22 ނޮވެމްބަރ 2021
މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ސީޝެލްސް ކުޅުންތެރިޔަކަށް ގަސްތުގައި އަނިޔާ ދިން މައްސަލައިގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ހާޒިރުކޮށް މައްސަލަ ބަލަންފަށައިފި އެވެ.
މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ސީޝެލްސް ކުޅުންތެރިޔަކަށް ގަސްތުގައި އަނިޔާ ދިން މައްސަލައިގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ހާޒިރުކޮށް މައްސަލަ ބަލަންފަށައިފި އެވެ.
އަސްހަދުގެ މައްސަލަ ބަލަން ފެށުމާ ބެހޭ ގޮތުން އެފްއޭއެމުން އަދި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް އަސްހަދު ހާޒިރު ކުރިކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.
ޑިސިޕްލިނަރީ ކޮމިޓީގައި ކަން ހިނގި ސާފު ނުވިޔަސް، އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ވިސްނުން ހުރީ އަސްހަދު ދިގު މުއްދަތަކަށް ސަސްޕެންޑްކުރުމަށެވެ.
ލަންކާގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ 92 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަސްހަދު ވަނީ ދަނޑަށް އެރިތާ ދެ މިނެޓް ނުވަނީސް ފުންމައިގެން އަރައި ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީގެ ކަރުމަތީގައި އުޅަނބޮށިން ޖަހައިފަ އެވެ. އަސްހަދު ކުރި ހުތުރު ފައުލަށް ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. ރާއްޖެ މުބާރާތުން ކެޓީ އެ މެޗުން މޮޅު ނުވެވުމުންނެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެރެޓްރީ ހުސައިން ޖަވާޒު ކުރިން ވިދާޅުވެފައި ވަނީ އަސްހަދަށް ފިޔަވަޅު އެޅުމާ މެދު ގޮތް ނިންމާނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓިން ކަމަށެވެ.
ކެޕްޓަން ބޭންޑް އޭނާ އަތުން ނެގުމުން މާޗް 2018 ގައި ގައުމީ ޓީމުން ރިޓަޔާކުރި އަސްހަދު، އަލުން ގައުމީ ޓީމަށް ނެގީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ކޯޗްކޮށްދިން އަލީ ސުޒޭނެވެ. އަސްހަދު ޓީމަށް ނެގި ހިސާބުން ފެށިގެން ބައެއް މީހުން ދިޔައީ އެ ނިންމުމަށް ފާޑުކިޔަމުންނެވެ.
އަސްހަދު ގައުމީ ޓީމުގެ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަނީ. -- ފޮޓޯ: މިހާރު
ގައުމީ ޓީމުގައި ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ދޭން ޖެހޭނީ އެ މީހެއްގެ ފަހަތުގައި ހުތުރު ނަމެއް ނެތް މީހަކަށް ކަމަށް ޝުއޫރުފާޅު ކުރި ބައެއް މީހުން ބުނެފައިވެ އެވެ. އަސްހަދުއާ މެދު ކަންބޮޑުވުންތައް އިތުރުވީ ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރާއްޖެއިން ފުރުވާލުމުގައި އަސްހަދު ޖާމިނުވުމުންނެވެ. ކޯޓަށް ހާޒިރުވާން އަލީ އަށް ތަކުރާރުކޮށް އެންގުމުން ވެސް އޭނާ ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެހެންވެ މި މައްސަލާގައި އަސްހަދަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ސެޕްޓެމްބަރު މަހު ހައި ކޯޓުން ވެސް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގައި އަސްހަދު ކުޅެން އެރުވުމުން، އެ މުބާރާތުގައި ޓީމުގެ ހެޑް ކޯޗުގެ މަގާމު އަދާކުރި މިހާރުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އަސްހަދު ޓީމުގައި ހިމަނައިގެން ކުޅުވާތީ އެކަމުގައި އޮތް ކަންބޮޑުވުމަށް ރިއާޔަތް ކުރަންތޯ ސުވާލު ކުރުމުން ސުޒޭން ބުނެފައި ވަނީ ގާނޫނީ ގޮތުން ހުރަހެއް އޮތް އެއްވެސް ކުޅުންތެރިއެއް އޭނާގެ ސްކޮޑްގައި ނުހިމެނޭނެ ކަމަށެވެ.
ދަނޑު ބޭރުގައި މީގެ ކުރިން އަސްހަދު ހިންގާފައިވާ ކަންކަމުގެ ސަބަބުން އޭނާ އަށް ފިޔަވަޅު އަޅާފައި ވެސް އެބަހުއްޓެވެ. ސާފް ޗެމްޕިއަންޝިޕް 2008ގެ މުބާރާތަށް ޓްރޭނިން ކޭމްޕަށް ޓީމު މެލޭޝިއާ އަށް ފުރުމުގެ ކުރިން ޓިމުގެ އޭރުގެ ކިޓް މެނޭޖަރު ހުސައިން ނިޒާރު (ބޮޑޭ) ގެ ޕާސްޕޯޓް އަސްހަދު "ވަގަށް ނެގި" އެވެ. އެކަން ފަޅާ އެރުމުން އޭރުގެ ކޯޗް ޖޯސެފް ޔަންކޭޒް ވަނީ އަސްހަދު ވަގުތުން ޓީމުން ބޭރުކޮށްފަ އެވެ.
ކުރީގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް އަސްހަދު ނެގި މައްސަލައިގައި 2016 ގައި އޭނާ ހައްޔަރުކޮށް 14 ދުވަހަށް ޖަލުގައި ބަންދު ކުރި އެވެ. އެ ބަންދާ ގުޅިގެން އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މުހިންމު މެޗެއްގައި އަސްހަދަށް ބައިވެރިއެއް ނުވެވުނެވެ.
އަހްލާގީ ގޮތުން ދަށު ދަރަޖައިގެ ކަންކަމުގައި އަސްހަދުގެ މައްސަލަތައް ތަކުރާރުކޮށް ފެންމަތިވަމުން އަންނަ އިރު ވެސް ގައުމީ ޓީމުގެ ދޮރު އޭނާ އަށް ބަންދުކުރަން ކެރުނު ކޯޗެއް ޔަަންކޭޒް ނޫނީ ނެތެވެ.
ކްލަބް ފުޓްބޯޅަ ކުޅުމުގައި އަޑުބަރޭ އަށް ހުރަހެއް ނެތް
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އިލާން އާއި އަޔާން އަށް އަނިޔާވެ ކޮލިފައިން ނިމިއްޖެ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
ޔޫތު ޓީމުގެ ކޯޗުކަން މުހައްމަދަށް ދިނުމުން ސުވާލުތަކެއް
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު