30 ޖެނުއަރީ 2022
ކުޅުންތެރިންގެ ފެންވަރު ދެނެގަންނަން ޕްރެކްޓިހަށް ނެރުނު ގައުމީ ފުޓްބޯޅަ ޓީމު ނެގިގޮތާމެދު ސުވާލު އުފައްދައި ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ފާޑު ކިޔައިފި އެވެ.
ކުޅުންތެރިންގެ ފެންވަރު ދެނެގަންނަން ޕްރެކްޓިހަށް ނެރުނު ގައުމީ ފުޓްބޯޅަ ޓީމު ނެގިގޮތާމެދު ސުވާލު އުފައްދައި ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ފާޑު ކިޔައިފި އެވެ.
ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ޕްރެޒިޑެންޓްސް ކަޕްގައި ފާހަގަ ކުރެވުނު ކުޅުންތެރިންނާ އެކު ގައުމީ ޓީމު އެކުލަވައިލައި ޕްރެކްޓިހަށް ނެރެފަ އެވެ. ޕްރެޒިޑެންޓްސް ކަޕް ތަށި ވެލެންސިއާ އަށް ހޯދައިދިން ކުޑަ ހީނާ ބުނީ، އެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ވެލެންސިއާގެ ޓީމު ކަމަށެވެ. ނަމަވެސް ވެލެންސިއާ އިން އެންމެ ދެ ކުޅުންތެރިން ފުރަތަމަ އެކުލަވާލި ޓީމަށް ނެގުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ވެލެންސިއާގެ ޓީމުން ފުރަތަމަ ނެގީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި ގޯލް ކީޕަރު މުހައްމަދު ފައިސަލް އެވެ. އަމްދާން އަލީ (އެންޑީ) ޓީމަށް ނެގީ ފަހުން ކަމަށް ހީނާ ބުންޏެވެ.
"ސެންޓޭ އާއި ފައިސަލް އަކީ އަބަދުވެސް ގައުމީ ޓީމުގައި ހިމެނޭ ދެ މީހުން. އެކަމަކު ޕާފޯމަންސަށް ބަލައިގެން ނަގާކަމަށް ވަންޏާ ހަމައެކަނި އެ ދެ މީހުން ވެލެންސިއާ އިން ނެގީމައި އެއީ ސުވާލު އުފެދޭ ކަމަކަށް ވަނީ،" ހީނާ ބުންޏެވެ.
"މެޗަކުން ބަލި ނުވެ ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ އަށް ނެގޭނީ އެހެން ކުޅުންތެރިން ވެސް މޮޅަށް ކުޅެގެން. އެކަމަކު އޭގެއިން އެއްވެސް ކުޅުންތެރިޔެއް ނެތް. ހަމަ ކުރިން ވެސް ގައުމީ ޓީމަށް އަރާ ދެމީހުން ލިސްޓްގައި ޖެހީ. ފަހުން އެންޑީ ނެރުނު."
ވެލެންސިއާގެ ކޯޗް ހީނާ އާއި އެސިސްޓެންޓް ކޯޗް އިލްމާއު ހުސައިން (މައު) ޓީމުގެ ޕްރެކްޓިހުގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު
ހީނާ ބުނީ މޮޅަށް ކުޅުނު އިރު ވެސް އެހެން ޓީމުތަކުގެ ކުޅުންތެރިން ވެސް ގައުމީ ޓީމަށް ނުނެގުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރީ މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފުރަތަމަ އެކުލަވާލި ލިސްޓްގައި ނެތް ކަމަށް އެވެ.
"ސެންޓޭ ނަގާފައި މުބާރާތުގައި އެންމެ މޮޅަށް ކުޅުނު އެކަކު އިއްބެ. އެކަމަކު ކޯޗުގެ ލިސްޓްގައި އެންމެ ފުރަތަމަ އޭނާއެއް ވެސް ނެތް،" ހީނާ ބުންޏެވެ.
"ސަސްގެ ބޮބީ (ރިހާމް) އަކީ ވެސް ހަމަ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިން. ރިޒޭ (އަހްމަދު ރިޒްވާން) ވެސް އެނބުރި އައިސް ރަނގަޅު ކުޅުމެއް ދެއްކި. އެކަމަކު މި އިން އެއްވެސް ކުޅުންތެރިޔަކަށް ފުރުސަތެއް ނެތް."
އޭނާ ބުނީ ވާދަވެރި އެއްވެސް މެޗެއް ކުރިމަތީގައި ނެތް އިރު ޕްރެކްޓިސްކޮށްލަން ނެރޭ ގައުމީ ޓީމެއްގައި ގިނަ ކުޅުންތެރިން ހިމެނުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ.
"ގިނަ ކުޅުންތެރިން ނެރުނީމައި ކޯޗަށް ވެސް ގިނަ އޮޕްޝަންތައް ބޭނުން ކުރެވޭނެ. ކުޅުންތެރިން ޓެސްޓްކޮށްލާ ނަމަ އެއީ ވަރަށް މުހިންމު ކަމެއް ކަމަށް އަހަރެން ދެކެނީ. ކުރިމަތީގައި ވާދަވެރި މެޗެއް ނެތް. އެހެންވީމަ ފެންވަރު ބަލާލަން ނަގާ ގައުމީ ޓީމަށް ކުޅުންތެރިން އިތުރުކޮށް މޯޓިވޭޓް ވެސް ވާނެ ގޮތަކަށް އެކުލަވާލަން ޖެހޭކަމަށް އަހަރެން ދެކެނީ."
ގައުމީ ޓީމު ނެގި ގޮތާ މެދު އަބަދުވެސް ސުވާލު އުފައްދަނީ މޮޅަށް ކުޅުނު ކުޅުންތެރިން ބާކީވާން ޖެހުމުން ކަމަށް، ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރިން ކުރި ހީނާ ބުންޏެވެ.
މެޗެއް ނުކުޅުނަސް އިއްބެ ގައުމީ ސްކޮޑަށް ނަގައިފި
ސެންޓޭ އަށް އުފާވެރިކަން ގެނެސްދިނީ ޓްރީ ޓޮޕުން!
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ފައިސަލް ވިސްނަނީ
އަޑޭ ޓީމަށް މުހިންމު، އެކަމަކު އެ މަގާމު ފޫބެއްދޭނެ
ސެންޓޭގެ މަގާމު ފޫބެއްދޭނެ ކުޅުންތެރިޔަކު ނެތް: ހީނާ
ޔާން ވެލެންސިއާ އަށް ބަދަލުވާތީ ހިތްހަމަޖެހުން
"ޓްރެވަލް ކިޓެއް ނެތަސް ތަށި ހޯދުމުގެ ފެންވަރު ހުރި"
އެއްވަނައިގައި ފައިނަަލަށް ދިއުމުން އިތުބާރު ބޮޑުވެއްޖެ
ކްލަބް ފުޓްބޯޅަ ކުޅުމުގައި އަޑުބަރޭ އަށް ހުރަހެއް ނެތް