10 ޖޫން 2020
ހިއުސްޓަން (ޖޫން 10) - އެމެރިކާގެ މިނިއާޕޮލިސްގެ ދޮން ނަސްލަށް ނިސްބަތްވާ ފުލުހެއްގެ އަނިޔާވެރި އަމަލެއްގެ ސަބަބުން މަރުވި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ރޭ ވަޅުލައިފި އެވެ.
ހިއުސްޓަން (ޖޫން 10) - އެމެރިކާގެ މިނިއާޕޮލިސްގެ ދޮން ނަސްލަށް ނިސްބަތްވާ ފުލުހެއްގެ އަނިޔާވެރި އަމަލެއްގެ ސަބަބުން މަރުވި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ރޭ ވަޅުލައިފި އެވެ.
ފްލޮއިޑް، 46، މަރުވިތާ ދެ ހަފުތާ ފަހުން އޭނާ ވަޅުލާފައި ވަނީ ފްލޮއިޑް އުފަންވި ޓެކްސަސްގެ ހިއުސްޓަނުގަ އެވެ. ފްލޮއިޑް ވަޅުލާފައި ވަނީ ހިއުސްޓަން މެމޯރިއަލް ގާޑަން ސަހަރާގައި އޭނާގެ މަންމަ ވަޅުލާފައި އޮތް ތަނާ ޖެހިގެންނެވެ. ފްލޮއިޑުގެ ސަންދޯއް ފައުންޓެއިން އޮފް ޕްރެއިޒް ފައްޅިން ނެރެގެން މެމޯރިއަލް ގާޑަން އަށް މޮޓޯގޭޑުގައި ގެންދިޔަ އިރު އާއްމުންގެ އެތައް ބަޔަކު މަގުތަކަށް ނުކުމެ ވަނީ އޭނާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފަ އެވެ.
އެތައް ހާސް ބަޔަކު ވަނީ ފްލޮއިޑަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފައި. --ފޮޓޯ:އީޕީއޭ
ފްލޮއިޑުގެ މަރާ އެކު ނަސްލީ ތަފާތު ކުރުން ނައްތާލުމަށް އެމެރިކާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ވަނީ ވަރުގަދަ މުޒާހަރާތަކެއް ފަށައިފަ އެވެ. މެއި 25 ވަނަ ދުވަހު ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ފުލުސް މީހާ ކަކުލުން އަރައިގެން ގާތްގަނޑަކަށް ނުވަ މިނިޓް އިނުމުން ހާސްވެގެން ފްލޮއިޑް މަރުވުމާ އެކު މުޅި އެމެރިކާގައި ފެށި ނަސްލީ ތަފާތު ކުރުމާ ދެކޮޅު މުޒާހަރާތައް މިހާރު ވަނީ ތިން ވަނަ ހަފުތާއަކަށް އަޅައިފަ އެވެ. ވޮޝިންޓަނާއި ނިއު ޔޯކް، ޝިކާގޯ، ލޮސް އެންޖަލްސް އަދި ސެން ފްރެންސިސްކޯ ފަދަ ސިޓީތަކުގައި ބޮޑެތި މުޒާހަރާތައް ވަނީ ބާއްވައިފަ އެވެ.
ފްލޮއިޑު މަރާލި ފުލުސް މީހާ ޑެރެކް ޗައުވިން މިހާރު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އޭނާގެ ކަފާލާތެއްގެ ގޮތުގައި ކޯޓުން ކަނޑައަޅާފައި ވަނީ 1.25 މިލިއަން ޑޮލަރެވެ.
ޗައުވިންގެ މައްޗަށް ކުރަނީ މީހަކު މެރުމުގެ ދެ ވަނަ ދަރަޖައިގެ ކުށުގެ ދައުވާ އެވެ. ފްލޮއިޑް މަރާލި އިރު އެ ތަނުގައި ތިބި ތިން ފުލުހުންނަށް ކުރަނީ މީހަކު މަރަން އެހީވުމުގެ ދައުވާ އެވެ. އެ ތިން މީހުންގެ ކަފާލާތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެއް މިލިއަން ޑޮލަރެވެ.
ޖަނާޒާގެ ކަންކަމަށް ދިން އެއްބާރުލުމަށް އިބޫގެ ޝުކުރު
ޕޯސްޓްމޯޓަމަށް ފަހު ރަޝީދުގެ ޖަނާޒާ މިއަދު ބާއްވަނީ
ރާނީ ފަސްދާނުލުން މި މަހު 19 ގައި
ރަޔަންގެ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެއްޖެ
ޑާޑިގެ ޖަނާޒާ މެލޭޝިއާގައި މާދަމާ ބާއްވަނީ
ލަންކާ މުސްލިމުންގެ ކަންބޮޑުވުން ދިވެހި ސަރުކާރަށް
ފްލޮއިޑް މަރާލި ފުލުހުގެ ކަފާލާތަށް 1.25 މިލިއަން
މަނިކުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު
ދެ ހަރަމްފުޅުގައިވެސް ޑރ. މަޖީދަށް ކަށުނަމާދު ކުރާނެ
ކަށުކަމާކެމީގެ ބުރަ ލުއިކޮށްދިން އެއްބައިވަންތަކަން