03 ޑިސެމްބަރ 2023
ލިވަޕޫލް (ޑިސެމްބަރު 3) - ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް، މެޗުގެ ފަހު ވަގުތު ޖެހި ލަނޑުން، ފުލަމްއާ ދެކޮޅަށް 4-3 ން ލިވަޕޫލް މޮޅުކޮށް ދީފި އެވެ.
ލިވަޕޫލް (ޑިސެމްބަރު 3) - ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް، މެޗުގެ ފަހު ވަގުތު ޖެހި ލަނޑުން، ފުލަމްއާ ދެކޮޅަށް 4-3 ން ލިވަޕޫލް މޮޅުކޮށް ދީފި އެވެ.
އޯގަސްޓް މަހުން ފެށިގެން އަމިއްލަ ދަނޑުގައި މޮޅުވުމުގެ ޓްރެކް ދަމަހައްޓަމުން އަންނަ ލިވަޕޫލް، އެ ޓީމުގެ އެ ރެކޯޑް ދެމެހެއްޓި މެޗުގައި ވެސް ސަލާމަތްވީ ފަހަ ވަގުތުގަ އެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ލިވަޕޫލުން ލީޑް ނެގީ ފުލަމްގެ ކީޕަރު ބާންޑް ލެނޯ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އެކަމަކު އެ ލީޑްގައި ތިން މިނެޓް ވެސް ލިވަޕޫލަށް ހިފަހައްޓައެއް ނުލެވުނެވެ. އެންޓޮނީ ރޮބިންސަން ދިން ފުރުސަތަކުން ލިވަޕޫލްގެ އެކަޑަމީން ތަމްރީނުވި ހެރީ ވިލްސަން ފުލަމް އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
ދެފަހަރަށް ލިވަޕޫލަށް ލިޑް ގެއްލުނެވެ. އެ ޓީމުގެ އެލެކްސިސް މެކް އަލިސްޓާ އެ ޓީމަށް އަނެއްކާ ވެސް ލީޑް ނަގައިދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެނީ ޓެޓް އަނެއްކާ ވެސް ނަތީޖާ ހަމަހަމަކޮށްދިނެވެ.
ދެވަނަ ހާފުގައި ލީޑް ނެގީ ފުލްހަމުންނެވެ.މެޗުގެ 80 ވަނަ މިނެޓްގައި ބޮބީ ޑި ކޯޑޮވާ-ރީޑް އެ ޓީމަށް ލީޑް ނަގައި ދިނެވެ.
އެ ޓީމު ފަހަތުގައި ވަނިކޮށް ނަތީޖާ ހަމަހަމަކޮށްދީ، މެޗުން މޮޅުކޮށް ދިނީ ޖަޕާނުގެ ވަޓަރު އެންޑޯ އެވެ. އޭނާ ލަނޑު ޖެހީ މުހައްމަދު ސަލާހް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.
އާނޯލްޑް ދަނޑުމަތީގައި މަޑުކޮށްލައިގެން ހުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. އޭނާ މެޗު ފެށީ ކަނާތު ބެކެއްގެ މަގާމުގަ އެވެ. ނަމަވެސް ސެންޓްރަލް މިޑްފީލްޑްގައި ނުވަތަ ވާތު ވިންގްގައި ސްވީޕަރެއްގެ ގޮތުގައި އޮޕަރޭޓްކުރާ ތަން ފެނިދާނެ އެވެ. ޑިފެންޑަރަކަށް ކުޅުނަސް. ކޯޗު ޔާގަން ކްލޮޕް ގޭމް އަތުރާލަގޮތުން އާނޯލްޑަށް ފްރީ ރޯލެއް ލިބެ އެވެ.
އޭނާގެ ފްރީ ރޯލްގައި ކުރިއަށް ޖެހި އާނޯލްޑް ކުރިއަށް އަރައި މެޗުގެ 88 ވަނަ މިނެޓްގައި ލަނޑު ޖެހީ ކޮންސްޓަންޓީނޯ ސިމިކާސް ދިން ބޯޅައިންނެވެ.
މިރޭ، 10 ކުޅުންތެރިންނާ އެކު ކުޅުނު ޗެލްސީން ވަނީ ބްރައިޓޮންގެ މައްޗަށް 3-2 ން މޮޅުވެފަ އެވެ. އެންޒޯ ފެނާންޑޭޒް ވަނީ ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ޖެހީ ލެވީ ކޮލްވިލް އެވެ.
ޗެލްސީ އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނީ، ފުރަތަމަ ހާފުގައި ދެ ރީނދޫ ކާޑު ހަމަވެގެން އެ ޓީމުގެ ކޯނޯ ގަލްގާ އަށް ރަތް ކާޑު ދެއްކުމުންނެވެ. ބްރައިޓަންގެ ލަނޑުތައް ޖެހީ ފަކުންޑޯ ބުއަނޯންޓޭ އާއި ޖޮއާއޯ ޕެޑްރޯ އެވެ.
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
މުޑްރިކްގެ ފުރަތަމަ ގޯލް، ކޯޗު ބުނަނީ ކެތްތެރިވާން
ލިވަޕޫލާއި ޗެލްސީ ޗެމްޕިއަންސް ލީގަށް
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ސީޒަންގެ ބާކީ އޮތް ތަނަށް ލިވަޕޫލަށް ބޮޑު އިތުބާރެއް
ރެފްރީ ބޭނުންވީ ސަޕޯޓަރުންގެ އަޑަށް ނުގުޑާނެކަންދައްކަން
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ސްލޮޓްގެ ފުރަތަމަ ބަލި: "މިއީ ފަހަތަށް ވެއްޓުމެއް"
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ