Roadha Mihaaru
"މިޝަން އިމްޕޮސިބަލް 7" ގެ ޝޫޓިން އަލުން ފަށައިފި

"މިޝަން އިމްޕޮސިބަލް 7" ގެ ޝޫޓިން އަލުން ފަށައިފި

08 ސެޕްޓެމްބަރ 2020

ކޮވިޑް-19އާ ހެދި މިދިޔަ ފެބްރުއަރީ މަހު ޝޫޓިން މެދުކަނޑާލި ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަތް ވަނަ ފިލްމުގެ ޝޫޓިން އަލުން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19އާ ހެދި މިދިޔަ ފެބްރުއަރީ މަހު ޝޫޓިން މެދުކަނޑާލި ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަތް ވަނަ ފިލްމުގެ ޝޫޓިން އަލުން ފަށައިފި އެވެ.

ކްރިސްޓޯފާ މެކްއަރީ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން ޕޮލެންޑްގައި ފެށީ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް އިއުލާން ވެސްކޮށްފައި ވަނިކޮށެވެ. ފިލްމުގެ ޝޫޓިން އިނގިރޭސިވިލާތުގައި ކުރިއަށް ގެންދަން ޖުލައި މަހުގެ ތެރޭގައި އެ ގައުމުން ވެސް ހުއްދަ ދީފައިވެ އެވެ.

"މިޝަން އިމްޕޮސިބަލް 7" ގެ ޝޫޓިން އަލުން ފެށިކަން ކަށަވަރުކޮށްދެމުން ޑައިރެކްޓަރު ވަނީ އިންސްޓަގްރާމްގައި ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.

ފިލްމުގެ ޝޫޓިންތަކަށް އެރި ބުރުލާ އެކު، މަސައްކަތްތައް ކުރިން ޕްލޭންކުރި ގޮތަށް ކުރިއަށް ނުގެންދެވުމުން ފިލްމު ރިލީޒްކުރުން ވަނީ ފަސްކޮށްފަ އެވެ. ކުރިން އަންނަ އަހަރުގެ ޖުލައި 23 ގައި ސިނަމާތަކަށް ގެންނަން އޮތް ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު 19 އަށެވެ.

View this post on Instagram

Action... #MI7 Day 1

A post shared by Christopher McQuarrie (@christophermcquarrie) on

"މިޝަން އިމްޕޮސިބަލް 7" ގެ މަސައްކަތް ކުރިއަށްދާ އިރު، މީގެ އަށް ވަނަ ފިލްމަކީ ވެސް ކްރިސްޓޯފާ ޑައިރެކްޓްކުރާނެ ފިލްމެކެވެ. އެ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އޮގަސްޓް 5، 2025 ގަ އެވެ.

މި ސީރީޒުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ފޯލްއައުޓް" އެވެ.

ކޮވިޑްގެ ހިޔަނި އެޅުނު ކްރޫޒްގެ ފިލްމުތަކުގެ ތެރޭގައި ކުރިން މިދިޔަ ޖޫން މަހުގެ 24 ގައި ރިލީޒްކުރަން އޮތް "ޓޮޕް ގަން: މެވެރިކް" ހިމެނެ އެވެ. އެ ފިލްމު މި އަހަރުގެ ޑިސެމްބަރަށް ފަސްކުރުމަށް ފަހު، މިހާރު ވަނީ އަންނަ އަހަރުގެ ޖުލައި 2 ގައި ގެނެސްދޭ ގޮތަށް ނިންމައިފަ އެވެ.