24 ޖެނުއަރީ 2022
ގްރީން ސްޓްރީޓްސްގެ ޒުވާން ފޯވާޑް އަބްދުﷲ ޔާމީން، (ޔާން) މުހިންމު ވަގުތެއްގައި ވެލެންސިއާ އަށް ބަދަލުވާތީ އެކަމުގެ ހިތްހަމަޖެހުން، އެ ޓީމުގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ފާޅުކޮށްފި އެވެ.
ގްރީން ސްޓްރީޓްސްގެ ޒުވާން ފޯވާޑް އަބްދުﷲ ޔާމީން، (ޔާން) މުހިންމު ވަގުތެއްގައި ވެލެންސިއާ އަށް ބަދަލުވާތީ އެކަމުގެ ހިތްހަމަޖެހުން، އެ ޓީމުގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ފާޅުކޮށްފި އެވެ.
ގްރީންގެ ކޮންޓްރެކްޓްގައި ހުރި ޔާން، ވެލެންސިއާ އަށް ދޫކޮށްލުމަށް ގްރީން އިން ވަނީ އެއްބަސްވެފަ އެވެ. ގްރީން އަށް އޭނާ ކޮށްދިން ހިދުމަތް އަގުވަޒަން ކުރުމުގެ ގޮތުން އެ ކްލަބުން ވަނީ އޭނާ އަށް ފެއާވެލްއެއް ރޭ ބާއްވައިފަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ވެލެންސިއާގެ ކެޕްޓަން އަދި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް އިއްޔެ އަނިޔާވުމުން، ވެލެންސިއާގެ އެޓޭކިން ލައިނަށް ހައްލުތަކެއް ހޯދަން ޖެހިިފައިވާކަން ފާހަގަކޮށް ކުޑަ ހީނާ ބުނީ މި ވަގުތު ޔާން ވެލެންސިއާ އަށް ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ބުނީ ޕްރެޒިޑެންޓްސް ކަޕްގައި ސެންޓޭ ދެއްކި ކުޅުމާ އެކު އޭނާގެ މަގާމު ރިޕްލޭސް ކުރެވޭނެ އެެހެން ކުޅުންތެރިއެއް މި ވަގުތު ރާއްޖޭގައި ނެތް ކަމަށެވެ.
"ސެންޓޭގެ މަގާމު ރިޕްލޭސް ކުރާކަށް މަސައްކަތެއް ނުުކުރާނަން. އެއީ ސެންޓޭ މުބާރާތުގައި އެ ދެއްކި ކުޅުމާ އެކު އޭނާ ރިޕްލޭސް ކުރެވޭނެ ވަރުގެ އެހެން ކުޅުންތެރިއެއް މި ވަގުތު ރާއްޖޭގައި ހުރި ކަމަށް އަހަރެން ގަބޫލު ނުކުރާތީ،" ސެންޓޭގެ މަގާމު ފޫބެއްދުމަށް ގެންގުޅޭ ވިސްނުންތަކަކީ ކޮބައިތޯ ސުވާލު ކުރުމުން، މުބާރާތުގެ ތަށި ރޭ ވެލެންސިއާ އަށް ހޯދައިދިން ކޯޗު ބުންޏެވެ.
"އެހެނެއް ނޫން އެޓޭކިން ލައިނަށް ހައްލުތަކެއް ހޯދާން މަސައްކަތް ކުރާނަން. އެގޮތަށް ވިސްނާއިރު މި ވަގުތު ޔާނު ލިބުމަކީ ހިތްހަމަޖެހުމެއް. އެޓޭކިން އަށް އިތުރުވި މުހިންމު ނަމެއް. އަނެއްކާ މެސީ (އިސްމާއީލް އީސާ) ވެސް އެބަހުރި. ސެންޓޭގެ މަގާމު ފޫބައްދަން އެޓޭކިންގައި ރަނގަޅު ކޮމްބިނޭޝަނެއް ހެދޭނެ."
އަލިފުށީގައި އިއްޔެ ކުޅުނު ފައިނަލް މެޗުގެ އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގައި ސެންޓޭ އަށް އަނިޔާވީ، ނާއިޒު ހަސަން (ދާދު) ކުރި ފައުލާ ގުޅިގެންނެވެ. ސެންޓޭގެ ބަދަލުގައި ކުޅެން އެރުވީ މެސީ އެވެ. ސެންޓޭ ފައިން ލޭ އަންނާތީ، އަލިފުށި ސިއްހީ މަރުކަޒަށް ގެންގޮސް އޭނާ އަށް ރޭ ފަރުވާ ދީފައިވެ އެވެ.
ހިނާ ބުނީ ސެންޓޭގެ އަނިޔާ އާ ބެހޭގޮތުން އެއްޗެއް ބުނަން އެނގޭނީ އިތުރު ޓެސްޓްތައް ހެދުމުން ކަމަށެވެ.
"މި ވަގުތު ހަމަ އެއްވެސް އެއްޗެއް ބުނާކަށް ނޭނގެ. މާލެ ގޮސް ޓެސްޓްތައް ހެއްދީމަ އެނގޭނީ،" ހީނާ ބުންޏެވެ.
ވެލެންސިއާގެ ޓިމު މިއަދު މާލެ އަންނާނެ އެވެ.
ކުޅިވަރުގައި ދޮނާގެ ނަން އޮތީ ރަނުން
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ވެލެންސިއާ އެކަޑަމީއާ އެކު ބޮޑުހީނާ އަލުން ކޯޗިން އަށް
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް
ކޮންގްރެސްގެ ދައުވަތު ވެލެންސިއާ އަށް ނުފޮނުވާ
ބައްސާމަށް ވެލެންސިއާގެ ކޮންޓްރޯލް ގެއްލިއްޖެ
އެފްއޭއެމުން އޭއެފްސީއަށް "ދޮގު" މައުލޫމާތު ދީފި
ވެލެންސިއާގެ "ވަގު ސިޓީ" ގެ މައްސަލަ ޕޮލިހަކު ނެތް
ވެލެންސިއާއިން ބުނާ "ފޯޖް" ސިޓީގެ މައްސަލަ ޕޮލިހަށް
ވެލެންސިއާގެ އާ ޗެއާމަނަކަށް ކުރީގެ ނޫސްވެރިޔާ އަޒުމީން