ކްރިސްޓަލް ޕެލަސް އަތުން ޕެނަލްޓީ ޝޫޓްއައުޓްގައި ބަލިވެ ލިވަޕޫލަށް ކޮމިއުނިޓީ ޝީލްޑް ގެއްލުމުން އެ ކްލަބްގެ ކޯޗު އާން ސްލޮޓް ޓީމުގެ ޑިފެންސް ގޯސްކަން ފާހަގަ ކޮށްފި އެވެ.
11 އޯގަސްޓް 2025
ކްރިސްޓަލް ޕެލަސް އަތުން ޕެނަލްޓީ ޝޫޓްއައުޓްގައި ބަލިވެ ލިވަޕޫލަށް ކޮމިއުނިޓީ ޝީލްޑް ގެއްލުމުން އެ ކްލަބްގެ ކޯޗު އާން ސްލޮޓް ޓީމުގެ ޑިފެންސް ގޯސްކަން ފާހަގަ ކޮށްފި އެވެ.
ފުރިހަމަ ވަގުތު 2-2 ން އެއްވަރުވެ، ޕެނަލްޓީގައި ޕެލަސްއިން މެޗު ކާމިޔާބު ކުރީ 3-2 ންނެވެ.
ޓްރާންސްފާ މާކެޓްގައި، 400 މިލިއަން ޑޮލަރުގެ ހޭދަ ކުރި ލިވަޕޫލަށް، މެޗުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަލަށް ސޮއި ކުރުވި ކުޅުންތެރިންގެ ދެއްކި ކުޅުމެވެ.
މެޗުގައި އެ ޓީމު ޖެހި ދެ ލަނޑު ވެސް ޖެހީ އަލަށް ސޮއި ކުރުވި ދެ ކުޅުންތެރިންނެވެ. ހޫގޯ އެކިޓީކޭ އާއި ޖެރްމީ ފްރިމްޕޮން އެވެ.
މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި ލިވަޕޫލަށް ސޮއި ކުރި މިޑްފީލްޑަރު ފްލޯރިއާ ވިއަޓްޒް އަށް ރޭގެ މެޗުގައި ސްލޮޓް ދިނީ އެޓޭކިން މިޑްފީލްޑަރެއްގެ ރޯލެވެ. މިލޯސް ކެރެކޭޒަށް ވިންގް ބެކެވެ.
ޕެލަސްއިން ކޮމިޔުނިޓީ ޝީލްޑް އުފުލާލަނީ: އެ ޓީމު ޝީލްޑް ކާމިޔާބު ކުރީ ޕެނަލްޓީގައި ލިވަޕޫލު ބަލި ކުރުމަށް ފަހު --- ފޮޓޯ: އޭއެފްޕީ
އެ ސިސްޓަމުގައި ލިވަޕޫލުގެ ހަމަލާތައް ފެނުނީ ކުރިއަށް ވުރެ ވަރުގަދަކޮށެވެ. ސްލޮޓް ވެސް ބުނީ މިދިޔަ ސީޒަނަށް ވުރެ މި ސީޒަނުގައި އެ ޓީމުގެ އެޓޭކިން ވަރުގަދަ ކަމަށެވެ.
އެކަމަކު ހަނދާން ނައްތޭލެވެން ނެތް ކަމަކީ ޑިފެންސްގައި އެހާ ވަރުގަދަކަމެއް ނުފެނުމެވެ.
"(ޕްރީ ސީޒަންގައި) އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އަހަރެމެން ކޮޅަށް ދެ ގޯލް ވަން. އަނެއްކާ މި މެޗުގައި އެ ވަނީ ދެ ގޯލް،" ސްލޮޓް ބުންޏެވެ. \
ކޮމިޔުނިޓީ ޝީލްޑް މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
"ޑިފެންސިވްގައި އަހަރެމެން އެބަޖެހޭ މިއަށްވުރެ ރަނގަޅަށް މަސައްކަތް ކުރަން. ހަމަޔަގީނުން ވެސް ވަރަށް ހިތްދަތިވި.
"ހަމަލާ އުފައްދަން ދާއިރު މެޗު މޮޅުވެދާނެހެން ވެސް ހީވެ. އަހަރެމެން މެޗުން މޮޅުވެދާނެހެން ހީވާ ފަހަރުވެސް ދިޔަ. އެކަމަކު ޕެނަލްޓީއަށް ދިޔައީމަ އެ މީހުން އަހަރެމެންނަށް ވުރެ ޕެނަލްޓީގައި ރަނގަޅު."
މެޗުގެ ވަގުތުގައި ޕެލަސް އަށް މެޗު ކާމިޔާބު ކުރެވިދާނެ ކަމަށް ވެސް ބެލެވުނެވެ. ދެވަނަ ހާފުގައި އެ ޓީމުން ކުޅުން ރަނގަޅުކޮށް ހަމަލާތައް ވަރުގަދަ ކުރި އެވެ. މެޗުގެ ވަގުތުގައި އެ ޓީމުގެ ދެ ލަނޑު ޖެހީ ޖޯން ފިލިޕެ މަޓޭޓާ އާއި އިސްމާއީލާ ސާރް އެވެ. މަޓެޓާ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ސޮބޮސްލާއީ ޖެހީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ފްރީކިކް؟
ލިވަޕޫލުގެ އޯނަރުން ގެޓާފޭ ގަންނަން މަޝްވަރާ ކުރަނީ
ޔުނައިޓެޑުން ފާރަލީ ތިން ފޯވާޑުން ވާދަވެރި ކްލަބްތަކަށް
ޕީއެސްއާރްގެ ބިރެއް ނެތި ލިވަޕޫލުން 400 މިލިއަން
ވާޓްޒްއަށް ލިވަޕޫލްގެ ދެވަނަ ބިޑްވެސް ރިޖެކްޓް
ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސަލާހަށް
ލިވަޕޫލް ދޫކޮށްލަން އާނޯލްޑް ނިންމައިފި، ދާނީ ރެއާލަށް
70 އަހަރަށް ފަހު ނިއުކާސަލް އަށް ފުރަތަމަ ތަށި
ލިވަޕޫލްގައި ވެންޑައިކް ދެމިހުންނާނެކަން ޔަގީނެއް ނޫން