އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާއާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ހޯދުމަށް ޑިފެންސް މިިނިސްޓްރީގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު އެދޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
12 އޮކްޓޯބަރ 2021
އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާއާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ހޯދުމަށް ޑިފެންސް މިިނިސްޓްރީގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު އެދޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖެ އިން އިންޑިއާއާއެކު ހަދަމުންދާ ބައެއް އެއްބަސްވުންތަކުގެ ސަބަބުން، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ވިދާޅުވެ، އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ހުށަހެޅުއްވުމުންނެވެ.
މިދިޔަ މަހު ނަޝީދަށް ފޮނުވި ސިޓީއެއްގައި އާދަމް ޝަރީފު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާ އަކީ ރަހުމަތްތެރި ދެ ގައުމަށް ވާއިރު، ދެ ގައުމުގެ ދެމެދުގައި އޮންނަން ޖެހޭ އިތުބާރާއި އެކުވެރިކަމަށް ބުރޫ އަރާ ފަދަ ކަންކަން ވުމަކީ ގައުމުގެ ރައްޔިތުންނާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެ ކަމެެއް ކަމަށެވެ.
އެހެންވެ ގައުމީ ސަލާމަތާއި މިނިވަންކަމަށް ނުރައްކާވާ ފަދަ ކަމެއް ނެތްކަން ކަށަވަރު ކުރުމަށް، އެ އެއްބަސްވުމުގެ އަސްލު ހޯދައި 241 ކޮމިޓީން އެ ދިރާސާ ކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.
އަވަހާރަކޮށްލަން ދިން ހަމަލާ އަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރަށް މަޖިލީހުގެެ ރިޔާސަތުގައި އިންނަވައި ނަޝީދު މިއަދު ވިދާޅުވީ، އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި އޮތް އެއްޗެއް އޮޅުން ފިލުވުމަށް އާދަމް ޝަރީފު އެދިވަޑައިގަންނަވާފައިވާ ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށެވެ.
އެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް މަޖިލީހުގެ އަމީން އާއްމު ޑިފެންސް މިނިސްޓްރީގައި މިއަދު އެދިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެއީ އެއްވެސް ހާލެއްގައި ފޮރުވިފައި އޮތް ސިއްރެއް ނޫން. އެއީ ދިވެހި ދައުލަތުގެ އެގްރީމެންޓެއް، ދޭދޭ ގައުމަކާ އެކީގައި ކުރެވިފައިވާ. ސިއްރެއްގެ ގޮތެއްގައެއް ނޫން ދައުލަތުން އެ ކަން ކުރަމުން ގެންދިޔައީ،" ނަޝީދު ވިދާޅުވި އެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހިމަނާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮން ދަނީ ބުނަމުންނެވެ. އުތުރު ތިލަފަޅު އެއްބަސްވުން ކަމަށް ބުނާ އެއްބަސްވުމެއް މި ފަހުން ލީކު ވެސް ކޮށްލާފައިވާއިރު، އެއީ ސައްހަ ލިޔުމެއް ނޫން ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އިންޑިއާގެ އެއްބަސްވުންތައް ނުދައްކާ ކަމުގެ ޝަކުވާ
ހާލަތަށް ބަލައި ސިފައިން ނިންމާނީ ރަނގަޅަށް: އާދަމް
މިނިސްޓަރު މާރިޔާ ވެސް މަޖިލިހަށް ހާޒިރު ކުރަނީ
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
އިންޑިއާ އައުޓް: މާރިޔާގެ ހަމަލާތައް ޔާމީނަށް!
"އިންޑިއާ އައުޓް" އިން ގެއްލުން ލިބޭނެ ވަރު ބަލަނީ
އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރަން އަންގައިފި