Roadha Mihaaru
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ

ވުލްވްސްގެ ސަޕޯޓަރުން ރުޅި އަރުވާލި ހެޓްރިކް ހީރޯ މަޑުއޭކޭ މައާފަށް އެދިއްޖެ

26 އޯގަސްޓް 2024

ވޯލްވާހެމްޓަން (އޯގަސްޓް 26) – ވޯލްވާހެމްޓަން ވޮންޑާސް (ވުލްވްސް) އާ ދެކޮޅަށް ހެޓްރިކް ހެދި މެޗަށް ފަހު ޗެލްސީގެ ނޯނީ މަޑުއޭކޭ، ވުލްވްސްގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވޯލްވާހެމްޓަން (އޯގަސްޓް 26) – ވޯލްވާހެމްޓަން ވޮންޑާސް (ވުލްވްސް) އާ ދެކޮޅަށް ހެޓްރިކް ހެދި މެޗަށް ފަހު ޗެލްސީގެ ނޯނީ މަޑުއޭކޭ، ވުލްވްސްގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކުރީ 6-2 ންނެވެ. އެއީ ޗެލްސީގެ އާ ކޯޗު އެންޒޯ މަރެސްކާގެ ކޯޗުކަމުގެދަށުން ޗެލްސީން މޮޅުވި ފުރަތަމަ ރަސްމީ މެޗެވެ.

ރޭ ގެ މެޗުގެ ފުރަތަމަ ހާފު 2-2 ގެ ނަތީޖާއަކުން އެއްވަރު ވެފައި ވަނިކޮށް ދެވަނަ ހާފުގެ ފުރަތަމަ 20 މިނެޓް ތެރޭ މަޑުއޭކޭ ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

ހެޓްރިކް ހަދައި ޗެލްސީގެ ސަޕޯޓަރުން އުފާފާޅުކޮށް ދިނަސް، މުޅި ދަނޑުގައި ގުގުމަމުން ދިޔައީ މަޑުއޭކޭ އަށް މަލާމާތުގެ އަޑުތަކެވެ. ވުލްވްސްގެ ސަޕޯޓަރުން އޭނާގެ ނަންގޮވައި މަލާމާތް ކުރީ ވޯލްވާހެމްޓަން ސިޓީއާ ބެހޭގޮތުން އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓާ ގުޅިގެންނެވެ. އޭނާގެ ޕޯސްޓަގައި ބުނެފައި ވަނީ އެ ސިޓީގެ ކަންކަން އެހާ ރަނގަޅު ނޫން ކަމަށެވެ.

ފަހުން އެ ޕޯސްޓް ޑިލީޓްކޮށްލި އެވެ. މެޗަށް ފަހު އޭނާ ބުނީ އޭނާ އެ ޕޯސްޓް ލިޔުނީ ޕްރައިވެޓް އެކައުންޓެއްގައި ޕޯސްޓް ކުރުމަށް ކަމަށެވެ. އަދި ވުލްވްސްގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އެއީ އެކްސިޑެންޓުން ވީ ކަމެއް. އަހަރެން އުޅުނީ ސޯޝަލް އެކައުންޓެއްގައި ޕޯސްޓް ކުރާކަށް ނޫން. އަހަންނަށް ހަމަ ޔަގީން ވޯލްވާހެމްޓަން އަކީ ފުރިހަމަ ޓައުންއެއްކަން. އަހަރެން މައާފަށް އެދެން،" މެޗަށް ފަހު މަޑުއޭކޭ ބުންޏެވެ.

މެޗުގައި ޗެލްސީގެ އަނެއް ތިން ލަނޑު ޖެހީ ނިކޮލަސް ޖެކްސަން، ކޯލް ޕާމާ އަދި ޔޮއާ ފެލިކްސް އެވެ.

ވުލްވްސްގެ މެތިއުސް ކޫނާ އެވެ. ސްޓްރާންޑް ލާސަން އެވެ.