19 މެއި 2016
ބަސެލް (މޭ 19) - ޔޫރޮޕާ ލީގުގެ ފައިނަލުގައި ރޭ ސެވިއްޔާ އަތުން 3-1 އިން ބަލިވެ، ކޯޗިން ކެރިއަރުގައި އެންމެ ފަހުން ކުރިމަތިލި ފަސް ފައިނަލުން ވެސް ނާކާމިޔާބުވެފައި ވިޔަސް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަކީ ނަސީބު ދެރަ މީހެއް ކަމަށް ގަބޫލުނުކުރާ ކަމަށް އޭނާ ބުނެފި އެވެ.
ބަސެލް (މޭ 19) - ޔޫރޮޕާ ލީގުގެ ފައިނަލުގައި ރޭ ސެވިއްޔާ އަތުން 3-1 އިން ބަލިވެ، ކޯޗިން ކެރިއަރުގައި އެންމެ ފަހުން ކުރިމަތިލި ފަސް ފައިނަލުން ވެސް ނާކާމިޔާބުވެފައި ވިޔަސް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަކީ ނަސީބު ދެރަ މީހެއް ކަމަށް ގަބޫލުނުކުރާ ކަމަށް އޭނާ ބުނެފި އެވެ.
- ޗެމްޕިއަންސް ލީގު 2013، ބަޔާން މިއުނިކް 2-1 ބޮރޫޝިއާ ޑޯޓްމަންޑް
- ޖާމަން ކަޕް 2014، ބަޔާން މިއުނިކް 2-0 ބޮރޫޝިއާ ޑޯޓްމަންޑް
- ޖާމަން ކަޕް 2015، ވާޑާ ބްރެމެން 3-1 ބޮރޫޝިއާ ޑޯޓްމަންޑް
- އިނގިރޭސި ލީގު ކަޕް 2016، މެންޗެސްޓާ ސިޓީ 4-2 ލިވަޕޫލް (ޕެނަލްޓީ)
- ޔޫރޮޕާ ލީގު 2016، ސެވިއްޔާ 3-1 ލިވަޕޫލް
ޑެނިއަލް ސްޓަރިޖްގެ ލަނޑުން ލިވަޕޫލް ލީޑު ނަގާފައިވަނިކޮށް ސެވިއްޔާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދެ ވަނަ ހާފްގައި ތިން ލަނޑު ޖަހައިގެންނެވެ. އެ ޓީމުގެ ކެޕްޓަން ކޯކޭ ދެ ލަނޑު ޖެހި އިރު އަނެއް ލަނޑު ކާމިޔާބުކުރީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކެވިން ގަމޭރޯ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލް ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވި ފެންވަރުގެ ކުޅުމެއް ފެނުނު ނަމަވެސް ސެވިއްޔާގެ ފުރަތަަމަ ލަނޑާ އެކު މެޗު ބަދަލުވި ކަމަށެވެ.
2014 ވަނަ އަހަރު ޖަރުމަނު ކަޕް ފައިނަލުގައި ބަޔާންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކްލޮޕް.-- ފޮޓޯ: އޭއެފްޕީ
"އަހަރެމެންގެ ކޮންޓްރޯލް ފުރަތަމަ ހާފްގައި އޮތީ. އެކަމު ދެ ވަނަ ހާފް ފެށިގެން ސެވިއްޔާ އިން 30 ސިކުންތު ތެރޭގައި ލަނޑެއް ޖެހުމާ އެކު މުޅި މެޗު ބަދަލުވެއްޖެ. ދެން އަހަރެމެންގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު ފައިނަލް މެޗަކުން މޮޅުވެވޭނެ ފެންވަރަށް ނުކުޅެވޭ،" ކްލޮޕް ބުންޏެވެ.
"ޖެހިޖެހިގެން ފަސް ފައިނަލުން ބަލިވުމަކީ އަހަރެން ނަސީބު ދެރަ މީހަކަށް ވުމެއް ނޫން. ފައިނަލަކުން ބަލިވުމުގެ ތަޖުރިބާ އަހަރެންގެ އެބަހުރި. ބޭނުމީ އެ އަށް ވުރެ ވަރުގަދަ އަށް އެނބުރި އަންނަން،" ކްލޮޕް ބުންޏެވެ.
ލިވަޕޫލް ކޯޗުކަމާ ކްލޮޕް ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ވަނީ މި ސީޒަނުގައި ދެ މުބާރާތެއްގެ ފައިނަލުގަ ކުޅެފަ އެވެ. އެ ޓީމު ލީގު ނިންމާލީ އަށް ވަނައިގަ އެވެ. ކްލޮޕް ބުނީ އަންނަ ސީޒަނުގައި އެ ޓީމު ފެންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް ކަމަށެވެ.
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ލިވަޕޫލްގެ ރާޑަރަށް ފައިނޯޑްގެ ކޯޗު އާން ސްލޮޓް
ލިވަޕޫލަށް ގޯލެއް ނުޖެހި އެޓަލާންޓާ އަތްދަށުވެއްޖެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ކްލޮޕްގެ ފެއާވެލް ފެށައިފި، ނޯރިޗް އަތުން ބޮޑު މޮޅެއް
އިނގިރޭސި ފުޓްބޯޅަ ބަދަލުކޮށްލި ކްލޮޕް ލިވަޕޫލާ ދުރަށް
200 ހަމަކުރަން ސަލާހަށް ބޭނުންވަނީ އެކެއް
ކްލޮޕްގެ މެސެޖެއް ޓީމުތަކަށް: މިއީ އާ ފެެށުމެއް
ނަޕޯލީ އަތުން ބަލިވި ލިވަޕޫލްގެ ހުރިހާކަމެއް ގޯސް
އާސެނަލް މެޗު ކްލޮޕަށް މުހިންމު