02 ފެބުރުއަރީ 2022
ފަނަރަ ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކުރި އަސްހަދު އަލީ (އަޑުބަރޭ) އަކީ ވެލެންސިއާގެ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އެކަމަކު އޭނާ ނެތްތަން ފޫބެއްދޭނެ ކަމަށް ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނެފި އެވެ.
ފަނަރަ ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކުރި އަސްހަދު އަލީ (އަޑުބަރޭ) އަކީ ވެލެންސިއާގެ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އެކަމަކު އޭނާ ނެތްތަން ފޫބެއްދޭނެ ކަމަށް ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނެފި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށް ފަހު، އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާތީ، އަޑުބަރޭ 15 ދުވަހަށް ޖަލަންލާން ހުކުމް ކުރުމުން ކުރިއަށް އޮތް ޕްރިމިއާ ލީގުގެ ކުރީކޮޅު ވެލެންސިއާ ކުޅޭ މެޗުތަކުގައި އޭނާ އަށް ނުކުޅެވޭނެ އެވެ. ކޯޓުން ހުކުމް ކުރުމުން ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން މިއަދު ވަކި ކުރި އަޑުބަރޭ މި ވަގުތު ހުރީ އާއިލާއާ އެކު ޗުއްޓީއެއްގައި ރާއްޖެއިން ބޭރުގަ އެވެ.
"އަޑޭ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ބައެއް މެޗުތަކުގައި ވެލެންސިއާގެ ގޭމް ކުޅޭ ގޮތުން އިދިކޮޅު ޓީމުގެ ހަމަލާތައް ދިފާއު ކުރުމުގައި އޭނާގެ ވަރަށް ބޮޑު ރޯލެއް އޮވޭ. އެކަމަކު އޭގެ މާނައެއް ނޫން އޭނާގެ މަގާމު ފޫނުބެއްދޭނެއެކޭ،" ހީނާ ބުންޏެވެ.
"ވެލެންސިއާގައި މި އޮންނަ ގޮތަކީ އެ ކުޅުންތެރިއަކު ޕްރެކްޓިހަށް އައީމާ ދެން ކޯޗިން ޓީމުން ވިސްނާނީ އެ ކުޅުންތެރިޔަކު ހިމަނައިގެން ގޭމް ޕްލޭން އެކުލަވާލާނެ ގޮތް. ކްލަބުން ހުއްދަ ނަގައިގެން އަޑޭ ހުރީ ޗުއްޓީއެއްގައި. އަނެއްކާ ވެސް އޭނާ ޕްރެކްޓިހަށް ނުކުންނަން ފެށީމަ ދެން ވިސްނާނީ އޭނާ ލައިގެން ކުޅޭނެ ގޮތެއް."
ހީނާ ބުނީ ލަންކާގެ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން އަދި ހަސަން ސުފިއާން އަކީ އަސްހަދުގެ މަގާމަށް ކުޅެވޭނެ ކުޅުންތެރިންތަކެއް ކަމަށެވެ. ވެލެންސިއާގެ ސްޕެއިންގެ ޑިފެންޑަރު ހޯޒޭ އެންޓޯނިއޯ ވެސް މަޑުމަޑުން ކުޅުމުގެ ތެރެއަށް އަންނަން ފެށުމުން ޑަކްސަން ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅުވައިގެން ހައްލުތަކެއް ހޯދޭނެ ކަމުގެ އުންމީދު އޭނާ އަށް އޮތް ކަމަށް ބުންޏެވެ.
ރ. އަލިފުށީގައި މިދިޔަ މަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ވެލެންސިއާ އަށް ކާމިޔަބު ކޮށްދިނުމުގައި އަޑުބަރޭގެ ހިއްސާ ޓީމުގެ މިޑްފީލްޑްގައި ބޮޑެވެ.
ކުރީގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް އޭނާގެ ނުރުހުމުގައި ނެގިކަމަށް ބުނެ 2016 ގައި އަޑުބަރޭ 15 ދުވަހަށް ހައްޔަރު ކުރި އެވެ. އެކަމާ ގުޅިގެން އޭރު އޭނާ ކުޅުނު މާޒިޔާގެ މުހިންމު މެޗުތަކެއް ގެއްލުނެވެ.
ފިޓްނަސް ހިފަހައްޓަން ޖަލުގައިވެސް އަޑޭ ކުޅުނީ ފުޓުބޯޅަ
ގައުމީ ޓީމު ނެގިގޮތާމެދު ކުޑަ ހީނާ ސުވާލު އުފައްދައިފި
ސެންޓޭގެ މަގާމު ފޫބެއްދޭނެ ކުޅުންތެރިޔަކު ނެތް: ހީނާ
ޔާން ވެލެންސިއާ އަށް ބަދަލުވާތީ ހިތްހަމަޖެހުން
"ޓްރެވަލް ކިޓެއް ނެތަސް ތަށި ހޯދުމުގެ ފެންވަރު ހުރި"
އެއްވަނައިގައި ފައިނަަލަށް ދިއުމުން އިތުބާރު ބޮޑުވެއްޖެ
ކްލަބް ފުޓްބޯޅަ ކުޅުމުގައި އަޑުބަރޭ އަށް ހުރަހެއް ނެތް
ވެލެންސިއާގެ މަސައްކަތަށް ކުޑަހީނާ ދިނީ އިތުބާރު
ކުޅިވަރުގައި ދޮނާގެ ނަން އޮތީ ރަނުން
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ