Roadha Mihaaru

މޯލްޑިވްސް ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރަކީ ޓްރީޓޮޕް

މިދިޔަ ހުކުރު ދުވަހު ބޭއްވި މޯލްޑިވްސް ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރަކީ ޓްރީޓޮޕް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

20 އޯގަސްޓް 2025

މިދިޔަ ހުކުރު ދުވަހު ބޭއްވި މޯލްޑިވްސް ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.

އެ ހަރަކާތުގައި ބައިވެރިންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ އެކި ހިދުމަތްތައް ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ދުވުމުގެ ރަނިން އެކްސްޕޯގައި ޓްރީޓޮޕް ސްޓޯލުން އަސާސީ ސިއްހީ ޗެކަޕްތައް ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން ހާއްސަ ޕެނަލް ޑިސްކަޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެ ޕެނަލްގައި ސިއްހަތަށް ފައިދާހުރި ދިރިއުޅުމާއި މަގުމަތީގެ ސަލާމަތާ ބެހޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މައުލޫމާތުތައް ވަނީ ހިއްސާކޮށްފަ އެވެ. އަދި މޯލްޑިވްސް ހާފް މެރަތަން ޓީމާ ގުޅިގެން، ފައިނަލް އިވެންޓަށް ބައިވެރިން ތައްޔާރުވުމަށް އެހީތެރިވެދިނުމަށް ދުވުންތެރިންނަށް ސިއްހީ ލަފާ ވަނީ ދީފަ އެވެ. އޭގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ އިވެންޓު ކުރިއަށް ދިޔަ ވަގުތުގައި މެޑިކަލް ސަޕޯޓް ވަނީ ދީފަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެފަަދަ އިވެންޓުތަކުގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރު ކުރުމާއި ކުޅިވަރުގެ ދާއިރާގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުން ކަމަށެވެ. އަދި މިއީ އެ ހޮސްޕިޓަލުގެ ސީއެސްއާރު ޕްރޮގުރާމުގެ ދަށުން ބައިވެރިވާ ހަރަކާތްތަކެއް ކަމަށް ބުންޏެވެ.

މޯލްޑިވްސް ހާފް މެރަތަންގައި 21.1 ކިލޯމީޓަރުގެ ހާފް މެރަތަން އާއި 15 ކިލޯމީޓަރުގެ އެންޑިއުރަންސް ޗެލެންޖާއި 10 ކިލޯމީޓަރުގެ ޓަފް ރޭސް އަދި އާއިލާތަކަށް އަމާޒުކޮށްގެން ބޭއްވި 5 ކިލޯމީޓަރުގެ ފަން ރަން ކުރިއަށް ގެންދިޔަ އެވެ.