Roadha Mihaaru
ކްރޫޒްގެ "ޓޮޕް ގަން" ބޮކްސް އޮފީހުގައި އުދުހެނީ

ކްރޫޒްގެ "ޓޮޕް ގަން" ބޮކްސް އޮފީހުގައި އުދުހެނީ

29 މެއި 2022

އެމެރިކާގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ލީޑް ރޯލުން ފެންނަ "ޓޮޕް ގަން: މެވަރިކް" ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތައް ހޯދަން ފަށައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ލީޑް ރޯލުން ފެންނަ "ޓޮޕް ގަން: މެވަރިކް" ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތައް ހޯދަން ފަށައިފި އެވެ.

ޕައިލެޓެއްގެ ވާހަކަ ކިޔައިދޭ ޓޮޕް ގަން އަކީ ޓޮމް ކްރޫޒް އެންމެ ފުރަތަމަ މަޝްހޫރުކަން ހޯދަން ފެށި ފިލްމެވެ. އެ ފިލްމާ އެކު ކްރޫޒް ވަނީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދައިފަ އެވެ. ޓޮޕް ގަން ފުރަތަމަ ރިލީޒްކޮށްފައިވަނީ 1986 ވަނަ އަހަރު އެވެ.

އެއަށްފަހު މިހާރު ސިނަމާތަކުގައި އަޅުވަމުން އަންނަނީ އެ ފިލްމުގެ ޕްރީކުއަލް އެވެ. އެ ފިލްމު ހަފުތާ ބަންދުގައި އެޅުވުމާ އެކު ކާމިޔާބީތައް ވަނީ ލިބެން ފަށައިފަ އެވެ.

މި ހަފުތާ ބަންދުގައި އެކަނި ވެސް ފިލްމު ވަނީ 150 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. މިއީ ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު އޯޕެނިން އެވެ. މީގެކުރިން އެ ރެކޯޑު އޮތީ އޭނާ ލީޑު ރޯލުން ފެނުނު ޑިސްޓޯޕިއަން ފިލްމު "ވޯ އޮފް ވޯލްޑްސް" އިންނެވެ. އެ ފިލްމުގެ އޯޕެނިން އަށް ލިބުނީ 65 މިލިއަން ޑޮލަރެވެ.

ޓޮޕް ގަން: މެވަރިކް އަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ލަފާކުރާއިރު ފިލްމުގެ ރިވިއުތައް ވެސް ވަރުގަދަ އެވެ. ރޮޓެން ޓޮމާޓޯސްގައި އެކަނި ވެސް އެ ފިލްމަށް ވަނީ 97 ޕަސެންޓްގެ ރޭޓިންއެއް ލިބިފަ އެވެ.

ކްރޫޒްގެ އިތުރުން ފިލްމުން ފެންނާނީ ޖެނިފާ ކޮނޮލީ އާއި މައިލްސް ޓެލާ އަދި ގްލެން ޕަވެލް އެވެ.