18 އޯގަސްޓް 2022
ގައުމީ ފުޓުބޯޅަ ކުޅުންތެރިޔާ އަދި ކްލަބް ވެލެންސިއާގެ ސްޓްރައިކަރު އަލީ ފާސިރު (ސެންޓޭ) ގެ އޭސީއެލް ސާޖަރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކޮށްފި އެވެ.
ގައުމީ ފުޓުބޯޅަ ކުޅުންތެރިޔާ އަދި ކްލަބް ވެލެންސިއާގެ ސްޓްރައިކަރު އަލީ ފާސިރު (ސެންޓޭ) ގެ އޭސީއެލް ސާޖަރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކޮށްފި އެވެ.
އޭސީއެލްއަކީ ކަކުލުގެ އެއް ކަށިގަނޑު އަނެއް ކަށިގަނޑާ ގުޅުވައި، ހިފަހައްޓައިދީ، ބާރުކުރުމަށް ހުންނަ އެއްސުންތަކަށް ކިޔާ ނަމެކެވެ. އޭސީއެލް އޮޕަރޭޝަން ކުރަން ޖެހެނީ ކަކުލުގެ ހުޅު އެނބުރި އަޑު ގޮވައި، އޭސީއެލް އަށް ގެއްލުން ލިބުމުންނެވެ.
ސެންޓޭގެ އޮޕަރޭޝަން ކުރެއްވި ކަށީގެ ހާއްސަ ޑރ. ހުސައިން ފައިސަލް ވިދާޅުވީ، ސެންޓޭގެ ލިގަމެންޓު އޮތީ އިރައިގެން ގޮސްފައި ކަމަށެވެ. އެހެންވެ، ހަލާކުވެފައިވާ ލިގަމެންޓު ނަގައި، ޓެންޑަނެއްގެ އެތިކޮޅެއް ލައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، ސެންޓޭގެ ލިގަމެންޓަށް ލިބިފައިވާ ގެއްލުން އެމްރާރުއައި އިން ދަނެގަނެވުމުން، އޭނާގެ ވިސްނުން ފުރަތަމަ ހުރީ ރާއްޖެ އިން ބޭރަށް ގޮސް ސާޖަރީ ހެދުމަށެވެ. އެކަމަކު، ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ އެއް ހޮސްޕިޓަލް ޓްރީ ޓޮޕުން އެ ސާޖަރީގެ ހުރިހާ ހިދުމަތެއް ލިބެން ހުރުމުން އެ ހޮސްޕިޓަލުން ސާޖަރީ ކުރީ ކަމަށް ބުންޏެވެ.
ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބުނު ހިދުމަތްތަކަށް ސެންޓޭ ޝުކުރު އަދާކުރި އެވެ.
ސެންޓޭގެ އޮޕަރޭޝަން ކުރި ޑރ. ފައިސަލަކީ ކަށީގެ ބަލިތަކުގެ 20 އަހަރުގެ ތަޖުރިބާ ހުރި ޑޮކްޓަރެކެވެ. އޭނާ އެމްބީބީއެސް ފުރިހަމަ ކުރެއްވީ ޕާކިސްތާނުގެ ބަގައި މެޑިކަލް ޔުނިވާސިޓީއިންނެވެ. އޯތޮޕީޑިކްސް އަދި ޓްރޯމާ ސާޖަރީން އެމްއެސް ހާސިލު ކޮށްފައި ވަނީ ނޭޕާލުގެ ޓްރިބުވަން ޔުނިވާސިޓީ ޓީޗިން ހޮސްޕިޓަލުންނެވެ.
ޓްރީ ޓޮޕުން ބުނީ، ޑރ. ފައިސަލަކީ ކަށީގެ އެކި ޕްރޮސީޖާތަކުގެ ތަޖުރިބާ ހުރި، ހުނަރުވެރި ޑޮކްޓަރެއް ކަމަށެވެ. ކުޑަކުދިންގެ ކަށީގެ ބަލިތަކާއި އާތޮރޮސްކޮޕިކް ސާޖަރީ އަދި ލިގަމެންޓް ރިކޮންސްޓްރަކްޝަން ފަދަ ޕޮރޮސީޖާތަކުގެ ތަޖުރިބާ ޑރ. ފައިސަލްގެ ހުރި ކަން އެ ހޮސްޕިޓަލުން ފާހަގަކުރި އެވެ.
ޓްރީ ޓޮޕަށް އިތުރު އެމްއާރްއައި މެޝިނެއްގެ ހިދުމަތް
ޓްރީ ޓޮޕްގައި ދާއިމީ ޕޭސްމޭކާ އިމްޕްލާންޓް ކޮށްފި
ޓްރީ ޓޮޕްގެ "ނާޗާ" ޕްރޮގުރާމް އަލުން ފަށައިފި
ޓްރީ ޓޮޕްގެ މުހިންމު ބައެއް ހިދުމަތްތައް ޕޯޓަލުން
ނިދުމުގެ މައްސަލަތަކަށް ފަރުވާދޭ ކްލިނިކެއް ޓްރީޓޮޕްގައި
ޑަޔަލިލިސް ހެދުން ގެޔަށް، ފަރުވާ ހޯދުމަށް ބޮޑު ލުޔެއް
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ގޭގައި ހުރެގެން ހެދޭ ޑަޔަލިސިސްއެއް ތައާރަފް ކުރަނީ
ޓްރީޓޮޕުން ވިލިނގިލީގައި ހެލްތު ކޭމްޕެއް ބާއްވައިފި
އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމަ!