Roadha Mihaaru
ވެލެންސިއާ، ގްރީން، މާޒިޔާ ވާދަވެރިކަން ބޮޑު

ފައިނަލަށް ކޮން ޓީމެއް؟ ވެލެންސިއާ، ގްރީން، މާޒިޔާ ވާދަވެރިކަން ބޮޑު

19 ޖެނުއަރީ 2022

ޕްރެޒިޑެންޓްސް ކަޕުގެ ލީގު ބުރުގެ އެންމެ ފަހު ދެ މެޗަށްވެފައި އޮތް އިރު، މިއަދު ހަވީރު އަދި މިރޭ ކުޅޭ މެޗުތަކަކީ ފައިނަލްގެ ޖާގައާ ގުޅުން ހުރި ދެ މެޗެވެ. މުބާރާތުގެ ފައިނަލް ކުޅެން ހަމަޖައްސާފައިވާ ރ. އަލިފުއްޓަށް ދާނެ ދެ ޓީމެއް މިއަދުގެ މެޗުުތަކުން ކަށަވަރު ވާނެ އެވެ. ކްލަބް އީގަލްސް އާއި ކްލްބް ގްރީން ސްޓްރީޓްސް ހަވީރު ކުޅޭ މެޗުގެ ފޯރި ވަކިން ގަދަވާނެ ކަމަށް ބެލެވެ އެވެ. މިއަދު ހަވީރުގެ މެޗުން ގްރީން މޮޅުވެއްޖެ ނަމަ އެ ޓީމު ފައިނަލަށް ދާނެ އެވެ. ބަލިވެއްޖެ ނަމަ ވެލެންސިއާ ދާނެ އެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ލީގު ބުރުގެ އެންމެ ފަހު ދެ މެޗަށްވެފައި އޮތް އިރު، މިއަދު ހަވީރު އަދި މިރޭ ކުޅޭ މެޗުތަކަކީ ފައިނަލްގެ ޖާގައާ ގުޅުން ހުރި ދެ މެޗެވެ. މުބާރާތުގެ ފައިނަލް ކުޅެން ހަމަޖައްސާފައިވާ ރ. އަލިފުއްޓަށް ދާނެ ދެ ޓީމެއް މިއަދުގެ މެޗުުތަކުން ކަށަވަރު ވާނެ އެވެ. ކްލަބް އީގަލްސް އާއި ކްލްބް ގްރީން ސްޓްރީޓްސް ހަވީރު ކުޅޭ މެޗުގެ ފޯރި ވަކިން ގަދަވާނެ ކަމަށް ބެލެވެ އެވެ. މިއަދު ހަވީރުގެ މެޗުން ގްރީން މޮޅުވެއްޖެ ނަމަ އެ ޓީމު ފައިނަލަށް ދާނެ އެވެ. ބަލިވެއްޖެ ނަމަ ވެލެންސިއާ ދާނެ އެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ، ވަކި ޓީމެއް ފައިނަލަށް ގެންދިއުމަށް އީގަލްސް ނުވިސްނާ ކަމަށެވެ.

"އީގަލްސް ވިސްނަނީ އީގަލްސް ޓީމާ މެދު. އެހެން އެއްވެސް ޓީމަކާ މެދު ނުވިސްނަން. މި މެޗު ކާމިޔާބު ކުރުމަކީ އީގަލްސް އަށް ލިބޭ އިތުބާރަކަށް ވާނެތީ އެގޮތަށް ވިސްނަނީ،" ޝާޒް ބުންޏެވެ.

Club Eagles

Club Eagles

ޝާޒްއާ ދެކޮޅަށް މިއަދު ނުކުންނަ، ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދަކީ ޝާޒްގެ ކުރީގެ އެސިސްޓެންޓެވެ. ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގައި ޝާޒް މަސައްކަތް ކުރިއިރު ވެސް އޭނާގެ އެންމެ އިސް އެހީތެރިޔެއްގެ ގޮތުގައި މަސައްކަތް ކުރީ ނިސްތާރެވެ. އެކަމަކު ޝާޒް ބުނީ އެކުވެރިކަމާއި ގާތްކަން އޮންނާނީ ދަނޑުން ބޭރުގައި ކަމަށެވެ.

"އަބަދުވެސް މަސައްކަތް ކުރަނީ ޕްރޮފެޝަނަލްކޮށް. މިތިބަ އެހެން ކޯޗުންނަކީ ވެސް ހަމަ ގާތް މީހުން. ވެލެންސިއާ އަށް ބެލިޔަސް ތުއްތު [އިސްމާއީލް އާސިފް، ކުޑަހީނާ] އެހާ ގާތް. އާފިއު [މުހައްމަދު ހަމީދު] އެހާ ގާތް. އެކަމަކު ފުޓްބޯޅައިގައި މަސައްކަތް ކުރާއިރު އޮންނާނީ ޕްރޮފެޝަނަލްކޮށް،" ޝާޒް ބުންޏެވެ.

ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތް ތިން ޓީމަށް ބަލާއިރު، މުޅި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރު ވެފައި އޮތީ މާޒިޔާ އެވެ. ސީޒަން ހުޅުވި ޗެރިޓީ ޝީލްޑްގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވެލެންސިއާ ބަލިކޮށް މާޒިޔާއިން ފެންވަރު ދައްކައިލި އެވެ.

ވެލެންސިއާގެ ކުޅުންތެރިން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ

ވެލެންސިއާގެ ކުޅުންތެރިން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ

އެކަމަކު މުބާރާތުގެ ލީގު ބުރު ކުރިއަށް ދިޔަ ވަރަކަށް މާޒިޔާ އަށް ގޯސްތައް ހެދެން ފެށުނެވެ. މުބާރާތުގެ ކުރީކޮޅު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅުނު މާޒިޔާ ކުޅުނު މެޗަށް ފަހު، ކޯޗު މުހައްމަދު ޝިޔާޒު (މޯހަން ) ބުނެފައި ވަނީ އެ މެޗުގައި 2-0 އިން މޮޅު ވިޔަސް ކުޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

އެކަމަކު އޭގެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުމާ މެދު މޯހަން ހުރީ ހިތްހަމަޖެހިފަ އެވެ. މޮޅުވުމުގެ އިތުރަށް ރީތީ ފުޓްބޯޅައެއް ވެސް ކުޅުންތެރިން ކުޅުނުކަން ފާހަގަކޮށް އޭނާ ވަނީ ކުޅުންތެރިންނަށް ތައުރީފްކޮށްފަ އެވެ.

މޮޅުވުމުގެ ޓްރެކެއްގައި ދަނިކޮށް މާޒިޔާ އަޑިއަޅައިލީ ގްރީން ސްޓްރީޓްސް އަތުން ބަލިވުމުންނެވެ. އެ މެޗުން މޮޅުވިނަމަ މާޒިޔާ މިހާރު އޮންނާނީ ފައިނަލްގަ އެވެ. އެކަމަކު 2-0 އިން ބަލިވުމުން ފައިނަލަށް ދިއުމަށްޓަކައި އެ ޓީމަށް ކުރަން ޖެހޭ މަސައްކަތް ދެގުނަ ވެއްޖެ އެވެ.

ގްރީގައި މޮޅު ކުޅުމެއް ދައްކަމުން އަންނ ހަސަން ނަޒީމް

ގްރީގައި މޮޅު ކުޅުމެއް ދައްކަމުން އަންނ ހަސަން ނަޒީމް

މާޒިޔާއިން އިއްޔެ ވަނީ މޮންޓެނީގްރޯގެ ޑިފެންޑަރެއް ކަމަށްވާ، ނެމަންޔާ ކާޓޮލް ލައްވައި ސޮއިކުރުވައިފަ އެވެ. މިރޭގެ މެޗުގައި އޭނާ އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. މާޒިޔާ އަށް ނުރައްކާ ވާނީ، މިއަދު ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް މޮޅުވެއްޖެ ނަމަ އެެވެ. އެމެޗުން ގްރީން މޮޅު ވެއްޖެނަމަ އެޓީމު ފައިނަލަށް ދާނެ އެވެ. އެހެން ވެއްޖެނަމަ މާޒިޔާ އަށް ޖެހޭނީ ވެލެންސިއާ މެޗުން މޮޅުވާށެވެ. މާޒިޔާ އޮތީ ތިންވަނައިގަ އެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ވެލެންސިއާ ފައިނަލަށް ދާނެ އެވެ.

އެންމެ ކުރީގައި އޮތް ތިން ޓީމުގެ ތެރެއިން ވަކި ޓީމަކަށް ޕްރެޝަރު ބޮޑުވާނެ ކަމަށް ޝާޒް ގބޫލެއް ނުކުރެ ވެއެވެ.

"މުބާރާތެއްގައި ވާދަކުރާއިރު ކިތަންމެ މޮޅު ޓީމެއް ވެސް ބަލިވެދާނެ. އެކަމަކު މާޒިޔާ އަތުން މާ ބައިވަރު ޕޮއިންޓްތަކެއް ގެއްލުނީކީ ނޫން. އެހެންވީމަ ހީއެއްނުވޭ ވަކި މާޒިޔާ އޮތް މަގާމުގެ ގޮތުން އެޓީމަށް ޕްރެޝަރު އިތުރު ވާނެ ކަމަކަށް،" ޝާޒް ބުންޏެވެ.

ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އިން ފަސް ލަނޑު ޖަހައިގެން ވެލެންސިއާ ބަލި ކުރިޔަސް މިހާރު އޮތް ހާލަތުގެ ގޮތުން އެވަރުގެ ނަތީޖާ އަލުން ނެރެން މާޒިޔާ އަށް އުނދަގޫވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.