27 ނޮވެމްބަރ 2023
ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ރިޑްލީ ސްކޮޓް ޑައިރެކްޓުކުރި އަދި ވަކީން ފީނިކްސް ލީޑު ރޯލު ކުޅުނު ފިލްމު "ނެޕޯލިއަން" އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ރިޑްލީ ސްކޮޓް ޑައިރެކްޓުކުރި އަދި ވަކީން ފީނިކްސް ލީޑު ރޯލު ކުޅުނު ފިލްމު "ނެޕޯލިއަން" އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ބުދަ ދުވަހު ޕްރިމިއާކުރި މި ފިލްމަށް އެންމެ ފަސް ދުވަސް ތެރޭގައި ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 79 މިލިއަން ޑޮލަރު ލިބިފަ އެވެ. އޭގެ ތެރެއިން 46.3 މިލިއަން ޑޮލަރަކީ އެމެރިކާ ނޫން އެހެން ގައުމުތަކުގައި ދައްކައިގެން ލިބުނު އާމްދަނީ އެވެ.
އެޕަލް އޮރިޖިނަލް ފިލްމްސް އިން ޕްރޮޑިއުސްކުރި މި ފިލްމަށް ލިބުނު ރޭޓިންއާ ބަލައިފައި މިއީ ކުރިން އަންދާޒާކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެކެވެ.
ރޮޓެން ޓޮމާޓޯސްގައި 69 ޕަސެންޓްގެ ދަށް ރޭޓިންއެއް ލިބިފައިވާ މި ފިލްމަށް އައިއެމްބީޑީގައި ލިބުނީ 6.7/10ގެ ދަށް ރޭޓިންއެކެވެ.
ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ނެޕޯލިއަން" ވަނީ ބޮކްސް އޮފީހުގައި މިހާރު އެންމެ ހިނގާ ފިލްމުތަކާ ވާދަކުރަން ފަށައިފަ އެވެ. މި މަހު ނުކުތް އެންމެ ވާދަވެރި އެއް ފިލްމު ކަމަށްވާ މާވެލްގެ "ދަ މާވެލްސް" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 188 މިލިއަން ޑޮލަރު ލިބިފަ އެވެ. "ދަ ހަންގާ ގޭމްސް: ދަ ބެލެޑް އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް" އަށް 154 މިލިއަން ޑޮލަރު ލިބިފައިވާއިރު، ޑިޒްނީގެ "ވިޝް" އަށް އަދި ލިބުނީ 49 މިލިއަން ޑޮލަރެވެ.
"ނެޕޯލިއަން" އަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
މި ފިލްމަކީ ފްރާންސްގެ އެމްޕަރާ، ނެޕޯލިއަން ބޮނަޕާޓްގެ ރަސްކަމަށް އެރުމަށް ކުރި ހަނގުރާމައާ ގުޅިގެން ހިނގާ ކަންތައްތަކެއް ދައްކާ ފިލްމެކެވެ. ސިޔާސީ ގޮތުން ނުތަނަވަސްކަން އުފެދިފައި އޮތް ފްރާންސްގައި ބާޣީންނަށް ހަމަލާދީ، އެމީހުން ބަލިކޮށް ތަހުތަށް އަރަން އޭނާ މަސައްކަތް ކުރެ އެވެ.
ވަކީން ފީނިކްސްއާ އެކު މި ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ ވެނެސާ ކާބީ، ޖޯޑީ ކޮމަ، ޔޫސެފް ކާކޫ، އެޑުއާޑް ފިލިޕޮނަންޓް، މެތިއު ނީދަމް، ތަހާރު ރަހީމް އަދި ކޯމެކް ހައިޑް-ކޮރިން އެވެ.
ޖޭމްސް ބޮންޑްގެ ރޯލު އާރޮން އަށް ހުށަހަޅައިފި
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
ރަޔަން ވެސް ޖޭމްސް ބޮންޑްގެ ރޯލު ބޭނުން
"ލީތަލް ވެޕަން 5" ގިބްސަން ޑައިރެކްޓްކުރާނެ
"ފާސްޓް 10" ގައި ބައިވެރިވާން ރޮކަށް ދައުވަތު ދީފި
ކްރިސްޓަންގެ ހުވަފެނަކީ ބޮންޑްގެ ވިލަންއެއްގެ ރޯލު
ބޮންޑްގެ ރޯލު ދެން ކުޅޭނެ އެކްޓަރެއްގެ ވާހަކައެއް ނެތް
ޓްރެއިލާ އިން "ރެޑް ނޯޓިސް" ގެ ބާރު ދައްކާލައިފި
"އެފް9" އާ އެކު ސިނަމާ ވިޔަފާރި އަށް އުންމީދެއް
ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ގެ ޓީމް ޔޫއޭއީގައި