21 ފެބުރުއަރީ 2023
ލިވަޕޫލް (ފެބްރުއަރީ 21) - ލިވަޕޫލް ވިއްކާލަން ނޫޅޭ ކަމަށާއި ހޯދަނީ ކްލަބަށް އިންވެސްޓް ކުރާނެ ފަރާތެއް ކަމަށް، އެ ޓީމުގެ އޯނަރު އެމެރިކާގެ ޖޯން ހެންރީ ވިދާޅުވެއްޖެ އެވެ.
ލިވަޕޫލް (ފެބްރުއަރީ 21) - ލިވަޕޫލް ވިއްކާލަން ނޫޅޭ ކަމަށާއި ހޯދަނީ ކްލަބަށް އިންވެސްޓް ކުރާނެ ފަރާތެއް ކަމަށް، އެ ޓީމުގެ އޯނަރު އެމެރިކާގެ ޖޯން ހެންރީ ވިދާޅުވެއްޖެ އެވެ.
ލިވަޕޫލް ހިންގާ، ފޭންވޭ ސްޕޯޓްސް ގޫރޫޕުން، ނޮވެމްބަރު މަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލިވަޕޫލުގެ މަސްލަހަތަށް އެންމެ ރަނގަޅު ނަމަ ކްލަބަށް އިންވެސްޓަރެއް ގެންނާނެ ކަމަށެވެ.
އެމެރިކާގެ ބޮސްޓަން ސްޕޯޓްސް ޖާނަލް އަށް ދިން އިންޓަވިއުގައި ހެންރީ ވިދާޅުވީ އޭނާގެ އިންވެސްޓް އިންގްލެންޑްގައި ކުރިއަށްގެންދާނެ ކަމަށެވެ.
"އަހަރެމެން ލިވަޕޫލް ވިއްކާލަނީ ހޭ؟ ނޫން،" ފެންމަތިވަމުންދާ ސުވާލުތަކަށް ޖަވާބު ދެމުން ހެންރީ ވިދާޅުވި އެވެ.
"އިންވެސްޓަރުންނާ އެބަ ވާހަކަ ދައްކަން ހޭ؟ އާނ އެކަން އެބަ ކުރަން. އެހެން ގޮތެއް ވެދާނެ. އެކަމަކު އެއީ ކްލަބް ވިއްކާލުމެއް ނޫން."
އޭނާގެ ކުންފުނިން ލިވަޕޫލް ގަތީ 2010 ގައި 358 މިލިއަން ޑޮލަރަށެވެ. އެއީ މިހާރު ކްލަބްތައް ގަންނަ އަގުން ބަލަނަމަ ކުޑަ އަދަދެކެވެ. ލިވާޕޫލާ އެންމެ ވާދަވެރި ކްލަވް މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން ބާޒާރަށް މިހާރު ވަނީ ނެރެފަ އެވެ. އެ ކްލަބް ގަތުމުގެ މޫނު މަތީ އަގަކީ ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރެވެ. އެމެރިކާގެ މަހުޖަނު ޓޮޑް ބޮއެލީ ޗެލްސީ މިދިޔަ އަހަރު ގަތީ 5 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެއްގަ އެވެ.
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު
ޓްރަމްޕްގެ ކުރީގެ ވަކީލު އިނގިރޭސި ކްލަބެއް ގަންނަނީ
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސައުތުގޭޓަކީ އިންގްލެންޑަށް އެންމެ ރަނގަޅު ކޯޗު: ކޭން
އިނގިރޭސި ފުޓްބޯޅަ ބަދަލުކޮށްލި ކްލޮޕް ލިވަޕޫލާ ދުރަށް
ޔުނައިޓެޑްގެ ހުރިހާ ބާރެއް ރެޓްކްލިފް ހޯދައިފި
ޗެލްސީ ގަންނަން ލިވަޕޫލްގެ ކުރީގެ ޗެއާމަން ހުށަހަޅަނީ
ލިވަޕޫލާއެކު ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ސަލާހް
ސީޒަންގެ ބާކީ އޮތް ތަނަށް ލިވަޕޫލަށް ބޮޑު އިތުބާރެއް
ރެފްރީ ބޭނުންވީ ސަޕޯޓަރުންގެ އަޑަށް ނުގުޑާނެކަންދައްކަން