03 އޮކްޓޯބަރ 2023
ލަންޑަން (އޮކްޓޯބަރު 3) - މިކައިލޯ މުޑްރިކް ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު އަވޭގައި ޗެލްސީން ފުލަމްގެ މައްޗަށް 2-0 ން މޮޅު ވެއްޖެ އެވެ.
ލަންޑަން (އޮކްޓޯބަރު 3) - މިކައިލޯ މުޑްރިކް ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު އަވޭގައި ޗެލްސީން ފުލަމްގެ މައްޗަށް 2-0 ން މޮޅު ވެއްޖެ އެވެ.
ޔޫކްރޭންގެ ވިންގާ އޭނާގެ ފުރަތަމަ ލަނޑު ޖެހައި ދިނީ މެޗުގެ 18 ވަނަ މިނެޓްގަ އެވެ. އޭގެ މަދު ސިކުންތުކޮޅެއް ފަހުން އާމަންޑޯ ބްރޯޖާ ވަނީ ޗެލްސީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
މިއީ އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީ އަށް ލީގުގައި ހޯދި ދެވަނަ މޮޅެވެ.
ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ މެޗަށް ފަހު ސަޕޯޓަރުންގެ ކިބައިން އެދުނީ ހަމަޖެހި ޓީމާ މެދު ކެތްތެރިވުމަށެވެ.
ހޫނު މޫސުމުގައި ޗެލްސީން ސޮއި ކުރުވީ އުމުރުން 25 އަހަރުންދަށުގެ ކުޅުންތެރިންނެވެ. ތަޖުރިބާމަދު ގިނަ ކުޅުންތެރިންތަކެއް ތިބުމުން އެ ޓީމުން ސީޒަން ފެށީ މަޑުގިނީގަ އެވެ. ޕޮޗެޓީނޯ ބުނީ އޭނާގެ ޒުވާން ސްކޮޑަށް ކޯޗުކޮށް ދިނުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ. އެކަމަކު އެ ކުޅުންތެރިންނާ މެދު އޭނާ ބޮޑު އުންމީދެއް އެބައޮތެވެ.
"މެޗުއަރިޓީ އާއި މާހައުލަށް ހޭނެއް ވަގުތުކޮޅެއް ނެގޭނެ. ޒުވާން ކުޅުންތެރިންނާ މެދު އަހަރެމެން ވިސްނަން ޖެހޭނެ. މިތަނަށް [ޗެލްސީ އަށް] އައުމަކީ ވަރަށް ބޮޑު ބަދަލެއް. ޓީމަކަށް އަންނައިރު ފުރަތަމަކޮޅު ހަމަޖެހިގެން ހުރުމަކީ ފަސޭހަ ކަމެއް ނޫން. ޒުވާނުންނަށް ވިސްނައިދޭން އެބަޖެހޭ. މިތަނަށް އައުމަކީ ވަރަށް ބޮޑު ބަދަލެއް، ޓީމަކަށް އަންނައިރު ސެޓްލްވުމަކީ ފަސޭހަ ކަމެއް ނޫން. ތެދަށް ބުނަންޏާ މި ކްލަބަށް ގިނަ ޒުވާން ކުޅުންތެރިން އައިއިރު އޮތީ ހަރުދަނާ ޓީމެއް ނޫން. އެއީ ކޭކުގައި ހުރި ޗެރީއެއް ނޫން. އެ ކުޅުންތެރިން ވެސް އެބަޖެހޭ މި ޓީމު ކުރިއަރުވުމަށް އިތުރުވާ އެސަޓަކަށްވާން" މެޗަށް ފަހު ޕޮޗެޓީނޯ ބުންޏެވެ.
"އަހަރެމެން އެބަޖެހޭ މި ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް އިތުބާރު ކުރަން. މިއީ ވަރަށް ބޮޑު މަސައްކަތެއް، ފިޔަވަޅަކުން ފިޔަވަޅެއް ނަމަވެސް ވަރަށް ކުރު ފިޔަވަޅެއް. ބައެއް ފަހަރު މީހުންގެ ކެތްތެރިކަން ވެސް ނުހުރޭ. އަހަންނަށް މުހިންމީ ކެތްތެރިވުން. ބަލިވިޔަސް ކެތްތެރިވުން. ހަމަހިމޭންކަން މަތީ ދެމިތިބުމަކީ މުހިންމު ކަމެއް."
ޕޮޗެޓީނޯ ބުނީ މުޑްރިކް އާއި އާމަންޑޯ އާ މެދު ވަރަށް އުންމީދު ބޮޑު ކަމަށެވެ. އަދި މުޑްރިކްއަކީ ޓީމަށް ބޮޑު ކުރިއެރުމެއް ގެންނާނެ ކުޅުންތެރިޔަކަށް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އާނޯލްޑްގެ ވަރުގަދަކަން ފަހުވަގުތު ދައްކާލައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ
ވީއޭއާރްއާ ހެދި ޕްރިމިއާ ލީގު ހަލާކުވެއްޖެ: ޕޮޗެޓީނޯ
ގެއްލުން ކުރިމަތިވުމުން ޗެލްސީގެ ހޮޓެލްތައް ވިއްކާލައިފި
ޗެލްސީގެ ސީއީއޯ ފުޓްބޯޅަ ދަންނަ މީހަކަށް ނުވި
ބަލިވިޔަސް ޔުނައިޓެޑްގެ ބޮޑުމަންޒަރު އުޖާލާ: ޓެންހަގް
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި