08 ފެބުރުއަރީ 2022
މޮރޮކޯގެ އުތުރުގެ ސަރަހައްދެއްގެ 100 ފޫޓު ފުން ވަޅެއްގެ ތެރެއަށް ވެއްޓި މަރުވި ފަސް އަހަރުގެ ރަޔަންގެ ޖަނާޒާގައި އެ ގައުމުގެ އެތައް ސަތޭކަ ބަޔަކު އިއްޔެ ބައިވެރިވެއްޖެ އެވެ.
މޮރޮކޯގެ އުތުރުގެ ސަރަހައްދެއްގެ 100 ފޫޓު ފުން ވަޅެއްގެ ތެރެއަށް ވެއްޓި މަރުވި ފަސް އަހަރުގެ ރަޔަންގެ ޖަނާޒާގައި އެ ގައުމުގެ އެތައް ސަތޭކަ ބަޔަކު އިއްޔެ ބައިވެރިވެއްޖެ އެވެ.
ރަޔަން މަރުވީ އޭނާގެ އެ ވަޅަށް ވެއްޓިގެން ސަލާމަތްކުރަން އުޅުނުތާ ފަސް ދުވަސް ވީ ފަހުންނެވެ. ވަޅުން ނެގި އިރު އޭނާ އޮތީ މަރުވެފަ އެވެ.
ރަޔަން ސަލަމާތްކުރަން ކުރި މަސައްކަތަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
އިއްޔެ އޭނާގެ އުފަން ޓައުން ތަމްރުތުގައި ބޭއްވި ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި ކަމަށް މީޑިއާތަކުން ބުނެ އެވެ. އަދި އެ ޖަނާޒާ އަށް ދިޔަ މީހުންގެ އަދަދު ވަރަށް ގިނަވެ، ސަހަރާ ވެސް ފުރި އެންމެނަށް ނުވަދެވުނު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ރަޔަންގެ ޖަނާޒާ އަށް ދިޔަ މީހުން ސަހަރާގެ ބޭރުގައި.-- ފޮޓޯ: ރޮއިޓާސް
ރަޔަން ވެއްޓުނު ވަޅު ހަނިވުމުން ރެސްކިއު ޓީމުތަކުން ވަނީ އޭނާ ސަލާމަތް ކުރުމަށް ވަޅާ ކައިރިން ބުލްޑޯޒަރުތަކުން އެހެން ވަޅެއް ކޮނެފަ އެވެ. ކުއްޖާ ވަޅުގައި ހުރި ހިސާބާ އެއްވަރަށް ވަޅުކޮނުމަށް ފަހު ދެން މަސައްކަތް ކުރީ ހޮރިޒޯންޓަލްކޮށް ޓަނަލެއް ކޮނެ އެ ކުއްޖާ ސަލާމަތް ކުރުމަށެވެ. ރެސްކިއު ޓީމުން ކުއްޖާ ސަލާމަތް ކުރުމަށް ޓަނަލަށް ވަނީ މެޑިކަލް ޓީމަކާ އެކު އެވެ.
ކުއްޖާ ވަޅުން ނެގުމަށް ފަހު އެ ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އޭރު ހާމައެއް ނުކުރެ އެވެ. ކުއްޖާ ވަޅުން ނެގުމާ އެކު އެތައް ބައެއްގެ އުފާވެރި ޝުއޫރުތައް ފާޅުކުރަން ފެށި އެވެ. ސޯޝަލް މީޑިއާ އިން ވެސް އެތައް ބަޔަކު އުފާ ފާޅުކުރި އެވެ. ހޭޝްޓެކް #ސޭވްރަޔާން ދިޔައީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ޓްރެންޑްވަމުންނެވެ.
ނަމަވެސް އޭގެ މަދު މިނިޓް ކޮޅެއްގެ ތެރޭގައި އެންމެންގެ ހިތްތަކަށް ވެސް އަސަރު ކުރީ ރަޔާން މަރުވެފައިވާ ކަމަށް އެ ގައުމުގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނުމުންނެވެ.
ޖަނާޒާގެ ކަންކަމަށް ދިން އެއްބާރުލުމަށް އިބޫގެ ޝުކުރު
މޮރޮކޯގެ ބިންހެލުމުގައި މަރުވި އަދަދު 2800 އަށް
ރެފިއުޖީންގެ 2 ބޯޓެއް ފަރަށްއަރައި 23 މީހުން މަރު
ޕޯސްޓްމޯޓަމަށް ފަހު ރަޝީދުގެ ޖަނާޒާ މިއަދު ބާއްވަނީ
ބަގީއާ އެކު މޫދަށް ވެއްޓުނު މޮރޮކޯ މީހާ މަރުވެއްޖެ
ރާނީ ފަސްދާނުލުން މި މަހު 19 ގައި
ޑާޑިގެ ޖަނާޒާ މެލޭޝިއާގައި މާދަމާ ބާއްވަނީ
ލަންކާ މުސްލިމުންގެ ކަންބޮޑުވުން ދިވެހި ސަރުކާރަށް
ޖޯޖް ފްލޮއިޑް ވަޅުލައިފި
މަނިކުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު