29 ޖޫން 2022
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ އާ އެކްޝަން ފިލްމު "ޓޮޕް ގަން: މެވްރިކް" ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ހޯދައި، އޭނާގެ މުޅި ކެރިއަރުގައި ވެސް އެވަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފިލްމަށް ވެއްޖެ އެވެ.
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ އާ އެކްޝަން ފިލްމު "ޓޮޕް ގަން: މެވްރިކް" ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ހޯދައި، އޭނާގެ މުޅި ކެރިއަރުގައި ވެސް އެވަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފިލްމަށް ވެއްޖެ އެވެ.
"ޓޮޕް ގަން: މެވްރިކް" އަށް އެމެރިކާގެ ޑޮމެސްޓިކް ބޮކްސް އޮފީހުގައި 520.8 މިލިއަން ޑޮލަރު ލިބިފައިވާއިރު، އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި 486.1 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
އުމުރުން މިހާރު 59 އަހަރުގެ ކްރޫޒްގެ 40 އަހަރުވީ ފިލްމީ ކެރިއަރުގައި އެ ފިލްމަކީ މިހާތަނަށް އެއް ބިލިއަން ޑޮލަރު ލިބުނު އޭނާގެ ހަމައެކަނި ފިލްމެވެ. މީގެ ކުރިން އޭނާގެ ފިލްމަކަށް އެއާ ގާތްކުރާ ވަރަށް އާމްދަނީ ހޯދިފައި ވަނީ 2018 ގައި ނިކުތް "މިޝަން: އިމްޕޮސިބަލް - ފޯލްއައުޓް" އެވެ.
ކްރޫޒް އަކީ ހޮލީވުޑްގެ އެންމެފަހުގެ ހަގީގީ ސްޓާރުގެ ގޮތުގައި ސިފަކުރެ އެވެ. އެއީ ކުޅޭ ފިލްމުތަކަށް ވުރެ ބޮޑަށް އޭނާ ކުރާ މަސައްކަތަށް މާ ޑެޑިކޭޓެޑްވުމުން މީހުން ކިޔާ އުޅޭ އެއްޗެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "މެވްރިކް" ކުޅުމަށް، އެ ފިލްމު ޕްރޮޑިއުސްކުރި ޕެރެމައުންޓް ޕިކްޗްސާ އިން ވަނީ ކްރޫޒަށް 12.5 މިލިއަން ޑޮލަރު ދީފަ އެވެ. އަދި ފިލްމު ވިއްކައިގެން ލިބޭ ފައިދާއިން 10 ޕަސެންޓްގެ ހިއްސާ އޭނާ އަށް ދޭން ނިންމާފައިވެ އެވެ.
"މެވްރިކް" އަކީ 1986 ގައި ނިކުތް "ޓޮޕް ގަން"ގެ ސީކުއެލްއެކެވެ. ހަމަ ކްރޫޒް ލީޑު ރޯލު ކުޅުނު އެ ފިލްމަށް ފަހު 1986 ވަނަ އަހަރުގައި އޭނާ އަކީ ހޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރަށްވި ކަމަށް ފޯބްސް މެގަޒިން އިން އޭރު ރިޕޯޓްކޮށްފައިވެ އެވެ.
ކްރޫޒްގެ "ޓޮޕް ގަން" ބޮކްސް އޮފީހުގައި އުދުހެނީ
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
"އެފް9" އާ އެކު ސިނަމާ ވިޔަފާރި އަށް އުންމީދެއް
ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ގެ ޓީމް ޔޫއޭއީގައި
"ޖެކް ރީޗާ" އަކީ ކުޅެން ބޭނުންވި ފިލްމެއް: ރޮކް
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ބިލިއަން ޑޮލަރުގެ ފިލްމަކަށް އިންސައިޑް އައުޓް 2
ކޮންމެ އުފަންދުވަހަށް ކްރޫޒްގެ ފަރާތުން ހަދިޔާއެއް
ޖޭމްސް ބޮންޑްގެ ރޯލު އާރޮން އަށް ހުށަހަޅައިފި
ވޯނާ ބްރަދާސްއާ އެކު ޓޮމް ކްރޫޒް އާ ޑީލެއް ހަދައިފި