Roadha Mihaaru
ބަގީއާ އެކު މޫދަށް ވެއްޓުނު މޮރޮކޯ މީހާ މަރުވެއްޖެ

ބަގީއާ އެކު މޫދަށް ވެއްޓުނު މޮރޮކޯ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ

03 ނޮވެމްބަރ 2022

ބ. އަަތޮޅު ރިސޯޓެއްގައި ވަޒީފާގައި އުޅުނު މޮރޮކޯ އަންހެނަކު ބަގީއަކާ އެކު މޫދަށް ވެއްޓިގެން ލިބުނު ކަމަށް ބުނާ ޒަހަމްތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބ. އަަތޮޅު ރިސޯޓެއްގައި ވަޒީފާގައި އުޅުނު މޮރޮކޯ އަންހެނަކު ބަގީއަކާ އެކު މޫދަށް ވެއްޓިގެން ލިބުނު ކަމަށް ބުނާ ޒަހަމްތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ހިނގި އެ ހާދިސާގައި ޒަހަމްވި އުމުރުން 26 އަހަރުގެ މީހާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހު އެވެެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ އެ މީހާ ހޮސްޕިޓަލަށް ގެނައި އިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށާއ މަރުވީ ރޭ 10:00 ހާއިރު ކަަމަށެވެ.

މަރުވި މީހާގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށްވެ އެވެ.

މި އަހަރުގެ މާޗް މަހު، ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރިސޯޓެއްގެ ފާލަން މަތިން ވެއްޓި އަންހެން ޓޫރިސްޓަކަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ ކަމުގައި ރިސޯޓްގެ އިހުމާލު އޮތް ކަމަށް ބުނެ ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.