Roadha Mihaaru

"ހެލްތީ ކިޑްސް ފޯ ދަ ފިއުޗާ"ގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް

ކުޑަކުދިންގެ އެތުލެޓިކްސް ދުވަހާއި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ރޭސާސް އެމްވީ" އިން ބޭއްވި "ހެލްތީ ކިޑްސް ފޯ ދަ ފިއުޗާ" ހަރަކާތުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުން ބައިވެރިވި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ހެލްތީ ކިޑްސް ފޯ ދަ ފިއުޗާގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

21 މެއި 2025

ކުޑަކުދިންގެ އެތުލެޓިކްސް ދުވަހާއި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ރޭސާސް އެމްވީ" އިން ބޭއްވި "ހެލްތީ ކިޑްސް ފޯ ދަ ފިއުޗާ" ހަރަކާތުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުން ބައިވެރިވި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ހަރަކާތަކީ އެތްލެޓިކްސް އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ގުޅިގެން ރޭސާސް އެމްވީއިން ބޭއްވި ހަރަކާތެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން، މިފަދަ އެކި ހަރަކާތްތަކުގައި މެޑިކަލް ޕާޓްނަރުގެ ގޮތުގައި މީގެ ކުރިން ވެސް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މި މަހު ފާހަގަކުރި ކުޑަކުދިންގެ ދުވަހާއި ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަ ކުރުމަށް އެޗްޑީސީން ބޭއްވި ކުޑަކުދިންގެ ހަރަކާތުގައި ވެސް ބައިވެރިވެ ޓްރީ ޓޮޕް އިން ވަނީ ހިލޭ ދަތުގެ ސްކްރީނިން ހިދުމަތް ފޯރުކޮށްދީފަ އެވެ.

އޭގެ އިތުރުން އޫރީދޫ ފަން ރަން، ދިރާގު ރޯޑް ރޭސް، މޯލްޑިވްސް ހާފް މެރަތަން ފަދަ އެކި ހަރަކާތްތަކުގައި ވެސް އުރީދޫން ވަނީ ބައިވެރިވެފަ އެވެ. ޓްރީ ޓޮޕުން ބުނީ މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ބާއްވާ އެކި ހަރަކާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މަރުޙަބާ ކިޔާ ކަމަށާއި އެފަދަ އެކި ހަރަކާތްތަކަށް އެ ހޮސްޕިޓަލުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.