Roadha Mihaaru
އެނދި ގެތައް އަލުން ހެދޭނެ ދުވަހެއްގެ އިންތިޒާރުގައި

ކޯސްޓްލައިން އަލިފާނުގެ ހާދިސާ: ގެތައް އަލުން ހެދޭނެ ދުވަހެއްގެ އިންތިޒާރުގައި

04 ޖޫން 2016

މަޖީދީމަގުގައި ހުރި ކޯސްޓްލައިން ފިހާރައިގައި އެޕްރީލް 18 ވަނަ ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް ހިތްދަތިކަން ލިބުނެވެ. އެއް ބައެއްގެ އަގުބޮޑު މުދާ އަނދައި އަޅިއަށް ވި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މަޖީދީމަގުގައި ހުރި ކޯސްޓްލައިން ފިހާރައިގައި އެޕްރީލް 18 ވަނަ ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް ހިތްދަތިކަން ލިބުނެވެ. އެއް ބައެއްގެ އަގުބޮޑު މުދާ އަނދައި އަޅިއަށް ވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ އެއް ހާދިސާގައި ކޯސްޓްލައިން އަނދާ ހުލިވުމުގެ އިތުރުން ނުވަ ގެއަކަށް ގެއްލުން އެވެ. އޭގެ ތެރެއިން ތިން ގެއެއް ވަނީ އަލުން އިމާރާތްކުރަން ޖެހޭ ވަރަށް ހަލާކުވެފަ އެވެ.

ކޯސްޓްލައިންގައި އަލިފާން ރޯވެ އަނދަމުން ދާއިރު ސިފައިން އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަނީ. މިތަނުގައި ރޯވެ އެތައް މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައި. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ކޯސްޓްލައިންގައި އަލިފާން ރޯވެ އަނދަމުން ދާއިރު ސިފައިން އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަނީ. މިތަނުގައި ރޯވެ އެތައް މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައި. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅި އެވެ. އެގޮތުން ސަރުކާރުން 2.6 މިލިއަން ރުފިޔާ އަދި ކޯސްޓްލައިނުން 1 މިލިއަން ރުފިޔާ ދިނެވެ. އަމިއްލަ އެހެން ބައެއް ފަރާތްތަކުން ވެސް އެހީތެރިވި އެވެ. އެކަމަކު ބައެއް މީހުންނަށް އާންމު ހާލަތަކަށް އަދި ނާދެވެ އެވެ. އެމީހުންގެ ޝަކުވާތަކެއް ވެސް އެބަ ހުއްޓެވެ.

"މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ސުވާލު އުފެއްދީ ސަރުކާރުން ދިން މާލީ އެހީތެރިކަން ބެހި ގޮތުގެ އިންސާފުވެރިކަމާ މެދުގަ އެވެ. އަދި އަނދައިގެން ދިޔަ ގެތައް މަރާމާތު ކުރަން އެކަށީގެންވާ ވަރުގެ އެހީއެއް ނުލިބޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ގެއެއް. --ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ގެއެއް. --ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

އެމީހުން ބުނާ ގޮތުގައި އާންމު ހާލަތަކަށް ރުޖޫއަވާން އަދިވެސް އެތައް މަހެއް ނަގާނެ އެވެ. ކުރިއަށް އޮތް ރޯދަ މަހު އިތުރު ހިތްދަތިކަމަކާއި ތަކުލީފްތަކެއް އުފުލަން ޖެހޭނެ އެވެ. މަރާމާތުކޮށް ރޯދައިގެ ކުރިން އެއިން ތަނަކަށް ވަދެވޭނެ ގޮތެއް ނެތެވެ. ބައެއް މީހުން ސަރުކާރުގެ އެހީތެރިކަމާ އެކު ތަންތަން ކުއްޔަށް ހިފައިގެން މިހާރު ވަނީ ވަގުތީ ގޮތުން ބަދަލުވެފަ އެވެ. އަދި ހަލާކުވި ގޭގޭގައި ވެސް މީހުން ދިރިއުޅެމުން އެބަދެ އެވެ.

ކޯސްޓްލައިންގައި އަލިފާން ރޯވެ އަނދަމުން ދަނީ. މިއީ ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ އެއް ހާދިސާ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކޯސްޓްލައިންގައި އަލިފާން ރޯވެ އަނދަމުން ދަނީ. މިއީ ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ އެއް ހާދިސާ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތައް:

- ނަލަވައިގެ - ހަތިމާގެ - މެޑަލްމާގެ - އިރާކުވިލާ (އެންމެ ބޮޑަށް ގެއްލުންވި) - އިރާކުމާގެ (އެންމެ ބޮޑަށް ގެއްލުންވި) - އޮޅުގިރި (އެންމެ ބޮޑަށް ގެއްލުންވި) - ވޭލާވިލާ - ވައިނުޖެހޭގެ - މަރުދާނުގެއާގެ

ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

ކޯސްޓްލައިންގައި ރޯވި އަލިފާންގަނޑު ފެތުރި އެންމެ ބޮޑު ގެއްލުމެއްވި އެއް ގެއަކީ މ. އޮޅުގިރި އެވެ. އެ ގޭގެ ހަތަރު ވަނަ ބުރި އެއްކޮށް ވަނީ އަނދައިފަ އެވެ. އެގޭ އަނެއް ތިން ބުރިއަށް ވެސް ގެއްލުންތަކެއް ލިބުނެވެ. އެކަމަކު އެ ތަންތަނުގައި އުޅުނު މީހުން ވަނީ އަލުން ގެއަށް ބަދަލުވެފަ އެވެ.

"ރައްކާތެރި ނޫން ކަމަށް ބުނި އެޕާޓްމަންޓްތަކުން ބައެއް ތަޅާލިއިރު އަޅުގަނޑުމެންގެ އެޕާޓްމަންޓަށް ވެސް ގެއްލުންތަކެއް ލިބުނު. އެ ތަނަށް ބޮޑު މަރާމާތެއް ކުރަން ޖެހޭ،" އެގޭގައި އުޅެމުން އަންނަ މީހަކު ބުންޏެވެ.

އޮޅިގިރި ގޭގައި ދިރިއުޅޭ އެހެން މީހަކު ބުނީ ގޭގެ ވެރިފަރާތަށް ސަރުކާރުން 130،000 ރުފިޔާ އަދި ހަތަރު ވަނަ ބުރީގައި ދިރިއުޅޭ މީހުންނަށް 50،000 ރުފިޔާ ދިން ކަމަށެވެ. ހަތަރު ވަނަ ބުރީގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެހެން ތަނަކަށް ބަދަލުވެފަ އެވެ.

ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ގެއެއް. --ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ގެއެއް. --ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

ގެއްލުން މަރާމާތުކުރަން ބަލާއިރު މާލީ އެހީ ނުފުދޭ

އިރާކުވިލާ އާއި އިރާކުމާގެ އަށް ވެސް ހާދިސާގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެވަރުގެ ބޮޑު މާޔޫސްކަމަކާ ދުވަހަކު ވެސް ކުރިމަތިވެފައިނުވާ ކަމަށް އެ ދެ ގޭގައި އުޅޭ ބައެއް މީހުން ބުނެ އެވެ. އެމީހުން ވެސް މިވަގުތު އުޅެނީ ސަރުކާރުގެ އެހީގައި ތަންތަން ކުއްޔަށް ހިފައިގެންނެވެ. އެކަމަކު ސަރުކާރުން އެހީވަނީ ވަކި މުއްދަތަކަށް ކަމަށް ވާތީ އޭގެ ކުރިން ތަން ހަދައިގެން ދާން ޖެހޭނެ އެވެ.

ތިން ބުރިއަށް ވެސް ގެއްލުންވުމުން އެ ތަންތަން މަރާމާތު ކުރަން 90،000 ރުފިޔާ ދާނެ. ދެ ލައްކަ ރުފިޔާ ހަމައެކަނި ހަތަރު ވަނަ ބުރި މަރާމާތު ކުރަން، -- އޮޅުގިރި ގެއިން ވާހަކަ ދެއްކި މީހެއް
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއް ސާފުކުރުމުގެ މަސައްކަތް ބަޔަކު ކުރަނީ. ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއް ސާފުކުރުމުގެ މަސައްކަތް ބަޔަކު ކުރަނީ. ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އޮޅުގިރި ގޭގެ ހަތަރު ވަނަ ބުރި އެއްކޮށް ތަޅާލައި އަލުން ރޭނުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ ތަން ނިމޭނެ ކަމަށް ލަފާކުރެވެނީ ރޯދައިގެ ފަހުންނެވެ.

"ގެ މަރާމާތުކުރަން ތިން ލައްކަ ރުފިޔާ އެބަ އަރާ. އެކަމަކު ސަރުކާރުން ދިން އަދަދަކީ އަޅުގަނޑުމެން ހިތްހަމަޖެހޭ އަދަދެއް ނޫން،" އަލިފާނުގެ ހާދިސާގައި ބޮޑު ގެއްލުމެއް ލިބުނު ގެއަކުން ވާހަކަ ދެއްކި މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ބުންޏެވެ.

މި ހާދިސާގައި ގެއްލުންވި ގެއެއްގެ ވެރިޔަކު ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ފައިސާ ދިން އުސޫލު ހާމަކޮށްފައި ނެތުން ކަމަށެވެ. ކުދިކުދި ގެއްލުންތައްވި ގެތަކަށް ވެސް ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

އަޅުގަނޑަށް ލިބުނު އަދަދު އެބަހުރި ކުދިކުދި ގެއްލުންތައްވި ގެތަކަށް ވެސް ދީފައި. އެހެންވީމަ ފައިސާ ދިން ގޮތުގެ އުސޫލެއް ނޭނގޭ --ގެއެއްގެ ވެރިއެއް
ކޯސްޓްލައިންގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނދައި އަޅިއަށްވި ގެއެއް ސާފުކުރަނީ. މި ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނު ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ކޯސްޓްލައިންގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނދައި އަޅިއަށްވި ގެއެއް ސާފުކުރަނީ. މި ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނު ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ހާލުގައި ޖެހިގެން ގެސްޓް ހައުސްތަކަށް ބަދަލުކުރި އެއްވެސް މީހަކު މިހާރު އެއިން ތަނަކު ނެތެވެ. ކިރިޔާ ވެސް ދިރިއުޅެވެން ހުރި ތަނެއް ވެއްޖެއްޔާ އެ ތަނަކަށް އެ މީހުން ބަދަލުވެ، ނިމިއްޖެ އެވެ. އެކަމަކު އެމީހުންނަށް ހަމަޖެހިގެން އުޅެވޭވަރުވާނީ މަރާމާތަށް ފަހު އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނީ ގެދޮރު މަރާމާތުކުރަން މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެއްވެސް ގެއެއް ހެދުމުގެ ހުރިހާ ކަމެއް ސަރުކާރަށް ކޮށްދެވެން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ޝަރީފް ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ދޭށެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސަން ސަރުކާރުން ވާހަކަ ދައްކާފައިވާ ކަމަށާއި ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލްއާ ދެމެދު އެކަމާ ބެހޭ އެމްއޯޔޫއެއްގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް ވެސް އޭނާ އުއްމީދުކުރައްވަ އެވެ.

ސަރުކާރުން ފުރަތަމަ ހުށަހެޅީ އެންމެ ބޮޑަށް ގެއްލުން ލިބުނު ގެތައް ސަރުކާރަށް ނަގާފައި ހުޅުމާލެ އިން ފްލެޓް ދޭށެވެ. އެކަމަކު މާލޭގެ ގޯއްޗެއް ދުކޮށްލާފައި ދެތިން ކޮޓަރި ހިމެނޭ ފްލެޓެއް ހޯދާކަށް އެއްވެސް ގެއެއްގެ ބަޔަކު ނޭދޭނެ އެވެ. އެހެންކަމުން ގެތައް މަރާމާތުކޮށް ކޮންމެވެސް ދުވަހަކުން ނިންމަން ގޭގެވެރިން ތިބީ އަޒުމް ކަނޑައަޅައިގެންނެވެ.

ކޯސްޓްލައިންގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދަނީ ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

ކޯސްޓްލައިންގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދަނީ ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

ސަރުކާރުން ފުރަތަމަ ހުށަހެޅި ގޮތަށް (ފްލެޓް ގަބޫލުކުރަން) ބައެއް ގޭގޭގެ މީހުން އެއްބަސްނުވުމުން "ގެ އެޅޭނެ ގޮތެއް ހޯދައިދޭން މަސައްކަތް ފެށީ" ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުއްޔަށް ދީގެން މަހެއްގެ މައްޗަށް 30،000 ރުފިޔާގެ އާމްދަނީއެއް އެބަ ލިބޭ. އާމްދަނީ ލިބޭ ތަނެއް ކުއްލިއަކަށް ދޫކޮށްލުމަކީ މޮޔަ މީހަކު ކުރާނެ ކަމެއް،" ގެއްލުންވި ގެއެއްގެ ވެރިޔަކު ބުންޏެވެ.

ނަމަވެސް ސަރުކާރުގެ ވިސްނުމަށް ތާއީދުކުރާ ބަޔަކު ވެސް އެބަ ތިއްބެވެ. އެމީހުން ބުނާ ގޮތުގައި މާލޭގައި ހުންނަ ގެއާ އެއް ފެންވަރުގެ ގެއެއް ނުވަތަ އެޕާޓްމަންޓްތަކެއް ލިބޭ ނަމަ ބިންކޮޅު ދައުލަތަށް ދޭން ތައްޔާރެވެ.

"އަޅުގަނޑު މިހުރީ ގެ ދައުލަތަށް ދޭން ތައްޔާރަށް. އެކަމަކު އަޅުގަނޑުމެންނަށް ލިބޭ ފްލެޓަކީ ކިތައް ކޮޓަރީގެ ތަނެއްތޯ، ކިހާ ވަރެއްގެ ބިމެއްތޯ ބަލާފައި އެކަން ކުރެވެނީ،" ގެއްލުންވި 275 އަކަ ފޫޓު ގެއެއްގެ ވެރިމީހާ "މިހާރު"އާ ވާހަކަ ދައްކަމުން ބުންޏެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ މީޑިއާ ކޯޑިނޭޓަރު ހިސާން ހަސަން ވިދާޅުވީ ބައެއް އާއިލާތަކަށް މާލީ އެހީތެރިކަން ދިނީ މަރާމާތަށް ކަމަށާއި އަނެއް ބައި ގެތަކަށް ފައިސާ ދިނީ ހިފައި ގެންގުޅޭ ސާމާނު ގަތުމަށް ކަމަށެވެ. އެހެންކަމުން އެކި އާއިލާތަކަށް ދިން އެހީ ތަފާތު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯސްޓްލައިންގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އޮޅުގިރިގެ. މި ގެ ވަނީ އަށް ބަޔަށް ބަހާފައި. އަލިފާން ރޯވީ މީގެ ތެރެއިން އެއް ބައިގައި. --ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

ކޯސްޓްލައިންގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އޮޅުގިރިގެ. މި ގެ ވަނީ އަށް ބަޔަށް ބަހާފައި. އަލިފާން ރޯވީ މީގެ ތެރެއިން އެއް ބައިގައި. --ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

ފައިސާ ދިނުމުގައި ގެންގުޅުނު އުސޫލުތައް:

- ގެއްލުންތައް މަރާމާތުކުރަން - ހިފައި ގެންގުޅުނު ތަކެތި ގަތުމަށް - މަރާމާތު ނިމެންދެން ތަނެއް ކުއްޔަށް ހިފަން

ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިނީ އެއް ހާސް ރުފިޔާ އާއި ހަތަރު ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ. --ހިސާން

ސަރުކާރުންނާއި ކޯސްޓްލައިންގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އަލިފާނުގެ ހާދިސާ އިން އެންމެންނަށް އަރައިގެނެވެން އަދި ކައިރި ވެސް ނުވެ އެވެ. ގެދޮރު އަލުން މަރާމާތުކޮށް ނުވަތަ ހަދާ ނިމިގެން ނޫނީ އެމީހުންނަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެ އެވެ.