Roadha Mihaaru
ގުދަންތަކުގެ ސަލާމަތީ ބައެއްކަންކަމަށް އިތުރު ފުރުސަތެއް

ކެމިކަލް ގުދަންތަކުގެ ސަލާމަތީ ބައެއް ކަންކަން ފުރިހަމަ ކުރަން އިތުރު މުއްދަތެއް ދީފި

26 ޑިސެމްބަރ 2019

ކެމިކަލް ގުދަންތަކުގައި ސަލާމަތީ ގޮތުން ފުރިހަމަވާން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރަން އިތުރު ތިން މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކެމިކަލް ގުދަންތަކުގައި ސަލާމަތީ ގޮތުން ފުރިހަމަވާން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރަން އިތުރު ތިން މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.

މާލޭގައި ދާދި ފަހުން ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު ސަރުކާރުން ވަނީ ކެމިކަލް ގެންގުޅުމާއި ވިއްކުމާއި ގުދަން ކުރުމުގެ ޚާއްްސަ ގަވާއިދެއް ހަދައި، ކެމިކަލް ގުދަންތައް ވަކި ޚާއްސަ މިންގަނޑުތަކަކަށް ހުންނަން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ކެމިކަލް ގުދަންތަކުގައި ފުރިހަމަވާން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރަން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ތިން މަހުގެ އިތުރު މުއްދަތެއް ދީފައިވާ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން މުއްދަތު އިތުރުކޮށް ދިނީ ކެމިކަލް ގުދަނުގެ އެތެރޭގައި ހުންނަ ޕާޓިޝަންތަކާއި ބޭރު ފާރުތަކާއި ދޮރުތަކަކީ މަދުވެގެން 90 މިނެޓްގެ ފަޔާ ރެސިސްޓެންޓް މެޓީރިއަލަކުން ހުންނަން ޖެހޭ އެއްޗެއް ކަމަށް އޮންނަ ބަޔާއި އެފަދަ ގުދަންތަކުގައި އެމްއެންޑީއެފުން ކަނޑައަޅާ ގޮތެއްގެ މަތިން އެކްޓިވް އަދި ފެސިވް ފަޔާ ޕްރޮޓެކްޝަން ނިޒާމު ގާއިމް ކުރަންޖެހޭ ގޮތަށް އޮންނަ ބަޔަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، މާލޭގައި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އެކަކު މަރުވެ އަދި އެތައް ގެއެއް ވަނީ އަނދައި، ހުލިވެފަ އެވެ. އެ ހާދިސާއަށް ފަހު ސަރުކާރުން ވަނީ ނުރައްކާތެރި ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލު ކުރަން ނިންމައި، ގުދަންތައް ތިލަފުށީގައި އިމާރާތްކޮށްފަ އެވެ.