29 ނޮވެމްބަރ 2021
ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ދެއްކި ކަން ކަށަވަރު ނުކުރެއްވޭ ކަމަށް ވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރަައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ޝަކުވާ ކުރައްވައިފި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ދެއްކި ކަން ކަށަވަރު ނުކުރެއްވޭ ކަމަށް ވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރަައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ޝަކުވާ ކުރައްވައިފި އެވެ.
ރާއްޖެ-އިންޑިއާ އެއްބަސްވުންތަކުގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވާ ފަދަ ކަމެއް އޮތްތޯ މަޖިލީހުން ބަލަން އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ 241 ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ވިދާޅުވީ އޭނާ ހުށަހެޅުއްވީ އެ އެއްބަސްވުންތަކުގެ އަސްލުތައް މަޖިލީހަށް ހޯދައި ދިރާސާކުރަން ކަމަށެވެެ. ނަމަވެސް 241 ކޮމިޓީގައި އެ މައްސަލަ ދިރާސާކުރި އިރު ދެއްކީ، "ޕަވާޕޮއިންޓް ޕްރެޒެންޓޭޝަން" އެއް ކަމަށާއި އެއްބަސްވުންތައް ހުރި ގޮތްކަން އެނގޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވުމުން ރިޔާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެހެން ވިދާޅުވާ ނަމަ އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި "ކްރޮސް އެގްޒެމިނޭޝަނެއް" ހައްދަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެހެން ވިދާޅުވެ އެ މަނިކުފާނު އާދަމް ޝަރީފާ ސުވާލުތަކެއް ކުރެއްވި އެވެ.
"އިއްޒަތްތެރި މެމްބަރު، އެހެންވީމާ ސްކްރީނުން ފެނިވަޑައިގެންނެވީ ކޯއްޗެއް ތޯ؟" ނަޝީދު ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، އެއީ ޕްރެޒެންޓޭޝަނެެއް ކަމަށެވެ. އެ ހިސާބުން، ނަޝީދު ސުވާލުުކުރެއްވީ އެއްބަސްވުމެއްގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް ދެކެވަޑައިގެންނެވިންތޯ އެވެ.
"މުޅި ޑޮކިއުމެންޓް އަޅުގަނޑުމެންނަށް ފެންނަ ގޮތަކަށް ނޫން، ސްލައިޑްތަކެއް އަޅުގަނޑުމެންނަށް ފެންނަނީ. އެއީ އެގްރިމެންޓް ކަމެއް އަޅުގަނޑުމެންނަށް އެނގޭނެ ގޮތެއް ނެތް އިއްޒަތްތެރި ރައީސް،" ޖަވާބުގައި އާދަމް ޝަރީފް ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދު ވިދާޅުވިގޮތުގައި، އެއްބަސްވުމުގެ އަސްލު، މަޖިލީހަށް ގެނެސް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ދެއްކުމުން އެއީ ނުވާ ކަމެއް ކަމަށް މެމްބަރުން ވިދާޅުވާ ނަމަ އެއީ ވަރަށް އުނދަގޫ މައްސަލައެކެވެ.
"އެއީ ކަނޑައެޅިގެން ހިނގާފައި އޮތް ކަމެއް، ކަނޑައެޅިގެން އިއްޒަތްތެރި މެމްބަރުންނަށް އޮތީ އެގްރިމެންޓް ފެނިވަޑައިގެންފައި. އެއީ އަޅުގަނޑަށް ޝައްކަކާ ނުލައި އެނގޭ ކަމެއް، " ނަޝީދު ވިދާޅުވި އެވެ.
އެއްބަސްވުމުގެ އަސްލުތައް ކޮމިޓީ އަށް ނުދައްކާ ކަމަށް ވިދާޅުވެ، ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ވެސް މިއަދުގެ ޖަލްސާގައި ޝަކުވާ ކުރެއްވި އެވެ. އެކަމަކު، ނިޒާމާ ބެހޭ ނުކުތާ ނަންގަވައިގެން ، އެމްޑީޕީ މެމްބަރުން އެ ދެބޭފުޅުންނަށް ރައްދު ދެއްވި އެވެ.
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
"އިންޑިއާ އައުޓް" އިން ގެއްލުން ލިބޭނެ ވަރު ބަލަނީ
އުތުރު ތިލަފަޅު އެއްބަަސްވުމުގެ ކޮޕީއަކަށް އެދިއްޖެ
އެއްބަސްވުން 241 ކޮމިޓީއާ ހިއްސާކުރަން އެދިއްޖެ
އިންޑިއާއާ އެކު ބާއްވަނީ ފަޚުރުވެރި ގުޅުމެއް: އީވާ
އިންޑިއާގެ އެއްބަސްވުންތަކާ ބެހޭ މައްސަލަ ބޭރުކޮށްލައިފި