Roadha Mihaaru
މިޝަން އިމްޕޮސިބަލް 7: ޓޮމް ކްރޫސް އެހެން ލެވެލް

މިޝަން އިމްޕޮސިބަލް 7: ޓޮމް ކްރޫސް އެހެން ލެވެލް އަކަށް

19 މާޗް 2023

މަގްބޫލު ފިލްމު ފްރަންޗައިސް "މިޝަން އިމްޕޮސިބަލް" ގެ ހަތް ވަނަ ބައިގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަގްބޫލު ފިލްމު ފްރަންޗައިސް "މިޝަން އިމްޕޮސިބަލް" ގެ ހަތް ވަނަ ބައިގެ ޕޯސްޓަރު ދައްކާލައިފި އެވެ.

"ޕެރަމައުންޓް ޕިކްޗާސް" އާއި "ސްކައިޑާންސް" އިން ރިލީޒްކުރި އެ ޕޯސްޓަރުގައި، އީތަން ހަންޓު (ޓޮމް ކްރޫސް) ގެ "ޓްރޭޑް މާކް" ސްޓަންޓެއް ވަނީ ފީޗާކޮށްފަ އެވެ. އޭގައި، ސައިކަލެއްގެ ފަހަތުން އޭނާ މަތިން ވެއްޓޭ މަންޒަރު ފެނެ އެވެ.

"މިޝަން އިމްޕޮސިބްލް" އަކީ ކްރޫސްގެ ވަރަށް ކުޅަދާނެ އެކްޓިންއެއް ފެނުނު ފިލްމު ސީކުއެލް އެކެވެ.

"މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިންގް ޕާޓް ވަން" އަކީ، އޭނާގެ އެކްޓިން އެހެން ލެވެލްއަކަށް ގެންދާނެ ފިލްމެއްކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

އަމިއްލަ ގިނަ ސްޓަންޓުތަކެއް ފިލްމުގައި ބޭނުންކުރާ ކްރޫސްގެ އެންމެ ބޮޑެތި ސްޓަންޓުތައް ފެންނާނީ މި ފިލްމުން ކަމަށް ބޭރުގެ ނޫސްތަކުން ބުނެފައިވެ އެވެ.

ބެލުންތެރިންގެ މުނިފޫހިފިލުވުމަށްޓަކައި ކްރޫސް ވާ ގުރުބާނީތައް ބުނެދީ، ޕެރަމައުންޓުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ފިލްމުގައި ކްރޫސް ފަރުބަދައެއް މަތިން ސައިކަލުގައި ފުންމާލާ ސްޓަންޓު ޕްރޮޑަކްޝަން ކްރޫއިން ސިފަކޮށްފައި ވަނީ "ސިނަމާގެ ތާރީހުގައި އެންމެ ބޮޑު ސްޓަންޓް" ގެ ގޮތުގަ އެވެ.

ކްރޫސް ބުނީ އެއީ މިހާތަނަށް އެމީހުން ކުރި އެންމެ ނުރައްކާތެރި ކަންތައް ކަމަށެވެ. އޭނާ ބުނިގޮތުގައި، ސައިކަލުގައި ގޮސް ފަރުބަދަމަަތިން ފުންމާލުމަށް ފަހު. ހަ ސިކުންތު ތެރޭ ވައިކުޑަ ނުހުޅުވުނު ނަމަ އޭނާ މަރުވީހެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި "މިޝަން އިމްޕޮސިބަލް: ޑެޑެ ރެކަނިން" ގެ ދެވަނަ ޕާޓު ރިލީޒްކުރަން ހަމަޖެހިފައި ވަނީ ޖޫން 28، 2024 ގަ އެވެ.