23 ޖެނުއަރީ 2022
ވެލެންސިއާއާ ދެކޮޅަށް ނުކުތް ހުރިހާ ޓީމެއްގެ ކޮޅަށް އެ ޓީމުގެ ފޯވާޑުން ލަނޑު ޖެހި އެވެ. ރ. އަލިފުށީގައި މިއަދު ކުޅޭ ފައިނަލް މެޗަށް ވެލެންސިއާ ދަތުރުކުރީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. އެ ޓީމުގެ ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) ކުރިން ވެސް ބުނެފައި ވަނީ އެއްވެސް މެޗަކުން ބަލި ނުވެ ފައިނަލަށް ދެވުމަކީ އޭނާގެ ޓީމަށް ލިބުނު އިތުބާރެއް ކަމަށެވެ.
ވެލެންސިއާއާ ދެކޮޅަށް ނުކުތް ހުރިހާ ޓީމެއްގެ ކޮޅަށް އެ ޓީމުގެ ފޯވާޑުން ލަނޑު ޖެހި އެވެ. ރ. އަލިފުށީގައި މިއަދު ކުޅޭ ފައިނަލް މެޗަށް ވެލެންސިއާ ދަތުރުކުރީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. އެ ޓީމުގެ ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) ކުރިން ވެސް ބުނެފައި ވަނީ އެއްވެސް މެޗަކުން ބަލި ނުވެ ފައިނަލަށް ދެވުމަކީ އޭނާގެ ޓީމަށް ލިބުނު އިތުބާރެއް ކަމަށެވެ.
މި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި، ވެލެންސިއާގެ މައްޗަށް މާޒިޔާ އިން ތާފަތު ބޮޑުކޮށް މޮޅުވި އެވެ. އެކަމަކު މުބާރާތުގެ ލީގު ބުރުގައި މާލޭގައި ކުޅުނު މެޗު ވެލެންސިއާ އިން ކާމިޔާބު ކުރި އެވެ. ލީގު ބުރު އެއްވަނައިގައި ނިންމާލުމަށް ވެލެންސިއާ އަށް މަގުފަހިވީ އެޓީމުގައި "ބަދަހި" އެޓޭކިން ލައިނެއް އޮތުމުން ކަމަށް ހީނާ ބުންޏެވެ.
"މިހާރު ރަނގަޅު ސެޓަޕެއް މި އިނީ ހެދިފައި. ގޯލް އެބަޖެހޭ. ނަތީޖާ ނެރެވޭ. ކޮމްބިނޭޝަން ރަނގަޅު ވަރަށް ބަދަހިކޮށް މި އިނީ،" ވެލެންސިއާގެ އެޓޭކިންލައިނާ ބެހޭގޮތުން ހީނާ ބުންޏެވެ.
ވެލެންސިއާ އަށް 2016 ގެ އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިދިން ކޯޗު ބުނީ ފޯވާޑުން ރަނގަޅު ފޯމެއްގައި ތިބުމުން އުންމީދު އާވާ ކަަމަށެވެ. ވެލެންސިއާގެ ފޯވާޑްލައިން ލީޑްު ކުރުމުގައި އެންމެ އިސްކޮށް ހުރީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. ޕްރެޒިޑެންޓްސް ކަޕްގައި އޭނާ ހުރީ ތަފާތު ފޯމެއްގަ އެވެ. ކުޅުނު ހަތް މެޗުގެ ތެރެއިން ދެ މެޗު ފިޔަވައި އެހެން ހުރިހާ މެޗެއްގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.
ސީޒަން ހުޅުވި މެޗުން ބަލިވިޔަސް، ވެލެންސިއާ އަށް ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް އޭރު ވެސް އޭނާ ބުންޏެވެ. މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރުމަށް ފަހު ޕޯސްޓް މެޗު ޕްރެސް އަށް ހާޒިރުވެ ސެންޓޭ ބުނެފައި ވަނީ، މެޗުތައް ކާމިޔާބު ކުރެވެމުންދާ ވަރަކަށް ވެލެންސިއާގެ ކުޅުން ރަނގަޅުވަމުންދާނެ ކަމަށެވެ.
ވެލެންސިއާ އިން އިއްޔެ އަލިފުށީގައި ކުރިއަށް ގެންދިޔަ ޕްރެކްޓިހުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ހީނާ ބުނީ ވެލެންސިއާ ފައިނަލާ ހަމައަށް ގެންދިއުމުގައި ސެންޓޭގެ ލީޑާޝިޕް މުހިންމު ދައުރެއް އަދާކުރި ކަމަށެެވެ. ވެލެންސިއާ އަށް ވެސް ސީޒަނަށް ތައްޔާރުވާން ޖެހުނީ އުނދަގޫ ހާލަތެއްގެ ތެރެއިންނެވެ. އެޓީމަށް ވެސް ޕްރެކްޓިސް ފެށުނީ ލަހުންނެވެ.
"އެކަމަކު ސެންޓޭ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި. އެނގޭ ކޮންމެ މެޗެއްގައި ވެސް އޭނާ އެއްވަރެއްގައި ޕާފޯމް ކުރާނެކަން. އެކަން މި ފެނުނީ،" ހީނާ ބުންޏެވެ.
މާޒިޔާ އިން ވަނީ އެ ޓީމުގެ ޑިފެންސް ވަރުގަދަ ކުރުމުގެ ގޮތުން މޮންޓެނީގްރޯގެ ޑިފެންޑަރެއް ކަމަށްވާ ނެމެންޏާ ކާޓޮލް ގެނެސްފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ އަށް ފުރުސަތު ދިނެވެ. މިއަދުގެ މެޗުގެ ފުރަތަމަ 11 އިން އޭނާ އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.
އަލިފުށީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު އެވެ. މި ރަށު ކައުންސިލުން ލަފާކުރާ ގޮތުގައި ފައިނަލް މެޗަށް ހާއްސަކޮށް 1،000 ވުރެ ގިނަ މީހުން މި ރަށަށް ޒިޔާރަތް ކުރާނެ އެވެ.
ޕްރެޒިޑެންސް ކަޕްގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވުމަށް ކުރިން ހަމަޖެހިފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ނަމަވެސް މި ރަށަށް ވަޑައިގަތުމުގެ ކުރިން ހުކުރު ދުވަހުގެ ރޭ ހެއްދެވި ކޮވިޑް ޓެސްޓް ޕޮޒިޓިވްވުމުން އެ މަނިކުފާނުގެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވައިފަ އެވެ. މިއީ އެ މަނިފާން ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ ޕްރެޒިޑެންޓް ކަޕެވެ. ރައީސް އަށް ވަޑައިނުގެންނެވުމުން، މެޗު ޝަރަފުވެރި ކޮށްދެއްވާނީ ނައިބު ރައީސް ނައިބު ފައިސަލް ނަސީމް އެވެ. އެމަނިކުފާނު މިހާރު ވަނީ މިރަށަށް ވަޑައިގެންފަ އެވެ.
"ޓްރެވަލް ކިޓެއް ނެތަސް ތަށި ހޯދުމުގެ ފެންވަރު ހުރި"
ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ވެލެންސިއާ ހޯދައިފި
އަލިފުށީގެ ދަނޑު މާދަމާ ފުރައިލާނެ: މަހުލޫފް
ވެލެންސިއާއަށް އެއްވަނަ، ދެވަނައިގައި މާޒިޔާ ފައިނަލަށް
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ
ހިރުނދު ތުއްތު މަނިކު: އަލިފުށީ ފުޓުބޯޅައިގެ ދިރުން
އެއްވަނައިގައި ފައިނަަލަށް ދިއުމުން އިތުބާރު ބޮޑުވެއްޖެ
ވެލެންސިއާ، ގްރީން، މާޒިޔާ ވާދަވެރިކަން ބޮޑު
ފާޑުކިޔާތީ ހަތް ކްލަބަކުން "މިހާރު" ބޮއިކޮޓްކޮށްފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ