Roadha Mihaaru

"މިޝަން އިމްޕޮސިބަލް"ގެ އާ ފިލްމުގެ ޕްރިމިއާގެ ކުރިން އިންޑިއާގައި ރިލީޒްކުރަނީ

ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޓޮމް ކްރޫޒްގެ ފިލްމު ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް"ގެ އާ ފިލްމު ޕްރިމިއާކުރުމުގެ ކުރިން އިންޑިއާގައި އެ ފިލްމު ރިލީޒްކުރަން ނިންމައިފި އެވެ.

މިޝަން އިމްޕޮސިބަލްގެ އާ ފިލްމު ފުރަތަމަ އިންޑިއާއަށް

ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޓޮމް ކްރޫޒްގެ ފިލްމު ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް"ގެ އާ ފިލްމު ޕްރިމިއާކުރުމުގެ ކުރިން އިންޑިއާގައި އެ ފިލްމު ރިލީޒްކުރަން ނިންމައިފި އެވެ.

"މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" އުފައްދާ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޕެރަމައުންޓް ޕިކްޗާސްގެ އިންޑިއާގެ ކުންފުނިން އިއްޔެ އިއުލާންކުރި ގޮތުގައި މި ފިލްމު އިންޑިއާގައި ޕްރިމިއާކުރަނީ އަންނަ މަހު 17 ވަނަ ދުވަހު އެވެ. އެއީ މި ފިލްމު ޕްރިމިއާކުރުމުގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

މި ފިލްމު އެމެރިކާގައި ޕްރިމިއާކުރަނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.

ވަރުގަދަ އެކްޝަން ފިލްމެއް ކަމަށްވާ "މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" އަކީ 2023 ވަނަ އަހަރު ގެނެސްދިން "މިޝަން: އިމްޕޮސިބަލް-ޑެޑް ރިކޮނިން ޕާޓް ވަން"ގެ ސީކުއެލް އެވެ.

ބޮޑު ތަރުހީބެއް ލިބުނު "މިޝަން: އިމްޕޮސިބަލް-ޑެޑް ރިކޮނިން ޕާޓް ވަން" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 568 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ 291 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

"މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" އަކީ އޭގެ ދެގުނަ ހަރަދުކޮށް، 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ ފިލްމެކެވެ. އެހެންވެ، މި ފިލްމަށް ކުރެވޭ އުއްމީދު ވަރަށް ބޮޑެވެ.

ޓޮމް ކްރޫޒްގެ 50 އަހަރުވީ ފިލްމީ ކެރިއަރުގައި އޭނާގެ ފިލްމުތަކަށް 12 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.

"ޓޮޕް ގަން" އާއި "ދަ ލާސްޓް ސަމުރާއީ" އަދި "މިޝަން: އިމްޕޮސިބަލް" ކަހަލަ މަޝްހޫރު ފްރެންޗައިޒްތަކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޓޮމް ކްރޫޒްގެ ފިލްމުތަކަކީ ސިނަމާތަކަށް އެންމެ ގިނައިން މީހުން ވަންނަ ފިލްމުތަކެވެ.