20 ޑިސެމްބަރ 2016
އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގައި، ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން ދާ އިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ސަރުކާރުން އަމަލްކުރަން ޖެހޭ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައި އޮންނަން ޖެހޭނެ ކަމަށް އެތައް ބަޔަކު ގަބޫލުކުރެ އެވެ. މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިންތިޒާމްކޮށްގެން ފެށި މަސައްކަތު ބައްދަލުވުމަކީ، އޭގެ ބައެއް ބައިވެރިން ބުނާ ގޮތުގައި، އެ މަގުން ކުރިއަށް ދިއުމުގެ ފިޔަވަޅެކެވެ.
އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގައި، ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން ދާ އިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ސަރުކާރުން އަމަލްކުރަން ޖެހޭ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައި އޮންނަން ޖެހޭނެ ކަމަށް އެތައް ބަޔަކު ގަބޫލުކުރެ އެވެ. މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިންތިޒާމްކޮށްގެން ފެށި މަސައްކަތު ބައްދަލުވުމަކީ، އޭގެ ބައެއް ބައިވެރިން ބުނާ ގޮތުގައި، އެ މަގުން ކުރިއަށް ދިއުމުގެ ފިޔަވަޅެކެވެ.
އަލިފާނުގެ ހާދިސާތަކާއި ކާރިސާތަކުން ސަލާމަތްވާން ކުރިއަށް އޮތް ފަސް އަހަރު އަމަލްކުރާނެ އެކްޝަން ޕްލޭން އެކުލަވާލަން ބާއްވާ ދެ ދުވަހުގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ދެއްކެވި ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ވެސް ހާދިސާތަކުން ލިބެމުން އަންނަ ބޮޑެތި ގެއްލުންތަކުގެ މައްޗަށެވެ.
އޭނާ ވިދާޅުވީ މިދިއަ ދެ އަހަރު އެކަނި ވެސް އަލިފާނުގެ ބޮޑު ހަތް ހާދިސާ ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެ ހާދިސާތަކާ ގުޅިގެން 228 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އަދި ކުއްލި އެހީގެ ގޮތުން ދައުލަތުން ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ހާދިސާތައް ގިނަވުމުގެ ސަބަބުން، ގުދަންތައް ފާސްކުރަން ސަރުކާރަށް މަޖުބޫރުވީ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 75 ޕަސެންޓު ތަންތަން ގަވާއިދަށް ނުފެތޭ އިރު އިންޝުއަ ވެސް ނުކުރާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ޝަރީފް ވިދާޅުވީ، މުދާ ރައްކާކުރުން ނުވަތަ ގުދަން ކުރުމާ ގުޅޭ ގޮތުން ވަރަށް ހަރުދަނާ އުސޫލެއް ގާއިމްކުރާނެ ކަމަށެވެ.
"ރާއްޖޭގެ ތަނަވަސްތަކާއި ފުދުންތެރިކަމަށް ވުރެ ރައްޔިތުންގެ އިހުސާސްތަކަށް ބޮޑަށް ސަމާލުކަން މި ދެވެނީ. އެކަމަކު ސަރުކާރުން ފާހަގަކުރަން އެފަދަ ހާދިސާތަކުން ލިބޭ ގެއްލުންތަކަކީ އެބޭފުޅުންނަށް [ވިޔަފާރިވެރިންނަށް] އަދި އިގުތިސާދަށް ވެސް ލިބޭ ގެއްލުންތަކެއްކަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބަނޑޮސް ރިސޯޓުގައި މިއަދު ފެށި ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތަސްނީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު
އަލިފާނުގެ ހާދިސާތަކުގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅު އައްޑު އަށް ކުރިމަތިވި ފެން ބޮޑުވުމުގެ ހާދިސާގެ ގެއްލުންތަައް ވެސް ބޮޑު ކަމަށް ޝަރީފް ވިދާޅުވީ، ތަފާތުު ފިޔަވަޅުތައް އަޅަން ޖެހޭ އެކި ހާލަތްތައް ކުރިމަތިވާކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.
ފެން ބޮޑުވުމުގެ ހާދިސާގައި 172 ގެއެއްގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެކަނި ވެސް 2.5 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރި އެވެ. އަދި ވިއްސާރައިގައި ތ. އަތޮޅަށް ލިބުނު ގެއްލުން ފޫބައްދަން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގުދުރަތީ ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ކުރީގެ ސަރުކާރުތަކަށް ވުރެ މި ސަރުކާރުން ގިނަ ހޭދަތަކެއް ކުރަމުން އަންނަ ކަމަށެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބަނޑޮސް ރިސޯޓުގައި މިއަދު ފެށި ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު
ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ 30 ރަށެއްގައި އެކަމުން ރައްކާތެރިވާން ޕަމްޕުތައް ބަހައްޓަން ކުރަމުން އަންނަ މަސައްކަތަށް ދައުލަތުން 2.5 މިލިއަން ރުފިޔާ ހޭދަކުރެ އެވެ.
ޝަރީފް ވިދާޅުވީ 2004 ގެ ސުނާމީ ހާދިސާއަކީ، އެފަދަ ހާދިސާތަކަށް މީހުންގެ ލޯ ހުޅުވުނު ކަމެއް ކަމަށާއި އެކަމަކު އާއްމުންގެ ހޭލުންތެރިކަން ބޮޑުކުރަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބަނޑޮސް ރިސޯޓުގައި މިއަދު ފެށި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު
ޑިޒާސްޓާ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމް ވިދާޅުވީ ފަސް އަހަރުގެ އެކްޝަން ޕްލޭން ދެ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އާއްމުންގެ ހިޔާލު ހޯދަން އަންނަ މަހު ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތަސްނީމް ވިދާޅުވި ގޮތުގައި މި ޕްލޭނަށް އަމަލްކުރަން ފެށޭނީ އަންނަ އަހަރު އެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކުން 40 މީހުން ބައިވެރިވެ އެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ސަމާލުކަން ދޭންޖެހޭ
ދުނިޔޭގެ މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ބޮޑުވޭ: މިނިސްޓަރު
ކާރިސާތަކުން ރައްކާތެރިވާ އުޅަނދުތައް އަތޮޅުތަކަށް
ހާލުގައި ޖެހޭ މީހުންނަށް އިންޝުއަރެންސް ސްކީމެއް
ކާރިސާގެ މައުލޫމާތު ފޮނުވާ ވަސީލަތްތަކެއް ގާއިމްކޮށްފި
ރާއްޖެއަށް ގިނައިން ކާރިސާތައް ދިމާވާތީ ކަންބޮޑުވެއްޖެ
އެނދި ގެތައް އަލުން ހެދޭނެ ދުވަހެއްގެ އިންތިޒާރުގައި
މާލެއަށްކުރި ވިއްސާރަ: ގެއްލުން މިލިއަނަކަށް ވުރެ މަތި
ސުނާމީގައި ލ. އަތޮޅު: އަދިވެސް އެ ހަނދާންތަކުގައި!
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ