21 ފެބުރުއަރީ 2020
މީގެ ކުރިން ފުރަތަމަ ޑިވިޝަނުން ވެއްޓުނު ގިނަ ކްލަބްތަކަށް އަލުން އެއް ވަނަ ޑިވިޝަނަށް އަރަން ގިނަ ގޮންޖެހުންތަކެއް ދިމާވި އެވެ. އޭގެ ތެރެއިން ބައެއް ޓީމުތަކެއް ކުރިއަށް ނޭރި، އަނދަވަޅަކަށް ވެއްޓުނީ އެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން 2018 ވަނަ އަހަރު ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި އެވެ. އެ ހިސާބުން އެ ޓީމުން ވިސްނުންތެރިކަން ބަހައްޓައިގެން ކުރި މަސައްކަތުގެ ނަތީޖާ ފެނި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންގެ ގޮތުގައި މި ވަނީ އަލުން ފުރަތަަަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.
މީގެ ކުރިން ފުރަތަމަ ޑިވިޝަނުން ވެއްޓުނު ގިނަ ކްލަބްތަކަށް އަލުން އެއް ވަނަ ޑިވިޝަނަށް އަރަން ގިނަ ގޮންޖެހުންތަކެއް ދިމާވި އެވެ. އޭގެ ތެރެއިން ބައެއް ޓީމުތަކެއް ކުރިއަށް ނޭރި، އަނދަވަޅަކަށް ވެއްޓުނީ އެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން 2018 ވަނަ އަހަރު ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި އެވެ. އެ ހިސާބުން އެ ޓީމުން ވިސްނުންތެރިކަން ބަހައްޓައިގެން ކުރި މަސައްކަތުގެ ނަތީޖާ ފެނި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންގެ ގޮތުގައި މި ވަނީ އަލުން ފުރަތަަަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.
ވެލެންސިއާގެ މި ކާމިޔާބީ ހާއްސަވާނެ އެއްް ފަރާތަކީ ދެ ވަނަ ޑިވިޝަނުގައި އެ ޓީމު އޮތްއިރު ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ. އޭނާ ވަނީ ވެލެންސިއާ އަށް ކުޅުމަށް ފަހު ވެސް އެ ކްލަބްގެ ލޯބީގައި ޓީމަށް ގިނަ ހިދުމަތްތަކެއް ކޮށްދީފަ އެވެ. މިދިޔަ އަހަރުތަކުގައި ރެލިގޭޝަންގައި ކުޅުނުއިރު ވެސް ޓީމަށް އެހީވުމުގައި ދެމިހުރެ 2016 ވަނަ އަހަރު އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބުކޮށްދީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގައި އެ ޓީމަށް އިރުޝާދުދިނެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 އިން ކުރިހޯދައި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމުގައި އެ މުބާރާތުގެ ތަށްޓަށް ވުރެ ލިބޭނެ ބޮޑު ހިތްހަަމަޖެހުމަކީ ފުރަތަމަ ޑިވިޝަނަށް އެނބުރި އާދެވުމެވެ. ހީނާ ބުނީ މިއީ މެނޭޖްމަންޓާއި ކޯޗިން ޓީމު އެކުވެ އެއް މިސްރާބެއްގައި ދެމިތިބެ ކުރި މަސައްކަތް ކަމަށެވެ.
"ކްލަބްގެ ވެރި ފަރާތުން އަހަރެމެން ކޯޗިން ޓީމެއް ހަދައިގެން ހަވާލުކުރީ ވަރަށް ބޮޑު މަސައްކަތެއް މިއީ. އެ މަސައްކަތް މިދަނީ. ވިސްނުންތެރިކަމާއި ފަރުވާތެރިކަން ބަހައްޓައިގެން ތަށި ނެގޭވަރުގެ ޓީމެއް ހެދީ. އެ މީހުން އެކަން ހަވާލުކުރީމަ އަހަރެމެން ބުނީ މިކަން ކޮށްދޭނަމޭ،" ކުޑަހީނާ ބުންޏެވެ.
ޗެމްޕިއަންކަން ހޯދި ވެލެންސިއާ ޓީމުގެ ކުޅުންތެރިންނަށް ސުޕަ ޔުނައިޓެޑުން ގާޑް އޮފް އޮނާ އެއް ދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ފަަހަރު ވެލެންސިއާ އިން ދެ ވަނަ ޑިވިޝަނަށް އެކުލަވާލި ޓީމުގައި ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުގެ ތަޖުރިބާހުރި ކުޅުންތެރިން ވެސް ހިމެނެ އެވެ.
އޭނާ ބުނީ މި އަހަރު މިކަން ކުރަން ބޮޑު އަޒުމެއްގައި ނުކުތީ ކުރިން އޮތް މަގާމަށްދާން ކުރަން އޮތް މަސައްކަތް ލަސްކޮށްފިނަމަ ގެއްލުމެއްގެ ތެރެއަށް ދިއުމުގެ ފުރުސަތު ވެސް އޮތުމުން ކަމަށެވެ.
"މިއީ ބޮޑު ކްލަބެއް. އަހަރެމެންނަށް އިނގޭ މި އަހަރު މިކަން ނުކުރެވިއްޖިއްޔާ އިތުރު އުނދަގޫތަކެއް ކުރިމަތިވާނެކަން. އަނެއްހެން ޖުމްލަކޮށް ބަލާއިރު މިއީ ވަރަށް ބުރަ މަސައްކަތެއް،" ކުރިން ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޑަހީނާ ބުންޏެވެ.
ވެލެންސިއާ އިން ރޭގެ މެޗު ކާމިޔާބުކުރީ ސުޕަ ޔުނައިޓެޑް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރަ އެވެ. ކުޑަހީނާ ބުނީ ރަނގަޅު ޕްލޭނަކާ އެކު ވެލެންސިއާ އިން ރޭގެ މެޗަށް ނުކުތީ މޮޅުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކު ކަމަށެވެ.
"ކުރިން ގޯލު ޖެހިޔަސް ފަހު ގޯލު ޖެހިޔަސް ނަތީޖާ އަކީ ބަދަލުކުރެވޭނެ އެއްޗެއް. އެހެންވެ އަޅުގަނޑުމެން ކުޅުންތެރިން އެ ކުޅުނީ ގޭމްޕްލޭނާ އެއް ގޮތަށް. އަޅުގަނޑުމެން މި މެޗަށް އައިއިރު ވެސް އޮތް 100 ޕަސެންޓްގެ ގެރެންޓީއެއް މި މެޗު ވިން ކުރެވޭނެ ކަމުގެ. ހުރިހާ ކުޅުންތެރިން ވެސް އެ ގޮތް ބޭނުންވެގެން ކުރި ހިތްވަރު މި ފެނުނީ،" ކުޑަހީނާ ބުންޏެވެ.
މީގެ ކުރިން އަހަރުތަކާ ހިލާފަށް މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލަށްދާ ދެ ޓީމަކަށް އޮތީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ފަހިވެފަ އެވެ. އެއީ ސަސްޕެންޝަނުގެ ސަބަބުން ރާއްޖޭގެ ބޮޑު ދެ ބާރު ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓްރީ ދެ ވަނަ ޑިވިޝަނަށް ވެއްޓިފައި އޮތުމުންނެވެ. ކުރިން ގަވާއިދުގައި އޮތީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަންނަ ގޮތަށެވެ. އެކަމަކު ނިއު އާއި ވިކްޓްރީގެ ސަސްޕެންޝަން ދިގުލައި ގޮސް އެ ދެ ކްލަބަށް ވާދަކުރެވޭވަރު ނުވީ އެވެ.
އަޑޭ ޓީމަށް މުހިންމު، އެކަމަކު އެ މަގާމު ފޫބެއްދޭނެ
ގައުމީ ޓީމު ނެގިގޮތާމެދު ކުޑަ ހީނާ ސުވާލު އުފައްދައިފި
ސެންޓޭގެ މަގާމު ފޫބެއްދޭނެ ކުޅުންތެރިޔަކު ނެތް: ހީނާ
ޔާން ވެލެންސިއާ އަށް ބަދަލުވާތީ ހިތްހަމަޖެހުން
"ޓްރެވަލް ކިޓެއް ނެތަސް ތަށި ހޯދުމުގެ ފެންވަރު ހުރި"
އެއްވަނައިގައި ފައިނަަލަށް ދިއުމުން އިތުބާރު ބޮޑުވެއްޖެ
ވެލެންސިއާ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފި
ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް
ކުޅިވަރުގައި ދޮނާގެ ނަން އޮތީ ރަނުން
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ