ސްޕޯޓްސް އެޑްމިނިސްޓްރޭޓާ ސަބެސްޓިއަން ކޯ ވަނީ ބްރައިޓަން ހުށަހަޅާ ބިޑްގައި ބައިވެރިވާނެކަން އިއުލާންކޮށްފަ އެވެ.
ޗެލްސީގެ ފައުންޑޭޝަންގައި މަގާމެއް އަދާކުރަމުން ގެންދާ ސަބެސްޓިއަން ވިދާޅުވީ، ޗެލްސީ ހިންގުމަށް އެންމެ ގާބިލު ބޭފުޅަކަށް ވާނީ ބްރައިޓަން ކަމަށެވެ. ޗެލްސީ ގަތުމަށް ބްރައިޓަން އެކުލަވާލާ ކޮންސޯޓިއަމް އާ ސަބެސްޓިއަން ގުޅުމުން ބްރައިޓަން ވަނީ އެ މަސައްކަތުގައި ސަބެސްޓިއަންގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.
ރަޝިއާގެ ބިލިއަނަރު ޗެލްސީ ވިއްކާލާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރަށެވެ. ޗެލްސީ ގަތުމުގެ ރޭހުގައި ބްރައިޓަންގެ ކޮންސޯޓިއަމް އަށް ޗެލެންޖަކަށް ވާނީ އެމެރިކާގެ ޝިކާގޯ ކަބްސް ހިންގާ އެމެރިކާގެ ބިލިއަނަރު ޖޯ ރިކެޓްސްގެ އާއިލީ ކުންފުނި ރިކެޓްސް ފެމެލީ އެވެ. ޗެލްސީ ގަންނަން ރިކްޓެސް ހުށަހަޅަން ތައްޔާރުވާ ބިޑަށް އެމެރިކާގެ އެހެން ބިލިއަނަރެއް ކަމަށްވާ ކެން ގްރިފިން ބައިވެރި ކުރުމަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
ކްލޮޕްގެ ވަދާއީ ލީގުކަޕު ޗެލްސީ ރޮއްވާލައި ތަށިނަގައިފި
އިނގިރޭސި ފުޓްބޯޅަ ބަދަލުކޮށްލި ކްލޮޕް ލިވަޕޫލާ ދުރަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
އާނޯލްޑްގެ ވަރުގަދަކަން ފަހުވަގުތު ދައްކާލައިފި
ލިވަޕޫލް ވިއްކާލާކަށް ނޫޅޭ، ހޯދަނީ އިންވެސްސްޓަރެއް
ލިވަޕޫލާއި ޗެލްސީ ޗެމްޕިއަންސް ލީގަށް
ސީޒަންގެ ބާކީ އޮތް ތަނަށް ލިވަޕޫލަށް ބޮޑު އިތުބާރެއް
ރެފްރީ ބޭނުންވީ ސަޕޯޓަރުންގެ އަޑަށް ނުގުޑާނެކަންދައްކަން
ޗެލްސީ އެކަޑަމީ މެޗުތަކަށް ބައެއް ސްކައުޓުން މަނާކުރަނީ
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް