Roadha Mihaaru
ޓޮމް ކްރޫޒްގެ ހަޅޭކުގެ އަޑު ރިންގްޓޯނަކަށް

އޮޅިގެން ޓޮމް ކްރޫޒްގެ ހަޅޭކުގެ އަޑު އާއްމުވެ، ރިންގްޓޯނަކަށް

26 ޑިސެމްބަރ 2016

ހޮލީވުޑް ފިލްމަކަށް ޑަބްކުރާ އަޑު އޭގެ އޮރިޖިނަލް ގޮތުގައި އާއްމުވުމަކީ އާއްމުކޮށް ހިނގާ ކަމެއް ނޫނެވެ. ޚާއްސަކޮށް ފިލްމު ޑިސްޓްރިބިއުޓްކުރާ މީހުންގެ އަތުން އެފަދަ ގޯހެއް ވަރަށް ނެހެދެ އެވެ. އެހެންވެ، "ދަ މަމީ"ގެ ރީމޭކްގައި ޓޮމް ކްރޫޒް ހަޅޭއްލަވާ އަޑު އެ ގޮތަށް އާއްމުވުމާ އެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ހޮލީވުޑް ފިލްމަކަށް ޑަބްކުރާ އަޑު އޭގެ އޮރިޖިނަލް ގޮތުގައި އާއްމުވުމަކީ އާއްމުކޮށް ހިނގާ ކަމެއް ނޫނެވެ. ޚާއްސަކޮށް ފިލްމު ޑިސްޓްރިބިއުޓްކުރާ މީހުންގެ އަތުން އެފަދަ ގޯހެއް ވަރަށް ނެހެދެ އެވެ. އެހެންވެ، "ދަ މަމީ"ގެ ރީމޭކްގައި ޓޮމް ކްރޫޒް ހަޅޭއްލަވާ އަޑު އެ ގޮތަށް އާއްމުވުމާ އެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

އައިމެކްސް ސިނަމާތަކުގައި ރިލީޒްކުރަން ޔުނިވާސަލް ޕިކްޗާސް އިން ތައްޔާރުކުރި "ދަ މަމީ"ގެ ޓްރެއިލާ ޔޫޓިއުބަށް އަޕްލޯޑްކުރެވުނީ ސައުންޑް އިފެކްޓްސް ނުލަ އެވެ. އެހެންވެ، އެއިން އިވެނީ ކްރޫޒް އާއި ފިލްމުގެ އަނެއް ތަރި އެނަބެލް ވޮލިސް ނޭވާލާ އަޑާއި ހަޅޭއްލަވާ އަޑު އެކަންޏެވެ. އަސްލު އެ އަޑުތައް ހުންނަން ޖެހޭނީ މަތިންދާބޯޓު ދުއްވާ އަޑާއި ގޮވުންތަކާއި ބަޑީގެ އަޑުފައްގަނޑާ އެކުވެފަ އެވެ.

ހެދުނު ގޯސް އައިމެކްސް އަށާއި ޔުނިވާސަލް އަށް އެނގުނު ފަހުން އެ ވީޑިއޯ ޔޫޓިއުބުން ވަނީ ނަގައިފަ އެވެ. އެކަމަކު އޭގެ ކުރިން ބައެއް މީހުން ވަނީ އޭގެ ކޮޕީއެއް ޑައުންލޯޑްކޮށްފަ އެވެ. އަދި އެ އަޑުތައް ވައިރަލްވެ، ރިންގްޓޯނަކަށް ވެސް ވަނީ ހަދައިފަ އެވެ.

މިހާރު ރެޑިޓްގައި އެ ކްލިޕަށް ޚާއްސަ ޕޭޖެއް ހުރި އިރު ފަސް ސިކުންތުގެ ރިންގްޓޯނެއްގެ ގޮތުގައި ޑްރޮޕްބޮކްސް އިން އެ އޯޑިއޯ ޑައުންލޯޑްކުރެވެ އެވެ. ރިންގްޓޯންގެ ނަމަކީ "ޓޮމް ޔެލް" އެވެ.

"ދަ މަމީ" ސިނަމާތަކަށް ނުކުންނާނީ ޖޫން 9، 2017 ގަ އެވެ.