09 ޖޫން 2020
މިނިއާޕޮލިސް (ޖޫން 9) - އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާވެރި އަމަލެއް ހިންގައިގެން މަރާލި ދޮން ނަސްލުގެ ކުރީގެ ފުލުސް އޮފިސަރު ޑެރެކް ޗައުވިންގެ ކަފާލާތެއްގެ ގޮތުގައި 1.25 މިލިއަން ޑޮލަރު ކޯޓުން ކަނޑައަޅައިފި އެވެ.
މިނިއާޕޮލިސް (ޖޫން 9) - އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާވެރި އަމަލެއް ހިންގައިގެން މަރާލި ދޮން ނަސްލުގެ ކުރީގެ ފުލުސް އޮފިސަރު ޑެރެކް ޗައުވިންގެ ކަފާލާތެއްގެ ގޮތުގައި 1.25 މިލިއަން ޑޮލަރު ކޯޓުން ކަނޑައަޅައިފި އެވެ.
ޓެލެކޮންފަރެންސް މެދުވެރިކޮށް ބޭއްވި 15 މިނިޓުގެ އަޑު އެހުމުގައި ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ޗައުވިންގެ ކަފާލާތު ބޮޑު ކުރަން އެދުނީ އެ މައްސަލައިގެ ބާވަތުން ރައްޔިތުންގެ ރުޅިވެރިކަން މިހާރު ހުރި މިންވަރަށް ބަލައިފައި ކަމަށެވެ. ފުރަތަމަ އަޑު އެހުމުގައި ޗައުވިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ޗައުވިންގެ ކަފާލާތަށް 1.25 މިލިއަން ޑޮލަރު ފަނޑިޔާރު ކަނޑައެޅީ އެއްވެސް ޝަރުތެއް ކުރިމަތި ނުކޮށެވެ. ޝަރުތުތަކާ އެކު ނަމަ ކަފާލާތުގެ އަދަދު ކުޑަކުރާނެ އެވެ. ކަފާލާތުގެ އަދަދަށް ޗައުވިންގެ ވަކީލް ދެކޮޅު ހަދައިފައެއް ނުވެ އެވެ.
ޗައުވިންގެ މައްޗަށް ކުރަނީ މީހަކު މެރުމުގެ ދެ ވަނަ ދަރަޖައިގެ ކުށުގެ ދައުވާ އެވެ. ފްލޮއިޑް މަރާލި އިރު އެ ތަނުގައި ތިބި ތިން ފުލުހުންނަށް ކުރަނީ މީހަކު މަރަން އެހީވުމުގެ ދައުވާ އެވެ. އެ ތިން މީހުންގެ ކަފާލާތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެއް މިލިއަން ޑޮލަރެވެ.
ފުލުހުންގެ ތެރޭގައި ވިއްސަކަށް އަހަރު އުޅެފައިވާ އުމުރުން 44 އަހަރުގެ ޗައުވިން ވަނީ މެއި 25 ވަނަ ދުވަހު ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ގާތްގަނޑަކަށް ނުވަ މިނިޓް ވަންދެން އޭނާގެ ކަރަށް ކަކުލުން އަރައިފަ އެވެ. ނޭވާ ނުލެވި މަރުވަނީ ކަމަށް ފްލޮއިޑް ގޮވަމުން ދިޔަ އިރު ވެސް ފުލުސް މީހާ ދުލެއް ދީފައެއް ނުވެ އެވެ.
ޗައުވިން މިހާރު ހުރީ މިނިއާޕޮލިސްގެ ސްޓޭޓް ޖަލުގަ އެވެ. އޭނާގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހު 29 ގަ އެވެ.
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް
ހަނގުރާމަ ހުއްޓުވޭތޯ ގަތަރުގެ ވަފުދެއް އިޒްރޭލަށް
ގާޒާގެ ކުރިމަގާމެދު އެމެރިކާއާ އިޒްރޭލު ހިޔާލު ތަފާތު
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރު އިޒްރޭލަށް