16 މާޗް 2024
ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ނުކުންނަން ޖެހުނަސް ޓީމު ކުރިއަށް ދާނެ ކަމާ މެދު އިތުބާރު އެބަ އޮތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ނުކުންނަން ޖެހުނަސް ޓީމު ކުރިއަށް ދާނެ ކަމާ މެދު އިތުބާރު އެބަ އޮތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ލިވަޕޫލް ވަނީ 2019/2020 ވަނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅެފަ އެވެ. އެ ފަހަރު އިޓަލީގައި ލިވަޕޫލް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ. ނަމަވެސް އިންގްލެންޑުގައި ކުޅުނު މެޗު ކާމިޔާޞު ކުރީ އެޓަލާންޓާ އެވެ. އަދި އެ ގުރޫޕުން މުބާރާޓުގެ ނޮކައުޓް ބުރުން ޖާގަ ހޯދީ ވެސް މި ދެ ޓީމެވެ.
ކްލޮޕް ބުނީ އެޓަލާޏްޓާއަކީ ގޮތްނޭނގޭ ޓީމެއް ކަމަށާއި، އެޓީމުން މި ފަހުގެ ތާރީހުގައި ހޯދަމުން އަންނަ ކުރިއެރުންތަކަށް އިހުތިރާމް ކުރާ ކަމަށެވެ.
ލިވަޕޫލާއި އެޓަލާންޓާ 2019/2020 ސީޒަންގައި ބައްދަލުކުރި ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖު މެޗަކަށް ފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް އާއި އެޓަލާންޓާގެ ކޯޗު ޖިއާޏް ޕިއޭރޯ ޖަސްޕެރީނީ.-- ފޮޓޯ: ގެޓީ
"އެޓަލާންޓާގައި އަހަރެމެން ކުޅުނިން ކުރިން ވެސް. އޭގެ މާނައަކީ އޭގެ ފަހުން އެމީހުންގެ ކުޅުން 500 އެއްހާ ފަހަރު އަހަރެން ބެލީކީ ނޫން. އެކަމަކު އޭރު ވެސް މީހާރު ވެސް އެ ޓީމުގައި ހުރީ އެއް ކޯޗެއް، އެހެންވެ ކުޅުމުގެ ވައްޓަފާޅި ވެސް އެއްގޮތް ވާނެ ކަމަށް ދެކެނީ. އެއީ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމެއް ޔަގީނުން ވެސް، އެމީހުންގެ ކުޅުން ވަރަށް އޯގަނައިޒް ވާނެ،" އިއްޔެގެ ގުރަށް ފަހު ކްލޮޕް ބުނެފައި ވެއެވެ.
"އެކަމަކު މިއީ ކުއާޓާ ފައިނަލެއް. މި ގުރުގައި ހިމެނޭ ހުރިހާ ޓީމަކަށް ބަލާއިރު ވެސް ނެތް ފަސޭހަ ވާނެއޭ ބުނާނެ ޓީމެއް. ވަރަށް ޝައުގުވެރި ވާނެ ކަމަށް މި ބަލަނީ. އެޓަލާންޓާ އިން މި ފަހުގެ ތާރީހުގައި ހޯދަމުން އަންނަ ކުރިއެރުންތަކަށް އަހަރެން ވަރަށް އިހުތިރާމް ކުރަން."
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ޑްރޯ.--
ލިވަޕޫލާއި އެޓަލާންޓާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލްގައި ވާދަ ކުރާނީ އިޓަލީގެ އޭސީ މިލާނާއި އޭއެސް ރޯމާ ބައްދަލުކުރާ ކުއާޓާ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މިދިޔަ އަހަރުގެ ކޮންފަރެންސް ލީގު ޗެމްޕިއަންކަން ހޯދި އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑް، ޔޫރޮޕާ ލީގުގެ ކުއާޓާގައި ކުޅޭނީ ޖަރުމަން ލީގުގައި މި ސީޒަންގައި ރަސްކަން ކުރަމުން އަންނަ ބެޔާ ލެވަކޫސަންއާ ދެކޮޅަށެވެ. މި ކުރިމަތިލުމުގައި ކުރި ހޯދާ ޓީމެއް ސެމީގައި ވާދަ ކުރާނީ ޕޯޗުގަލްގެ ބެންފީކާ އާއި ފްރާންސްގެ މާސޭ ބައްދަލުކޮށް ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ.
ޔޫރަޕްގެ ތިންވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑުގެ އެސްޓަން ވިލާ ނުކުންނާނީ ފްރާންސްގެ ލިލް އާ ދެކޮޅަށެވެ.
ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލް ޑްރޯ.--
ވިލާ އާއި ލިލް ބައްދަލުކޮށް މޮޅުވާ ޓީމެއް ސެމީ ފައިނަލްގައި ނުކުންނާނީ ގްރީސްގެ އޮލިމްޕިއާކޯސް އާއި ތުރުކީގެ ފެނަބާޗޭ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އެސްޓަން ވިލާގެ އިތުރުން އިޓަލީގެ ފިއޮރެންޓީނާ އަކީ މުބާރާތުގެ ފޭވަރިޓުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ކުއާޓާގައި ފިއޮރެންޓީނާ ނުކުންނާނީ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށެވެ. އަދި އެގްރިގޭޓް ނަތީޖާއިން މޮޅުވާ ޓީމެއް ސެމީގައި ނުކުންނާނީ ބެލްޖިއަމްގެ ކްލަބް ބުރޫޖް އާއި ގްރީސްގެ ޕާއޯކް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ޔޫރޮޕާ ލީގާއި ކޮންފަރެންސް ލީގުގެ ވެސް ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރެއެވެ. އަަދި 18 ވަނަ ދުވަހުގެ ރޭ ދެވަނަ ލެގު ކުޅެނޭ އެވެ. ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ މެއި މަހުގެ ދެވަނަ ދުވަހާއި ނުވަވަނަ ދުވަހުގެ ރެއެވެ.
ޔޫރޮޕާ ލީގުގެ ފައިނަލް މެޗު މެއި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކުޅޭނީ އަޔަލެންޑްގެ އަވީވާ ސްޓޭޑިއަމްގަ އެވެ. އަދި މެއި 29 ވަނަ ދުވަހުގެ ރޭ ކޮންފަރެންސް ލީގުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ގްރީސްގެ އެޖިއާ ސޯފިއާ ސްޓޭޑިއަމްގަ އެވެ.
ލިވަޕޫލުން ލަނޑު ގޯންޏެއް، ލެވަކޫސަން ދެއްކީ ޖާދޫ
ލިވަޕޫލަށް ގޯލެއް ނުޖެހި އެޓަލާންޓާ އަތްދަށުވެއްޖެ
އަޔެކްސް އަތުން ބްރައިޓަންއަށް ޔޫރަޕްގައި ފުރަތަމަ މޮޅު
ރޯމާ އަށް އެޑްވާންޓޭޖް، ޔުވެންޓަސް ސަލާމަތްވީ ކިރިޔާ
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
އާސެނަލް އަށް މޮޅެއް، ބެޓިސް އަތުން ރޯމާ ބަލިވެއްޖެ
ލެސްޓާ އާއި ރޯމާ ކުޅުނު ފުރަތަމަ ލެގު އެއްވަރު ވެއްޖެ
އެޓަލާންޓާ ތަށިނަގައި ލެވަކޫސަން ހަމަބިމަށް ތިރިކޮށްފި
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް