13 އޮކްޓޯބަރ 2017
ކާރިސާތަކުން ސަލާމަތްވުމަށް ހޯދި އުޅަނދުތައް ވަރަށް އަވަހަށް އަތޮޅުތަކުގެ އެކި ސަރަހައްދުތަކަށް ފޮނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ކާރިސާތަކުން ސަލާމަތްވުމަށް ހޯދި އުޅަނދުތައް ވަރަށް އަވަހަށް އަތޮޅުތަކުގެ އެކި ސަރަހައްދުތަކަށް ފޮނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ކާރިސާތަކުން ސަލާމަތްވުމަށް ބޭނުންވާ އާލާތްތަކާއި އުޅަނދުފަހަރު ހޯދީ ޖަޕާނު ސަރުކާރުގެ އެހީގަ އެވެ.
ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު މިއަދު ދެއްވި ޚިތޯބެއްގައި ވިދާޅުވީ އެ ތަކެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ ސިފައިންގެ މަރުކަޒުތަކަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.
"އެ ވަސީލަތްތަކުގެ ސަބަބުން ކާރިސާތަކަށް އިޖާބަ ދިނުމަށް ކުރަމުން އަންނަ މަސައްކަތްތައް ހަލުވިވެ އިތުރަށް ހަރުދަނާވެ އަވަހަށް ހިދުމަތް ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި އާ އެޖެންޑާތަކެއް ވަނީ އެކުލަވާލައިފަ އެވެ. މިނިސްޓަރު ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ޕެރިސް އެގްރިމެންޓް ހިމެނޭކަން ފާހަގަ ކުރައްވާފައިވެ އެވެ.
"ދެމެހެއްޓެނިވި ތަރައްގީގެ ލަޑުދަނޑިތައް ތަންފީޒު ކުރުމަށްޓަކައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ މައިގަނޑު ބައިތައް ހިމެނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކޮށް ވިލުންވެލި ޖަމާއަތެއް ގާއިމްކުރެވޭނީ ކާރިސާތަކުން ލިބިދާނެ ގެއްލުން ފަރުދީ ފެންވަރެއްގަޔާއި ޖަމާއަތުގެ ފެންވަރުގައި ހާއްސަ މަސައްކަތްތަކެއް ކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫތައް ހިންގާއިރު ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތައް ހިމަނައިގެން ފަސް އަހަރުގެ ގައުމީ ޕްލޭނެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުމުގެ ހާދިސާތަކަށް އަތޮޅު ފެންވަރުގައި މަސައްކަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އުފައްދާ ފުރަތަމަ މަރުކަޒު ފ. ނިލަންދޫގައި މިހާރު ގާއިމް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކާރިސާތަކުން ގެދޮރަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް އިންޝުއަރެންސް ސްކީމެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގޯތިގެދޮރުގެ ރައްކާތެރިކަން އިތުރުކޮށް ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ފިޔަވަޅުތައް ދުރާލާ އެޅުން ކަމަށެވެ.
މީގެ ކުރިން ވެސް ކާރިސާތަކުން ގެއްލުން ލިބޭ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު ކުރިއަށް އޮތް ތަނުގައި ވެސް އެ ކަން ތަކުރާރު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބަދަލު ހޯދައިދެވޭނީ އިންޝުއާ ކުރުވައިގެން!
ވިއްސާރައިގައި އައްޑޫގެ 54 ގެއަކަށް ގެއްލުންވި
ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ސަމާލުކަން ދޭންޖެހޭ
ކާރިސާގެ ހާލަތުގައި ބޭނުންކުރާ ސާމާނުތަކެއް ހަވާލުކޮށްފި
ދަތުރު ނުކުރެވިދާނެތީ ކާޑު ރައްކާކުރަން އެދެފި
މަރާމާތަށް އަމިއްލަ އަށް ޚަރަދު ކުރާކަށް ނުޖެހޭނެ
ގެއްލުންވި ގެތަކަށް ސަރުކާރުން ދޭ އެހީގެ އިންތިޒާރުގައި
ހާލުގައި ޖެހޭ މީހުންނަށް އިންޝުއަރެންސް ސްކީމެއް
ނުރައްކާތެރި ހާދިސާތައް ގިނަ، ފިޔަވަޅު އަޅަން މަޖުބޫރު
ކާރިސާގެ މައުލޫމާތު ފޮނުވާ ވަސީލަތްތަކެއް ގާއިމްކޮށްފި