14 އެޕްރީލް 2024
ލަންޑަން (އޭޕްރީލް 14) – މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކުރިމަތިވި 112 މިލިއަން ޑޮލަރުގެ ގެއްލުން ކުޑަކުރަން، އެ ކްލަބްގެ ދެ ހޮޓަލެއް ވިއްކާލައިފި އެވެ.
ލަންޑަން (އޭޕްރީލް 14) – މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކުރިމަތިވި 112 މިލިއަން ޑޮލަރުގެ ގެއްލުން ކުޑަކުރަން، އެ ކްލަބްގެ ދެ ހޮޓަލެއް ވިއްކާލައިފި އެވެ.
ޗެލްސީގެ ސްޓޭޑިއަމް، ސްޓެމްފޯޑް ބްރިޖް ސަރަހައްދުގައި ހުންނަ ދެ ހޮޓަލެއް ވިއްކާލައިގެން އެ ކްލަބުން ވަނީ 93.4 މިލިއަން ޑޮލަރު ހޯދާފަ އެވެ.
އެ ދެ ހޮޓެލް ވިއްކާލީ ކްލަބް ހިންގާ އެމެރިކާގެ ކޮންސޯޓިއަމް ހިއްސާވާ އެހެން ކުންފުންޏެއް ކަމަށްވާ، ބްލޫކޯ އަށެވެ.
ޗެލްސީގެ ފައިސާގެ ތަފުސީލުތައް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. އެ ކްލަބަށް، 2022-2023 ގެ ސީޒަނުގައި 112 މިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވި އިރު، ޓޮޑް ބޮއެލީ އާއި އޭނާގެ އަނެއް ހިއްސާދާރު ބިހްދާދު އިގްބާލީ ހަވާލުވި ފަހުން، މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކްލަބަށް 309 މިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވި އެވެ.
އެ ކްލަބުން ބުނިގޮތުގައި ހޮޓެލްތައް ވިއްކާލައިގެން ލިބުނު ފައިސާއިން، ގެއްލުން ކުޑަކުރެވުނެވެ.
ޗެލްސީން ހޮޓެލް ވިއްކާލަން މަޖުބޫރު ވީ، ޕްރިމިއާ ލީގުގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއަށް ނުވެއްޓި ކްލަބް ސަލާމަތް ކުރުމަށެވެ.
ބޮއެލީގެ ކޮންސޯޓިއަމުން 2022 ގައި ކްލަބާ ހަވާލުވެ، ކުޅުންތެރިން ގަތުމުގެ ޓްރާންސްފާ އަށް 931 މިލިއަން ޑޮލަރު މިހާތަނަށް ވަނީ ހޭދަކޮށްފަ އެވެ. ބޮޑު ހޭދައެއްކޮށްގެން ވެސް މިދިޔަ ސީޒަނުގައި އެ ކްލަބް ނިންމާލީ ލީގުގެ ގަދަ 10 އަކަށް ވެސް ނުވަދެވި އެވެ.
ޗެލްސީގެ މުސާރައިގެ ބިލަށް މިދިޔަ ސީޒަނުގައި 493 މިލިއަން ޑޮލަރު އެރި އެވެ.
ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއަށް ފެއްތުމަށް ޗެލްސީ އަށް ކުރަން ޖެހިފައި އޮތް އަނެއް ކަމަކީ ކުޅުންތެރިން ވިއްކާލުމެވެ. މި އަހަރު ޖޫން 30 ގެ ކުރިން ބައެއް ކުޅުންތެރިން ވިއްކާލައިގެން ކްލަބްގެ އެކައުންޓަށް ފައިސާ ވައްދައި އާމުދަނީ އާއި ހޭދައިގެ ފަރަގު އެއްހަމައެއްގައި ހިފަހައްޓަން ޖެހެ އެވެ. އެހެން ނޫނީ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއަށް ވެއްޓި އެ ޓީމުން ޕޮއިންޓް އުނިކުރުން އެކަށީގެން ވެއެވެ. އެ އަދަބުމިހާރު ކުރިމަތިވެފައިވާ ކްލަބަކީ އެވަޓަން އެވެ.
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ
ވީއޭއާރްއާ ހެދި ޕްރިމިއާ ލީގު ހަލާކުވެއްޖެ: ޕޮޗެޓީނޯ
ޗެލްސީގެ ސީއީއޯ ފުޓްބޯޅަ ދަންނަ މީހަކަށް ނުވި
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
އާނޯލްޑްގެ ވަރުގަދަކަން ފަހުވަގުތު ދައްކާލައިފި
ޗެލްސީގެ ކުޅުމާ ހެދި ޕޮޗެޓީނޯ ވަރަށް ރުޅިގަދަ ވެއްޖެ
މުޑްރިކްގެ ފުރަތަމަ ގޯލް، ކޯޗު ބުނަނީ ކެތްތެރިވާން