23 ޖެނުއަރީ 2022
ވެލެންސިއާގައި ކުޅުންތެރިން ލާނެ އެއްކުލައިގެ އައުޓްފީލްޑް ކިޓެއް ނުވަތަ ޓްރެވަލް ކިޓެއް ނެތް ކަމަށާއި އެކަމަކު ތަށި ހޯދުމުގެ ފެންވަރު އެ ޓީމުގައި ހުރި ކަމަށް، މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ އަށް މިއަދު ހޯދައިދިން ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނެފި އެވެ.
ވެލެންސިއާގައި ކުޅުންތެރިން ލާނެ އެއްކުލައިގެ އައުޓްފީލްޑް ކިޓެއް ނުވަތަ ޓްރެވަލް ކިޓެއް ނެތް ކަމަށާއި އެކަމަކު ތަށި ހޯދުމުގެ ފެންވަރު އެ ޓީމުގައި ހުރި ކަމަށް، މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ އަށް މިއަދު ހޯދައިދިން ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނެފި އެވެ.
ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް، ވެލެންސިއާ މިރަށް އައީ ވަކި ހާއްސަ ކުލައިގެ ކިޓެއް ނުލަ އެވެ. އެކަމާ ގުޅިގެން ވެލެންސިއާ އަށް ފާޑު ކިޔުން އަމާޒުވި އެވެ. އެކަމަކު އޭރު ވެލެންސިއާ އިން އެކަމަށް ވަކި އެއްޗެއް ނުބުނެ އެވެ.
ހީނާ ބުނީ ވެލެންސިއާގެ މި ވަގުތު އޮތް ހާލަތުން، އައުޓް ފީލްޑް ކިޓަކަށް ވުރެ މުހިންމީ ކުޅުންތެރިންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދީ ޓްރޭނިންތައް ހިތްހަމަޖެހިގެން ކުރެވޭނެ ގޮތް ހޯދުން ކަމަށެވެ.
"އެންމެން އެއްކުލައަކުން ޓްރެވަލް ކިޓެއް ލާފައި ހުރީމަ ރީތި. އެކަމަކު ހިނގާ ވެލެންސިއާގެ ހާލަތަށް ވާހަކަ ދައްކަމާ. މި ކްލަބްގައި ދަރަނި އެބައޮތް. ކުޅުންތެރިންނަށް ކޮށްދެން ޖެހޭ ކަންކަން އެބަހުރި. އެންމެ ފުރަތަމަ ކްލަބުން އިސްކަންދޭ އެއްކަމަކީ ކުޅުންތެރިންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދީ ކުޅުންތެރިންނަށް ހިތްހަމަޖެހުމާ އެކު ޓްރޭން ކުރެވޭނެ ގޮތެއް ހޯދައިދިނުން،" ހީނާ ބުންޏެވެ.
ވެލެންސިއާ އާއި މާޒިޔާ އަލިފުށީގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލި | މިހާރު
"ހަގީގަތުގައި އެއް ކުލައިގެ ޓްރެވަލް ކިޓެއް ވެލެންސިއާގައި ނެތް. އެކަމަކު މި ކުޅުންތެރިން ކުރި ހިތްވަރާއި ކޯޗިން ޓީމު ކުރި މަސައްކަތުން މިއަދު އެނގިގެން މި ދިޔައީ ތަށި ހޯދުމުގެ ގާބިލުކަން ވެލެންސިއާގެ ސްކޮޑުގައި ހުރިކަން. މިއީ ވިނިން ފޯމިއުލާގެ މައްޗަށް ބިނާކޮށް ކުރި ބުރަ މަސައްކަތުން ހޯދި ކާމިޔާބެއް. އިރާދަ ކުރެއްވިއްޔާ އެއް ކުލައިގެ ޓްރެވަލް ކިޓް ވެސް އަދި ހޯދޭނެ."
ހީނާ ބުނީ، ޕްރެޒިޑެންޓްސް ކަޕަކީ މަސައްކަތް ކުރަން އެނގިގެން ޓްރޭނިންތައް ވެސް ރޭވުންތެރިކަމާ އެކު ކޮށްގެން ހޯދި ކާމިޔާބެއް ކަމަށެވެ. އޭނާ ބުނީ ލީގު ބުރުގެ ފަހު މެޗުގައި ވެސް މާޒިޔާ ބަލި ކުރަން މަަސައްކަތް ކުރި ގޮތާއި މިއަދުގެ މެޗާ ވެސް ދާދި އެއްގޮތް ކަމަށެވެ.
"މެޗަކުން ބަލި ނުވެ، އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއްވަނައިގައި ފައިނަލަށް ދެވުނީމަ އެބަ އެނގޭ ރަނގަޅު ވިނިން ފޯމިއުލާއެއް ކްރިއޭޓް ކުރެވިއްޖެކަން. ފައިނަލަކަށް ވީތީ ވެސް ކޮންމެހެން ނުޖެހޭ އެ ފޯމިއުލާއިން ބޭރުން މަސައްކަތް ކުރާކަށް،" އެފްއޭ ކަޕްގެ ޗެމްޕިއަންކަން ވެސް ވެލެންސިއާ އަށް 2016 ގައި ހޯދައިދިން ކޯޗު ބުންޏެވެ.
ވެލެންސިއާ ޓީމު މުބާރާތަށް ރަޖިސްޓްރީކުރި ފަހުން ހެޑް ކޯޗުގެ މަގާމުގައި ހުރި މުހައްމަދު އާތިފް މަގާމުން އިސްތިއުފާ ދިނުމުން ކޯޗުގެ ގޮނޑި ހުސްވި އެވެ. އޭގެ ފަހުން މުބާރާތް ނިމެންދެން ވެސް ހެޑު ކޯޗުގެ ގޮތުގައި އެއްވެސް މީހެއްގެ ނަމެއް ނުޖަހަ އެވެ. ހީނާގެ ނަން ވެސް ލިސްޓްކޮށްފައި ވަނީ އެސިސްޓެންޓް ކޯޗުގެ ގޮތުގަ އެވެ. އޭނާ ބުނީ ވެލެންސިއާ އަށް ހެޑު ކޯޗެއް ހޯދަން ޖެހިފައި މިވަނީ ފުޓްބޯޅަައިގައި ކޯޗުން ބަދަލުވާ ގޮތާ އިދިކޮޅަށް ކަމަށެވެ. ފުޓްބޯޅައިގައި އާންމު ގޮތެއްގައި ޓީމުގެ ކޯޗުގެ މަގާމު ބަދަލު ވަނީ ޓީމަކަށް ނާކާމިޔާބު ވުމުންނެވެ.
ވެލެންސިއާގެ ފުރަތަމަ ލަނޑު ޖަހައިދިން ޑަކްސަން --- ފޮޓޯ: ނިޝާން އަލި | މިހާރު
"އެކަމަކު ވެލެންސިއާގައި މިވަނީ ރިވާސްއެއް. އަންނަ ކޯޗަކު އަންނާނީ ތަށި ހޯދާ ފަހުން. ވިނިން ފޯމިއުލާއެއް އޮތް ޓީމަކަށް އަންނަން މިޖެހެނީ،" ހީނާ ބުންޏެވެ.
"ކާމިޔާބު ހޯދާފައި އޮތީމަ އެ އަންނަ ކޯޗު ޖެހޭނީ އެ ވިނިން ފޯމިއުލާއާ އެއްގޮތަށް މަސައްކަތްކުރަން. އަޅުގަނޑަށް ގަބޫލު ކުރެވެނީ ވެލެންސިއާ އިން ގެންނާނީ ވެލެންސިއާގެ އުސޫލުތައް ބަލައިގަންނަ ކޯޗެކޭ."
އަލިފުށީގައި ފައިނަލް މެޗު ކުޅެން ނިންމުމަކީ އެފްއޭއެމް އާއި ޔޫތު މިނިސްޓްރީން ރަނގަޅަށް ނިންމި ނިންމުމެއް ކަމަށް ހީނާ ބުންޏެވެ. އޭނާ ބުނީ ފައިނަލް މެޗު ކުޅެން ވެލެންސިއާގެ ކުޅުންތެރިން މި ރަށަށް އައި ހިސާބުން ފެށިގެން ޓީމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދިޔަ ކަމަށެވެ.
"މިގޮތަށް އެންމެން އެއްކޮށް އުޅެލީމަ މެޗު ކުޅެންވީ އިރު މުޅި ޓީމު އޮތީ ވަރަށް ރަނގަޅަ މޯޓިވޭޓްވެފައި. މިރަށަށް އައިސް ވެސް އަހަރެމެން މާ ހަރުކަށި ގަވާއިދުތަކެއް ކަނޑައެއް ނާޅަން. ކުޅުންތެރިންނަށް ވަރަށް ފްރީކޮށް ޖާގަ ދިނީ. ނިންމި ހަމައެކަނި ކަމަކީ ރޭގަނޑު 11:30 ގައި ރޫމަށް ވަންނަން ޖެހޭނެޔޭ. އޭގެ ތެރެއިން ބޭރުނުވެ އުޅުނިއްޔާ އެހުރީ މިންގަނޑުގައި. އޭގެ ކުރިން ކުޅުންތެރިޔަކު ބޭނުން ތާކަށް ދާންވީ. ބޭނުން މީހަކާ ވެސް ބައްދަލު ކުރަންވީ. ހަމައެކަނި ކަމަކަށް އޮންނާނީ ޕްރެކްޓިސް ގަޑީގައި ޓީމާއެކު ހުރުން،" ފައިނަލް މެޗަށް ޓީމު ތައްޔާރުކުރި ގޮތް ކިޔައި ދެމުން ހީނާ ބުންޏެވެ.
ވެލެންސިއާ އާއި މާޒިޔާ އަލިފުށީގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލި | މިހާރު
"މިއަދު ފައިނަލް މެޗު އޮތީމަ ރޭގައި ބޭއްވިން ބައްދަލުވުމެއް. އެންމެން ހަމައެއް ވެސް ނުވޭ. އެއްކަލަ ރޫމަށް ވަންނަ ގަޑި ނުޖެހޭތީ ބައްދަލުވުން ބޭއްވިއިރު ވެސް އެނގޭ އެންމެން އުޅޭނީ އެކި ތަންތަނުގައިކަން. މީހުން ވެސް ހަމަ ނުވާނެކަން ވެސް އެނގޭ. މީޓިންގައި ހޭދަވީ ވެސް 10 ވަރަކަށް މިނިޓް. އެކަމަކު މީޓިންގައި ދޭން ބޭނުންވާ މެސެޖް އެންމެންނަށް ވެސް ރީޗްވިކަން މެޗުން އެނގޭނެ."
ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގައި އަނިޔާ ވެގެން ބަދަލު ކުރަން ޖެހުނުއިރު ވެސް ޓީމަށް އިތުބާރު އޮތް ކަމަށް ހީނާ ބުންޏެވެ. އޭނާ ބުނިގޮތުގައި ސެންޓޭ އަށް އަނިޔާވި އިރު ވެސް ވެލެންސިއާ ކުޅެން ބޭނުންވި ގޭމް ނުރޫޅި އެ ޓީމުގެ ކޮންޓްރޯލް ދަށުގައި އޮތެވެ.
"އެހެންވެ މެސީ (އިސްމާއީލް އީސާ) އެރުވި އިރު ވެސް އެނގޭ އެ ގޭމް ކުޅެވޭނެކަން. އެ ގޭމް އެގޮތުގައި ހިފެހެއްޓީމަ ނަތީޖާ ނެރެވުނީ،" ހީނާ ބުންޏެވެ.
އުނދަގޫ ހާލަތެއްގައި ކްލަބް އޮތް ވަގުތެއްގައި މި ކާމިޔާބު ލިބުމުން، ޓީމުގެ މެނޭޖްމެންޓަށް އިތުރު ޖޯޝެއް އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ހީނާ ބުންޏެވެ.
ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ވެލެންސިއާ ހޯދައިފި
ވެލެންސިއާގެ "ބަދަހި" ފޯވާޑްލައިނަށް އޮތީ އުންމީދު
އަލިފުށީގެ ދަނޑު މާދަމާ ފުރައިލާނެ: މަހުލޫފް
އެއްވަނައިގައި ފައިނަަލަށް ދިއުމުން އިތުބާރު ބޮޑުވެއްޖެ
ވެލެންސިއާއަށް އެއްވަނަ، ދެވަނައިގައި މާޒިޔާ ފައިނަލަށް
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ
ސެންޓޭގެ މަގާމު ފޫބެއްދޭނެ ކުޅުންތެރިޔަކު ނެތް: ހީނާ
ހިރުނދު ތުއްތު މަނިކު: އަލިފުށީ ފުޓުބޯޅައިގެ ދިރުން
ވެލެންސިއާ، ގްރީން، މާޒިޔާ ވާދަވެރިކަން ބޮޑު
ފާޑުކިޔާތީ ހަތް ކްލަބަކުން "މިހާރު" ބޮއިކޮޓްކޮށްފި