Roadha Mihaaru
މަނިކުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު

އެއްލައިދޫ މަނިކުގެ މޫނު ދެއްކުން މަރުކަޒުގައި، ކަށު ނަމާދު މެންދުރު ނަމާދަށް ފަހު

10 ސެޕްޓެމްބަރ 2018

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި މިއަދު 10:00 ފެށިގެން ކުރިއަށްދާއިރު ކަށު ނަމާދު ކުރުން މެންދުރު ނަމާދަށް ފަހު އޮންނާނެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި މިއަދު 10:00 ފެށިގެން ކުރިއަށްދާއިރު ކަށު ނަމާދު ކުރުން މެންދުރު ނަމާދަށް ފަހު އޮންނާނެ އެވެ.

އިންޑިއާގެ ޗެންނާއީގައި އަވަހާރަވި މަނިކު 57، ގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެސް ކޮއްކޯފުޅު މުސްލިމާ އަބްދުލްގައްޔޫމްގެ ފިރިކަލުން މަނިކު އަވަހާރަވީ، ފުރަމޭގެ އާލާސްކަންފުޅެއްގައި އިންޑިއާގެ ޗެންނާއީގައިގެ އެޕޯލޯ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އޭނާ ކުރިން އުޅުއްވީ ސްރީ ލަންކާގައި ކަމަށް ވިޔަސް ހާލުކޮޅު އިތުރަށް ގޯސްވުމުން، އިތުރު ފަރުވާ އަށް އިންޑިއާ އަށް ވަޑައިގެންނެވީ އެވެ.

ވަރަށް އާދައިގެ ގޮތަކަށް، 1980 ގެ ފަހުކޮޅުގައި އަމިއްލަ ވިޔަފާރި ފެއްޓެވި މަނިކު ވަނީ އއ. އެއްލައިދޫގައި ރިސޯޓެއް ތަރައްގީކޮށް އެތައް އަހަރެއްވަންދެން ހިންގަވައިފަ އެވެ. އަދި މާލޭގެ މަޝްހޫރު ނަސަންދުރަ ޕެލަސް ހޮޓަލް ހިންގެވުމުގެ އިތުރުން މަޝްހޫރު ޓްރެވަލް އެޖެންސީ "ގެލެކްސީ އެންޓަ ޕްރައިސަސް" އަކީ ވެސް މަނިކު ހިންގެވި ކުންފުންޏެކެވެ.

އޭނާ އަވަހާރަވިއިރު އއ. މާގާ އާއި އިތުރު ދެ ރިސޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.