Roadha Mihaaru
އިނގިރޭސި ފުޓްބޯޅަ ބަދަލުކޮށްލި ކްލޮޕް ލިވަޕޫލާ ދުރަށް

ކްލޮޕް؛ އިނގިރޭސި ފުޓްބޯޅަ ބަދަލުކޮށްލި ސިކުނޑި، ލިވަޕޫލާ ދުރަށް!

27 ޖެނުއަރީ 2024

ލިވަޕޫލް (ޖެނުއަރީ 27) - ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް، ޔާގަން ކްލޮޕް 2015 ގައި ލިވަޕޫލަށް ބަދަލުވީ، އެ ސްޓައިލާ އެއްފަދަ ދެވަނަ އެހެން މަރުކާއެއް ނުވާ ހެވީ މެޓަލް ކައުންޓާ ޕްރެސިން ގޭމްގެ ވިސްނުން ހިފައިގެނެންވެ. ޕްރިމިއާ ލީގަށް އެ ގޭމް ފެއްތުމަށް ބައެއް ބަދަލުތައް އޭނާ ގެނެ އެވެ. ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޒަމާނީ ގޭމަކަށް ލިވަޕޫލްގެ ސްޓައިލް އޭނާ ބަދަލުކޮށްލި އެވެ. ލިވަޕޫލްގެ ޓީމު ވެސް އޭނާ ފަދައިން ތަޖުރިބާ އަކަށް ފަހު ތަޖުރިބާއެއް ހޯދަމުން އައިސް ދެތިން އަހަރެއްގެ ތެރޭ އެންމެ ވަރުގަދަ އެއް ކްލަބަށް ވެގެން ދިޔަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލިވަޕޫލް (ޖެނުއަރީ 27) - ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް، ޔާގަން ކްލޮޕް 2015 ގައި ލިވަޕޫލަށް ބަދަލުވީ، އެ ސްޓައިލާ އެއްފަދަ ދެވަނަ އެހެން މަރުކާއެއް ނުވާ ހެވީ މެޓަލް ކައުންޓާ ޕްރެސިން ގޭމްގެ ވިސްނުން ހިފައިގެނެންވެ. ޕްރިމިއާ ލީގަށް އެ ގޭމް ފެއްތުމަށް ބައެއް ބަދަލުތައް އޭނާ ގެނެ އެވެ. ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޒަމާނީ ގޭމަކަށް ލިވަޕޫލްގެ ސްޓައިލް އޭނާ ބަދަލުކޮށްލި އެވެ. ލިވަޕޫލްގެ ޓީމު ވެސް އޭނާ ފަދައިން ތަޖުރިބާ އަކަށް ފަހު ތަޖުރިބާއެއް ހޯދަމުން އައިސް ދެތިން އަހަރެއްގެ ތެރޭ އެންމެ ވަރުގަދަ އެއް ކްލަބަށް ވެގެން ދިޔަ އެވެ.

އިނގިރޭސި ލީގަށް 2015 ގައި ކްލޮޕް ބަދަލުވި އިރު، ޒަމާނީ ފުޓްބޯޅަ އަށް ވިސްނައިގެން ގޭމް ކުޅެމުން ދިޔައީ، ޗެލްސީގެ މިހާރުގެ ކޯޗު މައުރީޝިއޯ ޕޮޗެޓިނޯ އެވެ. ސައުތެމްޓަން އާއި ޓޮޓްނަމް ހޮޓްސްޕާސްގައި އެ ސިސްޓަމް އޭނާ ދެމެހެއްޓި ނަމަވެސް ކާމިޔާބަކާ ހަމައަށް ނުދެވޭތީ، ޕޮޗެޓީނޯގެ ގޭމް ކޮޕީކޮށް ބަލައިގަންނަން އިނގިރޭސި ފުޓްބޯޅަ އޮތީ ތައްޔާރަކަށް ނޫނެވެ. ނަމަވެސް ކޮލޮޕް ގޭމް ބަދަލު ކުރީ ތައްޓާ ރައްޓެހި، ނަތީޖާ ނެރެވޭ ފޯމިއުލާއެއްގެ މައްޗަށެވެ.

އެ ވިސްނުން ބަލައިގަންނަން އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުންނަށް ފަސޭހަ ވި އެވެ. އޭރު ޖަރުމަނަކީ ދުނިޔޭގެ ޗެމްޕިއަން ކަމަށް ވުމުން، ޖަރުމަނުން އެތެރެ ކުރި އެ ވިސްނުމުގެ މައްޗަށް އިނގިރޭސި ގައުމީ ޓީމު ބިނާ ކުރަން ހިތްލަންބުވާލީ ވެސް ކްލޮޕްގެ ލިވަޕޫލުން ޕްރިމިއާ ލީގުގައި ދެމެހެއްޓި ނުފޫޒުންނެވެ. ކުރިން ސްޕެއިންގެ ފުޓްބޯޅަ ބަދަލު ކުރި ގާޑިއޯލާ އިނގިރޭސި ލީގަށް ބަދަލުވީ ކްލޮޕަށް ވުރެ ފަހުންނެވެ. އެހެންވެ ގާޑިއޯލާ އަށް ވުރެ ކުރިން އެ ސިސްޓަމް އިނގިރޭސި ފުޓްބޯޅައިގައި އިންދައި ގޮވާން ކުރި ތަޖުރިބާކާރަކީ ކޮލޮޕް އެވެ.

މިޑްޓޭބަލްގެ ކްލަބެއްގެ ގޮތުގައި އޮތް ލިވަޕޫލް، ކްލޮޕް ބަދަލުކޮށްލީ ބަލި ކުރަން އުނދަގޫ ޓީމަކަށެވެ. އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާކާރުން ބުނާ ގޮތުގައި ލިވަޕޫލާ ކްލޮޕް ހަވާލުވި އިރު، އެ ޓީމުގެ ސަޕޯޓަރުން ދަނޑަށް ހާޒިރު ވަނީ، ގާތްގަނޑަކަށް ސަންޑަލޭންޑާ އެއް އަދަދަކަށެވެ. އެކަމަކު ކޮލޮޕް ގެނައި ބަދަލާއި އޭނާގެ ޕްލޭނަށް ފެތޭ ގޮތަށް ސޮއިކުރުވި ކުޅުންތެރިންގެ ސަބަބުން ދަނޑަށް ހާޒިރުވާ ސަޕޯޓަރުންގެ އަދަދު ބޮޑު ޕަސަންޓަކުން މައްޗަށް ޖެހިލި އެވެ. ލަނޑު ޖެހުމުން ކްލޮޕް ނަގާ ފޯރި އާ އެކު ސަޕޯޓަރުން ވެސް އިތުރަށް ކެކިކެކިގެން ދެ އެވެ.

އިނގިރޭސި ފުޓްބޯޅަ ލިޔުންތެރިޔާ ޖޮނަތަން ލިއު، އޭނާގެ އެންމެ ފަހު ކޮލަމްގައި ލިޔެފައި ވަނީ، ކޮލޮޕް އަކީ ހުރިހާ ކަމެއްގައި އެލީޓް ލެވަލް ތަޖުރިބާކާރެއް ކަމަށެވެ. އެލީޓް ކޯޗިން، އެލީޓް ސްކައުޓް، އިންޓަޕާސަނަލް ސްކިލްސްގައި ވެސް އެލީޓް ކޯޗެއްގެ ގޮތުގައި ޖޮނަތަން ސިފަކޮށްފައި ވެއެވެ.

އޭނާ ލިޔެފައިވާ ގޮތުގައި، ކްލޮޕް ފައްކާ ކުރި ބައެއް ކުޅުންތެރިންނަކީ އޭގެ ކުރިން ރޯ މެޓީރިއަލްސްގެ ގޮތުގައި ތިބި ކުޅުންތެރިންނެވެ. ވާޖިލް ވެންޑައިކާއި މުހައްމަދު ސަލާހާއި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑާއިސެޑިއޯ މާނޭ އަދި އެންޑީ ރޮބަޓްސަން އަކީ ރޯ މެޓީރިއަލްގެ ގޮތުގައި ތިބި ކުޅުންތެރިންނެވެ. ނަމަވެސް ކްލޮޕާ އެ ކުޅުންތެރިން ހަވާލުވުމުން ދުނިޔޭގެ އެންމެ މޮޅެތި ތަރިންނަށް އެ ކުޅުންތެރިން ބަދަލުކޮށްލި ކަމަށް ޖޮނަތަން ލިޔެފައި ވެއެވެ.

ނުވަ އަހަރަށް ފަހު ލިވަޕޫލް ދޫކޮށްލަން ކޮލޮޕް ނިންމީ ފުޓްބޯޅައިގައި ހޯދާނެ ހުރިހާ ކާމިޔާބެއް އެ ކްލަބަށް ހޯދައި ދީފަ އެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި ތިން ފަހަރު ކުޅެ އެއް ފަހަރު މުބާރާތް ކާމިޔާބު ކުރި އެވެ. ލިވަޕޫލްގެ ސަޕޯޓަރުން 30 އަހަރު ވަންދެން އިންތިޒާރު ކުރި ލީގު އެ ކްލަބަށް ހޯދައި ދިނެވެ.

ލިވަޕޫލްގެ ކޮންޓްރެކްޓް އޭނާ އެންމެ ފަހުން އާ ކުރީ 2022 ގައި ހަތަރު އަހަރުގެ މޔއްދަތަކަށެވެ. އެ މުއްދަތު ހަމަވާނީ 2026 ގަ އެވެ. ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އެ މަގާމު ދޫކޮށްލަން ނިންމި ސަބަބާ ބެހޭގޮތުން އޭނާ ބުނީ، އެ ވަޒީފާގައި ކުރިއަށް ދިއުމުގެ ހަކަތަ އާއި ބުންވަރު މި ވަގުތު އޭނާގެ ކިބައިގައި ނެތް ކަމަށެވެ. އޭނާ ޓީމު ދޫކޮށްލާނީ މި ސީޒަނަށް ފަހު އެވެ.

ބަދަލުގައި ގެންނާނެ ކޯޗަކާ ބެހޭގޮތުން އޭނާ ލަފާ ދިނުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ކްލޮޕް ބުންޏެވެ. ލިވަޕޫލްގެ ބައެއް ސަޕޯޓަރުން ދަނީ، އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަދި ބަޔާން ލެވަކޫސަންގެ މިހާރުގެ ކޯޗު ޒަބީ އޮލޮންސާ ހަމަޖެއްސުމަށް ގޮވާލާ ޝުއޫރު ފާޅު ކުރަމުންނެވެ.