Roadha Mihaaru
ކޫސަނި ކަންތައްތަކާ ޓޮމް ކްރޫޒް ވަރަށް ރުޅިގަދަވޭ

ކޫސަނި ކަންތައްތަކާ ޓޮމް ކްރޫޒް ވަރަށް ރުޅިގަދަވޭ

23 ފެބުރުއަރީ 2022

ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ލިސްޓުގައި ހިމެނޭ ޓޮމް ކްްރޫޒް އަކީ ވަރަށް ކޫސަނި ކަންތައްތަކާ ފަސޭހައިން ރުޅިގަދަވާ އަދި މަސައްކަތް ކުރަން އުނދަގޫ މީހެއް ކަމަށް އޭނާގެ ފުރަތަމަ މެނޭޖަރު ބުނެފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ލިސްޓުގައި ހިމެނޭ ޓޮމް ކްްރޫޒް އަކީ ވަރަށް ކޫސަނި ކަންތައްތަކާ ފަސޭހައިން ރުޅިގަދަވާ އަދި މަސައްކަތް ކުރަން އުނދަގޫ މީހެއް ކަމަށް އޭނާގެ ފުރަތަމަ މެނޭޖަރު ބުނެފި އެވެ.

ޓޮމް ކްރޫޒްގެ ފުރަތަމަ މެނޭޖަރު އައިލީން ބާލިން އަކީ އޭނާ މަޝްހޫރުވުމުގެ ކުރިން ވެސް މެނޭޖުކުރުމުގެ މަސައްކަތް ކުރި މީހެކެވެ. އޭނާ އަށް 18 އަހަރު ވުމުން އައިލީން މެނޭޖަރަކަށް ހަމަޖެއްސި އެވެ. އޭރު ކްރޫޒް އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. އަދި އަމިއްލަ ތަނެއް ހިފައިގެން އުޅެވޭނެ ފެންވަރު ވެސް ނެތުމުން އޭނާ ދިރިއުޅުނީ އައިލީން އާއި އޭނާގެ ފިރިމީހާގެ އެޕާޓްމެންޓުގަ އެވެ.

"ޓޮމް އަކީ އަސްލު ވަރަށް އަހުލާގު ރަނގަޅު ކުއްޖެއް. ބޮޑުންނަށް ވެސް ވަރަށް ކަމޭހިތާނެ. އެކަމަކު އޭނާގެ ރުޅިގަނޑަކީ ނުރައްކާތެރި އެއްޗެއް،" އައިލީން ބުންޏެވެ.

އޭނާގެ ރުޅިގަނޑަކީ އަބަދު ވެސް ކުއްލިއަކަށް އަންނަ އެއްޗެއް ކަމަށް އައިލީން ބުންޏެވެ. އަދި ވަރަށް ކުދިކުދި ކަންތަކާ ވެސް ވަރަށް ރުޅިގަދަވާ ކަމަށާއި އޭނާގެ އެ ރުޅިވެރިކަމާއި ނަފުރަތަކީ އޭނާގެ ބައްޕަގެ ސަބަބުން އުފެދުނު އެއްޗެއް ކަމަށް ބެލެވެއޭ އޭނާ ބުންޏެވެ.

އެ ރުޅީގެ ސަބަބުން ކްރޫޒްއާ އެކު ބައެއް ފަހަރު މަސައްކަތް ކުރުމަކީ ވެސް އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޓޮމް ކްރޫޒަށް އެންމެ 12 އަހަރުގައި އޭނާގެ މަންމަ އާއި ބައްޕަ ވަރިވި އެވެ. އަދި އެ އަހަރު އޭނާގެ ބައްޕަ ވަނީ ދެމައިން ދޫކޮށް ގޮސްފަ އެވެ. އެކީގައި އުޅުނު އިރު ވެސް އޭނާގެ ބައްޕަ އަކީ އެކި ގޮތްގޮތުން އަނިޔާވެރި މީހެއް ކަމުގައި ކްރޫޒް ވަނީ މީގެ ކުރިން ބުނެފަ އެވެ.