15 ޑިސެމްބަރ 2021
މިދިޔަ މަހު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ސީޝެލްސްގެ ކުޅުންތެރިޔަކަށް ގަސްތުގައި އަނިޔާ ދިން މައްސަލައިގައި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ހަ މެޗަށް ސަސްޕެންޑް ކުރި ނަމަވެސް އޭނާ އަށް ކްލަބު ފުޓްބޯޅަ ކުޅެވޭނެ ކަމަށް އެފްއޭއެމްގެ އިސްތިއުނާފް ކޮމިޓީން ނިންމައިފި އެވެ.
މިދިޔަ މަހު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ސީޝެލްސްގެ ކުޅުންތެރިޔަކަށް ގަސްތުގައި އަނިޔާ ދިން މައްސަލައިގައި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ހަ މެޗަށް ސަސްޕެންޑް ކުރި ނަމަވެސް އޭނާ އަށް ކްލަބު ފުޓްބޯޅަ ކުޅެވޭނެ ކަމަށް އެފްއޭއެމްގެ އިސްތިއުނާފް ކޮމިޓީން ނިންމައިފި އެވެ.
އެފްއޭއެމުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އަސްހަދު އެ އަމަލް ހިންގީ ގައުމީ ޓީމު ކުޅުނު މެޗެއްގައި ކަމަށްވާތީ އެ އަދަބު ތަންފީޒު ވާނީ ގައުމީ ޓީމު ކުޅޭ ހަ މެޗަށް ކަމަށް، އިސްތިއުނާފް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އިސްތިއުނާފް ކޮމިޓީން މައްސަލަ ބެލީ، ޑިސިޕްލިނަރީ ކޮމިޓީން އޭނާ އަށް ދިން އަދަބު އިސްތިއުނާފް ކުރުމަށް އަސްހަދު ހުށަހެޅުމުންނެވެ.
އަސްހަދަށް ފިޔަވަޅު އަޅަން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމި މަރުހަލާގައި ވަނީ، އެފްއޭއެމްގެ ކޯޑް އޮފް ކޮންޑަކްޓް އަދި ކްލަބް ކޯޑް އޮފް ކޮންޑަކްޓަށް ރިއާޔަތްކޮށްފަ އެވެ.
ކުރިއަށް އޮތް ސީޒަންގައި އަސްހަދު ކުޅޭނީ ކްލަބް ވެލެންސިއާ އަށެވެ. އަސްހަދުގެ އަދަބު، ގައުމީ ޓީމުގެ މެޗުތަކަށް ބަދަލު ކުރުމަކީ އޭނާ އަށް އެކަމުގެ ސަބަބުން މާބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.
އަސްހަދު، 35، އަލުން ގައުމީ ޓީމަށް ކުޅެފާނެ ކަމާމެދު ވެސް ސުވާލު އުފެދެ އެވެ. ހާއްސަކޮށް ގައުމީ ޓީމުގެ މިހާރުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މީޑިއާތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އޭނާގެ ވިސްނުން ހުރީ ގައުމީ ޓީމު އާ ކުރުމުގެ ވިސްނުމެވެ. އެހެންވެ އަސްހަދު ފަދަ ސީނިއާ ބައެއް ކުޅުންތެރިންނަށް އަލުން ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަކަށް ނުބެލެވެ އެވެ.
އަސްހަދު އާއި އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު އަދި ޝިބާއު
އިންޓަނޭޝަނަލް ފުޓްބޯޅައިގައި ކުޅުންތެރިން ހިންގާފައިވާ މިފަދަ އަމަލުތަކުގައި، އެ ކުޅުންތެރިޔަކަށް ކްލަބް ފުޓްބޯޅަ ނުކުޅެވޭނެ ގޮތަށް ކުރިން އަދަބު ދީފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ވޯލްޑް ކަޕް 2006 ގެ ފައިނަލްގައި، ފްރާންސްގެ އޭރުގެ ކެޕްޓަން މަޝްހޫރު ޒައިނުއްދީން ޒިދާން، އިޓަލީގެ މާކޯ މަޓެރާޒީގެ މޭމަތީގައި ބޮލުން ޖެހުމުގެ ހާދިސާ އެވެ. ޒިދާންގެ އެ އަމަލާ ގުޅިގެން އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލި އެވެ. އަދި ފަހުން އޭނާގެ މައްޗަށް އަދަބު ކަނޑައެޅި އިރު ކްލަބް ފުޓްބޯޅަ ނުކުޅެވޭނެ ގޮތަށް ނިންމި އެވެ. އެ މެޗަށް ފަހު ޒިދާން ވަނީ ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފަ އެވެ.
އޭގެ އަނެއް ހާދިސާ އަކީ ވޯލްޑް ކަޕް 2014 ގައި އިޓަލީ އާއި އުރުގުއޭ ކުޅުނު މެޗުގައި އިޓަލީގެ ޖޯޖިއޯ ކިއެލީނީގެ ކޮނޑުގައި އުރުގުއޭގެ ލުއިސް ސުއަރޭޒް ދަތް އެޅި ހާދިސާ އެވެ. ސުއަރޭޒުގެ އެ އަމަލާ ގުޅިގެން އޭނާ އަށް ކްލަބް ފުޓްބޯޅަ ނުކުޅެވޭނެ ގޮތަށް އަދަބު ދިނެވެ. އެ އަހަރު ލިވަޕޫލް ދޫކޮށް އޭނާ ބަަލުވީ ބާސެލޯނާ އަށެވެ. ބާސާ އަށް ބަދަލުވެ ހަ މަސް ވަންދެން އެއްވެސް މެޗެއް ނުކުޅެ އޭނާ އަށް ހުންނަން ޖެހުނެވެ.
ހެ މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރަށް 12،000 ރުފިޔާއިން އަސްހަދު ޖޫރިމަނާ ކުރުމަށް ވެސް ޑިސިޕްލިނަރީ ކޮމިޓީން ނިންމި އެވެ. ކޮމިޓީގެ ނިންމުމުގައި ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީގެ ކަރުމަތީގައި އަސްހަދު ޖަހާފައި ވަނީ "ފްރަސްޓްރޭޓް" ވެގެން ކަމަށް ދިފާއުގައި އަސްހަދު ބުނެފައިވާ ކަމަށެވެ. ޑިސޕްލިނަރީ ކޮމިޓީން ބުނީ އެއީ ދިފާއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"ފްރަސްޓްރޭޓްވި" ސަބަބެއް ކަމަށް ކޮމިޓީގައި އަސްހަދު ބުނެފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަން ތައްޔާރު ވެގެން ބެންޗު ކައިރީގައި 15 މިނިޓް ހުންނަން ޖެހުމެވެ. އެގޮތަށް ހުންނަން ޖެހުމުން އެކަމުގެ ޝަކުވާ ކޯޗުން ކައިރީގައި ވެސް ކުރި ކަމަށް ވަނީ ބުނެފަ އެވެ.
އަސްހަދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު މެޗެއްގެ ތެރެއިން
އެކަމާ ކޯޗުންގެ މާ ބޮޑު އަޅާލުމެއް ނެތް ކަމަށް އަސްހަދު ވަނީ ބުނެފަ އެވެ. އަދި ކޮންމެހެން މޮޅުވާން ޖެހިފައި އޮތް މެޗެއްގައި އެހާ ގިނައިރު ވަންދެން ހުންނަން ޖެހުމުން ފްރަސްޓްރޭޓްވީ ކަމަށް ބުނެފައިވެ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަސްހަދު ދަނޑަށް އެރީ މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގަ އެވެ. އެހާ ލަހުން މެޗަށް އެރުވުމުން އުފެދުނު ފްރަސްޓްރޭޝަންގައި ހުއްޓައި ދަނޑަށް އެރި ތަނުން ސީޝެލްސްގެ ކުޅުންތެރިޔަކު އޭނާގެ ބޫޓު މައްޗަށް އަރައި ބޭއަދަބީ ބަހުން މުހާތަބު ކުރުމުން "އިތުރަށް ރުޅި އައީ" ކަމަށް އަސްހަދު ކޮމިޓީގައި ބުނެފައިވެ އެވެ.
"އެ ހުރިހާކަމަކާ ގުޅިގެން ގޮސް ސީޝެލްސްގެ ކުޅުންތެރިއާ އަށް ހަމަލާދެވުނީ ކަމަށް ކޮމިޓީގައި އޭނާ ބުނެފައިވެ އެވެ." ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައިވެ އެވެ.
އިދިކޮޅު ކުޅުންތެރިއެއްގެ ހަށިގަނޑަށް ގެއްލުންވާ ފަދަ ހަމަލާއެއް ދީފައިވާތީ އާއި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައިހުރެ ގައުމު ތަމްސީލުކުރި މެޗެއްގައި އެފަދަ އަމަލެއް ހިންގާފައިވާތީ، އަސްހަދު ހަ މެޗަށް ސަސްޕެންޑްކުރީ އެ މެޗުގައި ދެއްކި ރަތްކާޑުގެ ސަސްޕެންޝަން ވެސް ހިމެނޭ ގޮތަށެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާއިރު، މަދުވެގެން 2،000ރ. އިން ޖޫރިމަނާކުރަން ޖެހެ އެވެ. އަސްހަދު 12،000ރ. އިން ޖޫރިމަނާކުރީ އޭނާ ހިންގި އަމަލަށް ބަލައިފަ އެވެ.
އަސްހަދާއި އަލީ: އަސްހަދަށް ފާޑު ކިޔުން އަމާޒުވީ އަލީ ފުރުވާލުމުގައި ޖާމިނުވުމުން
ކެޕްޓަން ބޭންޑް އޭނާ އަތުން ނެގުމުން މާޗް 2018 ގައި ގައުމީ ޓީމުން ރިޓަޔާކުރި އަސްހަދު، އަލުން ގައުމީ ޓީމަށް ނެގީ މިދިޔަ ސާފް ޗެމްޕިއަންޝިޕްގަ އެވެ. އަސްހަދު ޓީމަށް ނެގި ހިސާބުން ފެށިގެން ބައެއް މީހުން ދިޔައީ އެ ނިންމުމަށް ފާޑުކިޔަމުންނެވެ.
ގައުމީ ޓީމުގައި ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ދޭން ޖެހޭނީ އެ މީހެއްގެ ފަހަތުގައި ހުތުރު ނަމެއް ނެތް މީހަކަށް ކަމަށް ޝުއޫރުފާޅު ކުރި ބައެއް މީހުން ބުނެފައިވެ އެވެ. އަސްހަދުއާ މެދު ކަންބޮޑުވުންތައް އިތުރުވީ ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރާއްޖެއިން ފުރުވާލުމުގައި އަސްހަދު ޖާމިނުވުމުންނެވެ. ކޯޓަށް ހާޒިރުވާން އަލީ އަށް ތަކުރާރުކޮށް އެންގުމުން ވެސް އޭނާ ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެހެންވެ މި މައްސަލާގައި އަސްހަދަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ސެޕްޓެމްބަރު މަހު ހައި ކޯޓުން ވެސް ބުންޏެވެ.
ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މިރޭ މާޒިޔާއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗުގައި އަސްހަދު އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.
ދިގު މުއްދަތަކަށް އަސްހަދު ސަސްޕެންޑްކޮށްފާނެ
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އިލާން އާއި އަޔާން އަށް އަނިޔާވެ ކޮލިފައިން ނިމިއްޖެ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ވެލެންސިއާގެ ސަސްޕެންޝަން ކޮމިޓީން އުވާލައިފި
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް